25 ޑިސެމްބަރު 2022- ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން ކުރި މުޒާހަރާގައި ފުލުހުން ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ފުލުހުންގެ ބައެއް އެލަވަންސްތައް އުނިކޮށް ގަވާއިދު އިސްލާހުކޮށްފި
ފުލުހުންނަށް މީގެ ކުރިން ދެމުން އައި ގިނަ އެލަވަންސްތަކެއް އުނިކުރުމާ އެކު، އެލަވަންސް ދޭ ގޮތުގެ އޮނިގަނޑު ބަދަލުކޮށް، 'ފުލުހުންގެ ވަޒީފާގެ ގަވާއިދު' އިސްލާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - މީގެ ކުރިން ފުލުުހުންނަށް އަށް ބާވަތެއްގެ އެލަވަންސް ދެ އެވެ. އެއީ:
-
1-
ސާވިސް އެލަވަންސް
-
2-
ނޮން ޕްރެކްޓިސް އެލަވަންސް
-
3-
ދިގު މުއްދަތުގެ ހިދުމަތުގެ އެލަވަންސް
-
4-
ޔުނީފޯމް އެލަަވަންސް
-
5-
ލިވިން އެލަވަންސް
-
6-
ފެރީ އެލަަވަންސް
-
7-
ޕްރޮފެޝަނަލް އެލަވަންސް
-
8-
ޓެކްނިކަލް އެލަވަންސް
މިއަދު އާންމުކުރި އިސްލާހުގައި ވަނީ އެ އެލަވަންސްތައް، ތިން ބާވަތެއްގެ އެލަވަންސްއަށް މަދުކޮށްފަ އެވެ. އެއީ:
-
1-
މަގާމުގެ އެލަވަންސް
-
2-
ޕޮލިސް އެލަވަންސް؛ ހަތަރު ފަންތިއަަކަށް ބަހާލާފައި
-
3-
ޕޮލިސް ސާވިސް އެލަވަންސް
މަގާމުގެ އެލަވަންސް
އަލަށް ދޭން ފެށި މި އެލަވަންސްއަކީ، ފުލުހުންގެ މަގާމުތަކުގެ ތެރެއިން ކޮންމެ މަގާމަކަށް ކަނޑައަޅާފައިވާ އަސާސީ މުސާރައިގެ އިތުރުން ދާއިމީކޮށް އެ މަގާމަކަށް ދޭ އެލަވަންސްއެކެވެ. ދެ ހަރުފަތަކަށް ބަހާލައިގެން ދޭ މި އެލަވަންސްގެ ސީދާ މިންވަރެއް އިސްލާހުގައި ބަޔާންކޮށްފައެއް ނުވެ އެވެ.
ޕޮލިސް އެލަވަންސް
ހަތަރު ފަންތިއަަކަށް ބަހާލައިގެން ދޭ މި އެލަވަންސައަށް ކަނޑައަޅާފައިވަނީ 700ރ އާއި 1،500އާ ދެމެދުގެ އަދަދެކެވެ. އެއީ:
-
ޕޮލިސް އެލަވަންސް ލެވެލް 1 - 700ރ: ދަންފަޅި ޑިއުޓީ އުސޫލުން ޑިއުޓީ އަދާކުރާ ފުލުހުންނަށް ދޭ އެލަވަންސްއެއް
-
ޕޮލިސް އެލަވަންސް ލެވެލް 2 - 700ރ: ފްރޮންޓްލައިންގައި އަމަލީ ގޮތުން މަސައްކަތްކުރާ ފުލުހުންނާއި، އެ ފުލުހުން ސްޕަވައިޒްކުރާ ފުލުހުންނަށް ދޭ އެލަވަންސްއެއް
-
ޕޮލިސް އެލަަވަންސް ލެވެލް 3 - 1،000ރ: ފްރޮންޓްލައިންގައި ސީދާ ރައްޔިތުންނާ ބައްދަލުވެގެން ހިދުމަތް ދޭ ފުލުހުންނާއި، އެ މަސައްކަތުގެ ސްޕަވައިޒަރުންނަށް ދޭ އެލަވަންސްއެއް
-
ޕޮލިސް އެލަވަންސް ލެވެލް 4 - 1،500ރ: ފްރޮންޓްލައިންގެ ހާއްސަ ދާއިރާތަކުގައި މަަސައްކަތްކުރާ ފުލުހުންނަށް ދޭ އެލަވަންސްއެއް
ގަވާއިދުގައި ވާ ގޮތުން، ޕޮލިސް އެލަވަންސް ލެވެލް 3ގެ ފުލުހުންނަށް ލެވެލް 2ގެ އެލަވަންސްއެއް ނުލިބޭނެ އެވެ. އަދި ޕޮލިސް އެލަވަންސް ލެވެލް 4ގެ ފުލުުހުންނަށް ވެސް، ލެވެލް 2 އަދި 3ގެ އެލަވަންސްއެއް ނުލިބޭނެ އެވެ.
ޕޮލިސް ސާވިސް އެލަވަންސް
މިއީ ވަޒީފާގައި މެދުނުކެނޑި އެއް އަހަރު ދުވަސް ހަމަވުމުން މަހަކު އެއް ފަހަރު ދޭ އެލަވަންސްއެކެވެ. މިގޮތުން މި އެލަވަންސް ދޭނީ:
-
ހިދުމަތުގެ މުއްދަތަށް އެއް އަހަރު ފުރި ހަަތަރު އަހަރުގެ ނިޔަލަށް؛ މަހަކު 250ރ
-
ހިދުމަތުގެ މުއްދަތަށް ފަސް އަހަރު ފުރި 10 އަހަރުގެ ނިޔަލަށް؛ މަހަކު 1،000ރ
-
ހިދުމަތުގެ މުއްދަތަށް 10 އަހަރު ފުރި 15 އަހަރުގެ ނިޔަލަށް؛ މަހަކު 1،500ރ
-
ހިދުމަތުގެ މުއްދަތަށް 15 އަހަރު ފުރި 20 އަހަރުގެ ނިޔަލަށް؛ މަހަކު 2،000ރ
-
ހިދުމަތުގެ މުއްދަތަށް 20 އަހަރު ފުރި 25 އަހަރުގެ ނިޔަލަށް؛ މަހަކު 2،500ރ
-
ހިދުމަތުގެ މުއްދަތަށް 25 އަހަރުގެ ނިޔަލަށް؛ މަހަކު 3،000ރ
އެނގުން މުހިންމު - މީގެ ކުރިން ލިބެމުން އައި އެލަވަންސްތަކުގެ ތެރެއިން އުނިކޮށްފައިވަނީ؛
-
1-
ނޮން ޕްރެކްޓިސް އެލަވަންސް - އިތުރު އާމްދަނީ ހޯދުމުގެ ގޮތުން ފުލުހުންގެ ވަޒީފާ ފިޔަވައި އެހެން ވަޒީފާއެއް އަދާނުކުރެވޭތީ ދޭ އެލަވަންސްއެއް
-
2-
ލިވިން އެލަވަންސް - ދިރިއުޅޭ ތަނުގެ ހަރަދަށް ދޭ އެލަވަންސްއެއް
-
3-
ޔުނީފޯމް އެލަވަންސް - ޔުނީފޯމް ދޮވެ އިސްތިރިކުރަން ހޭދަވާ ހަރަދަށް ދޭ އެލަަވަންސް
-
4-
ފެރީ އެލަަވަންސް - ކަނޑު މަގުން ޑިއުޓީއަށް ގޮސް އަންނަން ޖެހޭ ފުލުހުންނަށް ދޭ އެލަވަންސް
-
5-
ޕްރޮފެޝަނަލް އެލަވަންސް - ލެވެލް 5 އިން ފެށިގެން މަތީގެ ކޯހެއް ފުރިހަމަކޮށްފައިވާ މުވައްޒަފުންނަށް ދޭ އެލަވަންސް
-
6-
ޓެކްނިކަލް އެލަވަންސް - ޓެކްނިކަލް ދާއިރާއަކުން ތައުލީމާއި ތަމްރީން ހާސިލުކޮށްފައިވާ ނަމަ ދޭ އެލަވަންސް
ފާހަގަކޮށްލެވޭ ކަމެއް - މިއަދު އާންމުކުރި އިސްލާހުގައިވާ ގޮތުން، މިއަދުން ފެށިގެން އެ އިސްލާހަށް އަމަލުކުރަން ފަށަންވާނެ އެވެ. އަދި، އަމަލުކުރަން ފެށުމަށް ފަހު މުސާރަ އާއި އެލަވަންސް ދޭ ފުރަތަމަ މަހުން ފެށިގެން ފުލުހުންނަށް އެލަވަންސް ދިނުމުގައި އަމަލުކުރަންވާނީ އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ބުނެފައި ވެ އެވެ.
ކޮމެންޓް (3)
ބމޖނމޖމކ
ސަޓޯ
ގައުމެއްވާ ނެތް