މަޖިލީހުގެ ޖަލްސާ އެއްގައި އީވާ (ފޮޓޯ/ މަޖިލިސް)

ދަރަނި ބަލަހައްޓަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކުރަން ގޮވާލާ ގަރާރެއް

ކޮންމެ ސަރުކާރެއް ވެސް ވެރިކަމާ ހަވާލުވާއިރު ދައުލަތް ދަރަނިވެރިވެފައިވާ މިންވަރާއި ދަރަނި ބެލެހެއްޓިފައިވާ ގޮތް އަދި ދަރަނި އަނބުރާ ދައްކަން ގެންގުޅޭ ޕްލޭން އާންމު ކުރަން ޖެހޭ ގޮތަށް ގާނޫނުގައި ހިމެނުމަކީ މުހިއްމު ކަމެއް ކަމަށް އެ ގަރާރުގައި ވަނީ ފާހަގަކޮށްފައި

ދައުލަތުގެ ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދަރަނި އަނބުރާ ދެއްކުމަށް ސަރުކާރުން ގެންގުޅޭ ޕްލޭން ހާމަކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

ތަފްސީލް - ސަރުކާރާ ދެކޮޅު ޑިމޮކްރެޓްސްގެ މެމްބަރު އީވާ ހުށަހެޅުއްވި ގަރާރަކީ ދައުލަތް ދަރަނިވެރިވެފައިވާ މިންވަރު ދެނެގަނެ، ދަރަނި ބެލެހެއްޓިފައިވާ ގޮތާއި ދަރަނި އަނބުރާ ދައްކަން ދައުލަތުގެ އާމްދަނީ ދެނެގަންނަ މިންވަރު ބަލައި ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތް ހަރުދަނާ ކުރުމަށް ގޮޮވާލައި ހުށަހެޅުއްވި ގަރާރެކެވެ.

އެ ގަރާރުގައި، އީވާ ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމެޓީ އިން 27 އޮކްޓޯބަރު 2020ގައި ފާސްކޮށް ސަރުކާރަށް ލަފާދިން ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ދަރަނި ރީސްޓްރަކްޗާ ކުރާނެ ހާއްސަ ކޮމެޓީއެއް އެކުލަވާލައި ރާއްޖެ އާއި ބޭރުގެ ކަމާ ގުޅޭ މާހިރުންގެ ލަފާ ހޯދައި ކޮމެޓީއާ ގުުޅޭ މަސައްކަތްތައް އަށް މަސް ތެރޭ ނިންމައި މަސައްކަތްތަކާ ގުޅޭ ރިޕޯޓު ރައީސަށާއި މަޖިލީހަށް ހުށަހަޅަން އެންގި 

  • ނަމަވެސް، އެކަން އޭރު އެގޮތަށް ކޮށްފައި ނުވާ

މީގެ އިތުރުން، ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު ކަނޑައަޅާފައިވާ ގޮތަށް އެކަން ކުރިއަށް ގެންގޮސް، ދައުލަތުގެ މެދު ރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ މުރާޖައާކޮށް، ދަރަނީގެ ސްޓްރެޓަޖީ ތަންފީޒު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކޮށް، ނަތީޖާ ހާސިލްވެވޭނެ ގޮތުގެ ރިޕޯޓު މަޖިލީހަށް ހިއްސާ ކުރަން އެންގި ނަމަވެސް، އެކަން އެގޮތަށް ކޮށްފައި ނުވާކަން ވެސް އެ ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ.

އީވާގެ ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުން، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އިސްލާހު ހުށަހަޅަން މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނާފައި ވާއިރު، ކޮންމެ ސަރުކާރެއް ވެސް ވެރިކަމާ ހަވާލުވާއިރު ދައުލަތް ދަރަނިވެރިވެފައިވާ މިންވަރާއި ދަރަނި ބެލެހެއްޓިފައިވާ ގޮތް އަދި ދަރަނި އަނބުރާ ދައްކަން ގެންގުޅޭ ޕްލޭން އާންމު ކުރަން ޖެހޭ ގޮތަށް ގާނޫނުގައި ހިމެނުމަކީ މުހިއްމު ކަމެކެވެ.

އީވާ ހުށަހެޅުއްވި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުން:

  • ރާއްޖޭގައި ހިންގާ ޕަބްލިކް އިންވެސްޓުމެންޓު ޕްރޮޖެކްޓުތަކުގައި ގައުމުގެ ތަރައްގީއަށް ވާސިލްވާނެ އަމާޒެއް ފެންނަން ނެތް 

  • ވަށާ ޖެހޭ ތަރައްގީގެ ޕްލޭނެއް އެކުލަވާލައި އެ ޕްލޭނަކީ ރާއްޖޭގެ މާލީ ހާލަތު ތަން ދޭ އެއްޗަކަށް ވާން ޖެހޭ

  • މާލީ އަދި އިގްތިސޯދީ ގޮތުން ވެސް ގައުމު ކުރިއަރާނެ ސިޔާސަތެއް އެކުލަވާލައި ދައުލަތުގެ ދަރަނި އަނބުރާ ދައްކަން ގެންގުޅޭ ޕްލޭން އާންމު ކުރަން ޖެހޭ

  • މާލީ ދެމެހެއްޓެނިވިކަން ގާއިމުކުރަން ރާވާފައިވާ ގޮތާއި ތަރައްގީގެ މަޝްރޫއުތަކުގެ ހަރަދު އަންދާޒާތައް އަދި ސްޓްރެޓެޖިކް ޕްލޭން ހާމަ ކުރަން ގޮވާލާފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް