ފުލުހުން މަގުމަތީގެ ހަރަކާތަކަށް ފާރަވެރިވެގެން: މުސާރަ މި ބޮޑުކުރީ 2009ގެ ފަހުން ފުރަތަމަ ފަހަރަށް (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ފުލުހުން

މި މަހުން ފެށިގެން ފުލުހުންގެ މުސާރަ %35 ބޮޑުކޮށްފި

ޗީފް ސްޕްރިންޑެންޓް އަހްމަދު ޝިފާން ވިދާޅުވީ މިއީ 2009ގެ ފަހުން ފުލުހުންގެ އަސާސީ މުސާރަ ބޮޑުކުރި ފުރަތަމަ ފަހަރު ކަމަށް

މި މަހުން ފެށިގެން ފުލުހުންގެ މުސާރަ ބޮޑުކޮށްފައިވާ ކަމަށް، އެ އިދާރާއިން މިރޭ ބުނެފި އެވެ. 

ވީ ކިހިނެއް؟ - މިކަން ހާމަކުރީ ފުލުހުންނަށް މީގެ ކުރިން ދެމުން އައި ބައެއް އެލަވަންސްތައް އުނިކޮށް ފުލުހުންގެ ވަޒީފާގެ ގަވާއިދަށް އިސްލާހު ގެނެސް އެކަން މިއަދު އާންމުކޮށްފައި ވަނިކޮށް، ޗީފް ސްޕްރިންޑެންޓް އަހްމަދު ޝިފާން އޭނާގެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

ބުނީ ކީކޭ؟ - ޝިފާން ވިދާޅުވީ ފުލުހުންގެ މުސާރަ މި މަހުން ފެށިގެން %35 ބޮޑުވެފައިވާ ކަމަށެވެ. 

އޭގެ ތަފުސީލު ދެއްވަމުން ވިދާޅުވީ:

  • އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ ބޭސިކް ސެލެރީގެ އިތުރުން، މަގާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާ ގުޅޭ ގޮތުން ދޭ އެލަވަންސް

  • މިއީ 2009ގެ ފަހުން އަސާސީ މުސާރައާ އެކު ފުލުހުންގެ މުސާރަ ބޮޑުކުރި ފުރަތަމަ ފަހަރު

  • މުސާރަ އޮނިގަނޑު ޒަމާނީކޮށް ފުލުހުންގެ މަސައްކަތްތަކާ ގުޅޭ ގޮތުން އެލަވަންސް ތައާރަފް ކުރުމުން ކުރީގެ އެލަވަންސްތަކަށް ބަދަލުގެނެސްފައިވާ ކަމަށް

މީގެ ކުރިން ފުލުުހުންނަށް އަށް ބާވަތެއްގެ އެލަވަންސް ދިނެވެ. ނަމަވެސް މިއަދު އާންމުކުރި އިސްލާހާ އެކު އެ އަލަވަންސްތައް ވަނީ ތިން ބާވަތެއްގެ އެލަވަންސަށް މަދުކޮށްފަ އެވެ. އެގޮތުން މިހާރު ދެނީ:

  • 1-

    މަގާމުގެ އެލަވަންސް 

  • 2-

    ޕޮލިސް އެލަވަންސް - ހަތަރު ފަންތިއަަކަށް ބަހާލާފައި 700ރ އާއި 1،500ރ ދެމެދުގެ މިންވަރެއް ދޭ ގޮތަށް

  • 3-

    ޕޮލިސް ސާވިސް އެލަވަންސް - 700ރ

އިތުރު އާޓިކަލް

އިތުރު އާޓިކަލް