ޕިކަޕެއް ތެރޭ ހުތުރު ވައްތަކެއް ޖެއްސި މީހާ: އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައި

ފުލުހުން

ޕިކަޕެއްގެ ތެރޭ ހުތުރު ވައްތަރު ޖެއްސި މީހާ ހައްޔަރުކޮށްފި

ފުލުހުން ބުނީ އެއީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް

މަގުމަތީގައި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު، ހުތުރު ވައްތަރު ޖެެއްސި މީހާ މިއަދު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - މަގުމަތީގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު ހުތުރު ވައްތަރު ޖައްސަމުން ދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. އެ މައްސަލަ ތަހުގީގުކުރަން ފަށައި، އެ މީހާ ހޯދަން ފުލުހުން މިއަދު ވަނީ އާންމުންގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ.

ބުނީ ކީކޭ؟ - މީގެ ކުޑައިރުކޮޅެއް ކުރިން ފުލުހުން ބުނި ގޮތުގައި، އެ މައްސަލާގައި ތުހުމަތުކުރެވޭ މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އެނގުން މުހިންމު - ޕިކަޕުގެ ފަހަތުގައި ބޮޑު ކިއޫއެއް ވެސް އޮއްވައި، އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު މި ވައްތަރު ޖައްސަމުން އެ މީހާ ދިޔަ އިރު، ގިނަ އަދަދެއްގެ ކުޑަކުދިން ވެސް މަގުމަތީގައި ތިބި މަންޒަރު ވީޑިއޯއިން ފެނެ އެވެ.

ކޮމެންޓް (1)

ހަފީ

22 ފެބްރުއަރީ 2024
މީ ދިވެހިރާއްޖެ ނުވާނެ ހަމަ އެއްވެސް ކަމެއް، މާދަމާ މިނޫހުގަ އޮންނާނީ ދޫކޮށްލި ޚަބަރު، ޤާޒީ ބުނާނީ އޭނަގެ ކުށެއްނެތޭ މަގުތައް ސަކަރާތް ވުމުން ލޮރީ ދުއްވަމުން ދިޔައިރު އޭނަޔަށް އޮޓަމެޓިކުން އައި ހަރަކާތެއްކަމަށް، އެންމެފަހުން ނުބައިވާނީ މަގުތައް، ދެން ސަރުކާރުން ޖެހޭނީ މީހުންނަށް މިކަހަލަ ހަރަކާތްތައް އަންނަ މަގުތައް ރަނގަޅުކުރަން. ޤާޒީ ނިންމާނީ މީ އެއްްވެސް މައްސަލައެއް ނޫންކަމަށް، ދެން ރައްޔިތުން ބުނަންޖެހޭނީ އަލްޙަމްދުލިﷲ އޭ، މިނޫން ގޮތަކަށް މިކަން ދޭތޯ ބަލާ، މަދުވަހަކުވެސް ލޮނުލީއެއްޗެއް ނުކާނަންް.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް