ޕިކަޕެއް ތެރޭ ހުތުރު ވައްތަރުތަކެއް ޖެއްސި މީހާ

ޕިކަޕު ތެރޭގައި ހުތުރު ވައްތަރު ޖެއްސި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

އުމުރުން 28 އަހަރުގެ އެ މީހާ އެ ވައްތަރުތައް ޖައްސަމުން ދިޔަ އިރު މަގުމަތީގައި ކުޑަކުދިން ވެސް ތިބި
24 ފެބްރުއަރީ 2024

މާލޭގެ މަގުމަތީގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު، ހުތުރު ވައްތަރު ޖެެއްސި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ވީ ކިހިނެއް؟ - މަގުމަތީގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ހުތުރު ވައްތަރު ޖައްސަމުން ދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ މީހާ ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.

ހަމަ އެދުވަހު، ފުލުހުން ވަނީ ވީޑިއޯއިން ފެންނަ މީހާ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި ހައްޔަރުކޮށްފައިވަނީ 28 އަހަަރުގެ ދިވެހި ފިރިހެނެކެވެ.

ތަފްސީލް - އެކަމާ ގުޅިގެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވާ ގޮތުން: 

  • އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރި

  • ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައި

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

އެނގުން މުހިންމު - އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު މި ވައްތަރު ޖައްސަމުން އެ މީހާ ދިޔަ އިރު، ގިނަ އަދަދެއްގެ ކުޑަކުދިން ވެސް މަގުމަތީގައި ތިބި މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް