މާޗް 9، 2024، ށ. މިލަންދޫ: ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މިލަންދޫ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީީޕީގެ ކެންޑިޑޭޓު އަދި މިހާރުވެސް އެ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކެމްޕެއިން ހަރަކާތުގައި ކުރީގެ ރައީސް ސޯލިހް (ފޮޓޯ/ އެމްޑީޕީ)

ރަށްރަށުގެ މަޝްރޫއުތައް ހުއްޓާލައި، މަގާމުތަކަށް ކުރާ ހަރަދު 300 މިލިއަން ރުފިޔާ އިތުުރުކޮށްފި: ސޯލިހް

ސޯލިހް ވިދާޅުވި ގޮތުގައި މި ސަރުކާރުން މިހާރު އަމާޒުހިފައި ވަނީ 1،500ގައި ސިޔާސީ މަގާމުތައް ހިފެހެއްޓުމަށް

ކުރީ ސަރުކާރުގައި ރަށްރަށުގައި ފެށި މަޝްރޫއުތައް ހިންގަން ބަޖެޓްގައި ފައިސާ ނެތް ކަމަށް ބުނެ މި ސަރުކާރުން ހުއްޓާލައި، ސިޔާސީ މަގާމުތަކަށް ކުރާ ހަރަދު 300 މިލިއަން އިތުރުކޮށްފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އެޑްވައިޒަރު ސޯލިހް، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެފަދަ މޭރުމަކުން ފާޑުވިދާޅުވެ ވާހަކަ ދެއްކެވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމެޕެއިންނަށް ށ. މިލަންދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕޭން ހަރަކާތުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ -"އަޅުގަނޑުމެންނަށް ފެންނަން ހުރި މަދު މައުލޫމާތުތަކުން އެނގޭ ގޮތުގައި، 2023 ވަނަ އަހަރާ އަޅާބަލާ އިރު މުސާރައަށް މިދިޔަ ދެ މަސް ދުވަސް ތެރޭގައި 270 މިލިއަން ރުފިޔާ އާއި 300 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފި،" ސޯލިހް ވިދާޅުވި އެވެ.

މާޗް 9، 2024، ށ. މިލަންދޫ: ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މިލަންދޫ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީީޕީގެ ކެންޑިޑޭޓު އަދި މިހާރުވެސް އެ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކެމްޕެއިން ހަރަކާތުގައި ކުރީގެ ރައީސް ސޯލިހް (ފޮޓޯ/ އެމްޑީޕީ)

ތަފްސީލު - އެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ކޮވިޑްގެ އާލަމީ ވަބާއާ އެކު ކުރިމަތިވި ދަތި އުނދަގުލާ އެކު ވެސް މިލަންދޫ ފަދަ ރަށްތަކުގެ ތަރައްގީއަށްޓަކައި ކޮންމެހެން ކުރަން ޖެހިފައި ހުރި މަޝްރޫއުތައް ހިންގުމުގައި ފަހަށް ޖެހިފައި ނުވާނެ ކަމަށެވެ. ފައިސާ ހޯދައިގެން، ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް އެމްޑީޕީގެ ސަރުކާރުން އިސްކަންދިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ރާއްޖެ ތަރައްގީ ކުރެވޭނީ، ރައްޔިތުންނަށް ފަސޭހައިން، ހަމަޖެހިގެން އާއިލާ އެކު ދިރިއުޅެވޭނެ ގޮތްތަކެއް ހޯދައިދީގެން. މާ މޮޅެތި ތަރައްގީގެ ވާހަކަ ދެއްކި ދާނެ. އެކަމަކު ފުރަތަމަ ޖެހެނީ، ހަމަޖެހިލައިގެން، އާއިލާ އެކު ދިރިއުޅެވޭނެ ގޮތްތަކެއް ހޯދައިދޭން،" އެމަނިކުފާނު މިދިޔަ ފަސް އަހަރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި އިރު، ފުރަތަމަ އަމާޒަކަށް ހެއްދެވީ އެކަންކަން ފާހަގަކުރައްވައި، ސޯލިހް ވިދާޅުވި އެވެ.

އެ އަމާޒާ އެކު، ލިބޭ އާމްދަނީ އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ހިފައި، ވަކި ތަރުތީބަކުން ދެން ބެއްލެވީ ރާއްޖެ ތަރައްގީ ކުރުމަށް ކަމަށް ސޯލިހް ވިދާޅުވި އެވެ. އޭގެ ހެޔޮ ބަދަލު، މިލަންދޫ ނިސްބަތްވާ ބޮޑު ތިލަދުންމައްޗާއި މުޅި ރާއްޖެއިން ވެސް ފެންނަމުން އަންނަ ކަމަށް ސޯލިހް ވިދާޅުވި އެވެ.

"މިއަދު ވެސް މި ސަރުކާރުން ބޮޑެތި ވައުދުތަކެއް އެބަވޭ، ވެރިކަަމަށް ވަޑައިގަންނަވަން ވެސް ގިނަ ވައުދުތަކެއްވި. އެހެން ނަމަވެސް މި ވޭތުވެ ދިޔަ ތިން މަސް ދުވަސް ތެރޭގައި އެއިން އެއްވެސް ކަމެއްގެ އަމަލީ މަސައްކަތް މިއިއިން ރަށެއްގައި ފެށިފައި އެބަ އޮތްތޯ،" މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާެރުގެ ރައީސް މުއިއްޒުއާ ވާދަކޮށް، ނާކާމިޔާބުވެވަޑައިގެންނެވި ސޯލިހް ސުވާލު އުފެއްދި އެވެ.

މިލަންދޫގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ސޯޅިހް ވާހަކަ ދައްކަވަނީ (ފޮޓޯ/ އެމްޑީޕީ)

އަމިއްލަފުޅަށް އެ ސުވާލުގެ ޖަވާބު ދެއްވަމުން ސޯލިހް ވިދާޅުވީ އެމަނިކުފާނަށް އެކަން ނުފެންނަ ކަމަށެވެ. ކެމްޕެއިންނަށް އަރާވަޑައިގެންނަވާ ކޮންމެ ރަށަކުން އަންނަނީ އެ ޝަކުވާ ކަމަށް ވިދާޅުވި އެވެ.

"ހިތާމައަކީ މި ތިން މަސް ދުވަހުގައި އަޅުގަނޑުމެން ރައްޔިތުން ބޭނުންވާ މިސްރާބަށް މި ސަރުކާރު ނުދާކަން. [އަޅުގަނޑުގެ ސަރުކާރުގައި] ކުރަން ފައްޓާފައި ހުރި ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް ހުއްޓާލައިފި. ވިދާޅުވަނީ ފައިސާ ނެތް ވާހަކަ. ކުންފުނިތައް ނުހިނގާ. ވިދާޅުވަނީ، ކުންފުނިތަކުގައި ނެތޭ ފައިސާއެއް،" މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ސޯލިހް ވިދާޅުވި އެވެ.

އެގޮތަށް ސަރުކާރުން "ބަހަނާ" ދެއްކި ނަމަވެސް، ސޯލިހް ވިދާޅުވި ގޮތުގައި މިސަރުކާރުގައި ސިޔާސީ މަގާމުތަކަށް ދުވަހުން ދުވަހަށް މީހުން އައްޔަންކޮށް، އެ މަގާމުތަކުގެ އަދަދު ބޮޑުތަނުން ދަނީ މައްޗަށް ކަމަށެވެ. އެގޮތުން ސޯލިހް ވިދާޅުވީ:

  • ސިޔާސީ މަގާމުތައް ގިނަވެގެން ގޮސް، މިހާެރު އަމާޒު ހިފައިފާ ވަނީ ގާތްގަނޑަކަށް 1،500އަށް ވުރެ ގިނަ ނުކުރުމަށް

  • އެމްޑީޕީގެ ސަރުކާރުގައި މިދިޔަ އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު މުސާރައަށް ހަރަދުކޮށްފައި ވާނީ، 1.9 ބިލިއަން ރުފިޔާ

  • މި ސަރުކާރުގައި މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު މުސާރައަށް 2.1 ބިލިއަން ރުފިޔާ ހަރަދުކޮށްފި

"ގާތްގަނޑަކަށް އިތުރަށް 270-300 މިލިއަން ރުފިޔާ މުސާރައަށް، އެބޭފުޅުން އައްޔަން ކުރި ފަރާތްތަކަށް ދީ ނިންމައިފި. މިއީ ބަޖެޓްގައި ފައިސާ ނެތިގެން މިއުޅޭ ކަމަކީ،" ސޯލިހް ވިދާޅުވި އެވެ.

މާޗް 9، 2024، ށ. މިލަންދޫ: ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މިލަންދޫ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީީޕީގެ ކެންޑިޑޭޓު އަދި މިހާރުވެސް އެ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކެމްޕެއިން ހަރަކާތުގައި ކުރީގެ ރައީސް ސޯލިހް (ފޮޓޯ/ އެމްޑީޕީ)
މާޗް 9، 2024، ށ. މިލަންދޫ: ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މިލަންދޫ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީީޕީގެ ކެންޑިޑޭޓު އަދި މިހާރުވެސް އެ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކެމްޕެއިން ހަރަކާތުގައި ކުރީގެ ރައީސް ސޯލިހް (ފޮޓޯ/ އެމްޑީޕީ)
މާޗް 9، 2024، ށ. މިލަންދޫ: ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މިލަންދޫ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީީޕީގެ ކެންޑިޑޭޓު އަދި މިހާރުވެސް އެ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކެމްޕެއިން ހަރަކާތުގައި ކުރީގެ ރައީސް ސޯލިހް (ފޮޓޯ/ އެމްޑީޕީ)

މުސާރައަށް އިތުރުވި 300 މިލިއަން ރުފިޔާއަކީ، ސޯލިހް ވިދާޅުވި ގޮތުގައި ރިޔާސީ ކެމްޕެއިން ތެރޭ އެމަނިކުފާނާއި ރައީސް މުއިއްޒު ވެސް މިލަންދޫގައި އެޅުމަށް ވައުދުވެވަޑައިގެންނެވި އެއާޕޯޓު މަޝްރޫއަށް ވެސް ބޭނުން ކުރެވޭނެހާ ފައިސާއެވެ.

ސަރުކާރުގެ މިސްރާބު ހަމަމަގުން ނެޓިފައި ކަމަށް ވިދާޅުވެ، ސޯލިހް އެދިވަޑައިގެންނެވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން އިންތިހާބުކޮށްދިނުމަށެވެ. އަދި ރައްޔިތުންގެ ތަރައްގީއަށް އެޕާޓީން ހުރަސް ނާޅާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް