އެއާ އެމްބިއުލާންސްގައި ފުރަތަމަ ބަލި މީހާ އުފުލުމަށް އެއާއެމްބިއުލާންސް ކުޅުދުއްފުށީ އެއާޕޯޓުގައި (ފޮޓޯ/ރީޖަނަލް އެއާޕޯޓްސް)

އެއާ އެމްބިއުލާންސްގައި ފުރަތަމަ ބަލިމީހާ ކުޅުދުއްފުށިން މާލެއަށް

އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށި އިރު އެންމެ ބޮޑު އަމާޒަކީ ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ރާއްޖޭގައި ގާއިމުކުރުން ކަމަށް ހެލްތު މިނިސްޓްރީން ބުނި

ސިއްހީ އިތުރު ފަރުވާއަށް ވައިގެ މަގުން އުފުލަން ޖެހޭ ބަލިމީހުން އުފުލުމަށް އިއްޔެ ރާއްޖޭގައި ފެށި އެއާ އެމްބިއުލާންސް ހިދުމަތުގެ ދަށުން ފުރަތަމަ ބަލި މީހާ އުފުލައިފި އެވެ.

ވީ ކިހިނެއް؟ - އެއާ އެމްބިއުލާންސްގައި އުފުލި ފުރަތަމަ ބަލި މީހާ ގެނައީ ހދ. ކުޅުދުއްފުށިން މާލެއަށެވެ. ބަލިމީހާ ގޮވައިގެން އެއާ އެމްބިއުލާންސް އައިސްފައިވަނީ ރޭ މެންދަމު 3:40 ހާއިރު އެވެ.

ތަފްސީލް - އެއާ އެމްބިއުލާންސް ހިދުމަތުގައި އިއްޔެ ބޭނުންކުރަން ފެށީ ޑޭޝް-8 މަރުކާގެ މަތިންދާބޯޓެކެވެ.

އެއާ އެމްބިއުލާންސްގައި އުފުލާ ފުރަތަމަ ބަލިމީހާ ބޯޓަށް އެރުވުމަށް ތައްޔާރުވަނީ (ފޮޓޯ/ރީޖަނަލް އެއާޕޯޓްސް)

މި ހިދުމަތް ދެނީ ހެލްތު މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެންނެވެ.

  • އެ ބޯޓުގައި އެންމެ ކައިިރި ހޮސްޕިޓަލަކަށް ބަލިމީހާ އުފުލާއިރު، އަވަސް ސިއްހީ ފަރުވާ ދޭ ވަސީލަތްތަކާ އެކު، ތަމްރީން ކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރިއަކު ހަރަކާތްތެރިވާނެ

  • އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނޭ

  • މިހާރު މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސްގެ ނިޒާމުގެ ތެރެއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް އިތުރުކުރާނެ

އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށި އިރު އެންމެ ބޮޑު އަމާޒަކީ ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ރާއްޖޭގައި ގާއިމުކުރުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ގުޅުން ހުރި - އެއާ އެމްބިއުލާންސްގައި އަވައްޓެރި ސްރީލަންކާ އަށް ބަލިމީހުން އުފުލުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ރާއްޖެ އަށް ހުއްދަ ދީފަ އެވެ. 

ކޮމެންޓް (1)

ކިހިނެއް

3 މާރިޗު 2024
އެއާ އެމްބިއުލާންސް އޮވާ ކުއްޖަކު މަރުވީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް