ރައީސް މުއިއްޒު އުތުރަށް ކުރެއްވި ދަތުރުފުޅުގައި ށ. ކޮމަންޑޫ އަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ކިޔަނީ (ފޮޓޯ/ރައީސް އޮފީސް)

ރައީސް އުތުރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސްގެ ދަތުރުފުޅުގައި އުތުރުގެ ހަތަރު އަތޮޅުގެ ރަށު ކައުންސިލުތަކުގެ ތެރެއިން ނ. އަތޮޅުގެ އެއް ކައުންސިލް ފިޔަވާ އެހެން ހުރިހާ ރަށު ކައުންސިލްތަކާ ބައްދަލު ކުރައްވާފައިވެ

ރައީސް މުހައްމަދު މުއިއްޒު ރާއްޖޭގެ އެންމެ އުތުރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި ރައީސް ވަނީ ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފަ އެވެ.

ތަފްސީލް - ރައީސްގެ ދަތުރުފުޅުގައި އުތުރުގެ ހަތަރު އަތޮޅުގެ ރަށު ކައުންސިލުތަކުގެ ތެރެއިން ނ. އަތޮޅުގެ އެއް ކައުންސިލް ފިޔަވާ އެހެން ހުރިހާ ރަށު ކައުންސިލްތަކާ ބައްދަލު ކުރައްވާފައިވެ އެވެ.

ރަށު ކައުންސިލްތަކުގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކާ ބައްދަލު ކުރައްވައި ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންތަކާ ގުޅޭ މަޝްވަރާ ކުރައްވާފައިވެ އެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލު ކުރެއްވުމަށް ރައީސް ފައްޓަވާފައިވާ މަސައްކަތަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތްކުރެއްވުމަށް ކުރައްވާ މަސައްކަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުން ކަމަށެވެ.

ރައީސް އުތުރަށް ކުރެއްވި ދަތުރުފުޅުގައި ކެބިނެޓުގެ ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް