ސްޓެލްކޯގެ މައި އިމާރާތް(ދައުރު ފޮޓޯ/ މުހައްމަދު އަމާން)

ސްޓެލްކޯ

ކަރަންޓް ބޭނުންކުރާ ވަރު 100 މެގަވޮޓުން މައްޗަށް؛ ބިލް ބޮޑުވެދާނެ

ސްޓެލްކޯގެ އިލްތިމާސް ކުރީ ކަރަންޓް އިގްތިސާދުކޮށް ކަރަންޓް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށް

މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ބޮޑަށް ހޫނުގަދަ ދުވަސްވަރަށް ވާތީ ކަރަންޓް ބޭނުން ކުރުމުގައި ސަމާލުވެ ވީހާ ވެސް ކަރަންޓް ބޭނުން ކުރާވަރު މަދުކުރަން ސްޓެލްކޯއިން މިއަދު އިލްތިމާސްކޮށްފި އެވެ. 

ވީ ކިހިނެއް؟ - ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަހަރުގެ އެހެން މަސްތަކުގައި އެވްރެޖްކޮށް މާލޭގައި ކަރަންޓް ބޭނުން ކުރަނީ މަހަކު 94 މެގަވޮޓް ކަމަށެވެ. އެހެން ނަމަވެސް:

  • މި ދުވަސްވަރު 104.7 މެގަވޮޓް ކަރަންޓް ބޭނުން ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވި  

  • ގޭބިސީތަކުގެ ކަރަންޓް ބިލް ބޮޑުވެ ދާނެތީ އެކަމަށް ސަމާލުވުމަށް އޭނާ އިލްތިމާސްކުރެއްވި 

"ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރެއްވުމަށް އިލްތިމާސް ކުރަން،" ފަހުމީ އެކްސްގައި ލިޔުއްވި އެވެ.

އެނގުން މުހިންމު - މޫސުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުވާލު ރާއްޖޭގެ ހޫނުމިނަކީ 32 ޑިގްރީ ސެލްސިއަސްއަށެވެ. އެހެން ނަމަވެސް އިހުސާސް ކުރެވޭ ހޫނުމިން 40 ޑިގްރީން މައްޗަށްދެ އެވެ. 

ތަފްސީލް - ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި ގޭބިސީތަކުގައި ކަރަންޓް ބޭނުން ކުރާވަރު މި ދުވަސްވަރު އިތުރުވެފައި ވަނީ ހޫނުގަދަވުމުގެ އިތުރަށް މިއީ ރޯދަ މަސް ކަމަށް ވާތީ އެވެ.

އާންމުކޮށް ރޯދަ މަހު ކަރަންޓް ބޭނުން ކުރާވަރު އިތުރުވާކަން ފާހަގަ ކުރައްވައި އޭނާ ވަނީ މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދީ ކަރަންޓުގެ އިސްރާފު ކުޑަކުރަން އިލްތިމާސްކުރައްވައިފަ އެވެ. 

"މި ދުވަސްވަރު ކަރަންޓު އިގްތިސާދު ކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ،" ފަހުމީ ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް (2)

ސަލްމާ

20 މާރިޗު 2024
ތީ ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވާލުމެއް، މިދިޔަމަހު ސަރުކާރުން ބުނީ ކަރަންޓްބިލް ފެންބިލް ބޮޑުނުވާނެކަމަށް، މިހާރު އެމް.ޑީ.ޕީ މީހުން ވާހަކަ ދައްކާގޮތަށް ތިވަނީ، ތި އުޅެނީ މިމަހު ޚަރަދު ބޮޑުވެގެން އެބައި ފޫބައްދަން.
0 0

ޙައްވަ

21 މާރިޗު 2024
@ސަލްމާ ރައީސް އޮތީ ވިދާޅު ވެފަ ރޯދަމަހުގެ ބިލް ކުޑަކުރަން ދެން ކޮންހާ ވާހަކައެއް😡
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް