މާލޭ މަގުމަތީގައި ދުއްވަމުންދިޔަ ޕިކަޕެއްތެރޭ ހުތުރު ވައްތަރު ޖެއްސި މީހާ ޕިކަޕުތެރޭ ކަޅުކުލައިގެ ޓީޝަޓެއް ލައިގެން؛ އޭނާ އެ ވައްތަރު ޖެއްސިއިރު ގިނަ އަދަދެއްގެ ކުޑަކުދިންވެސް މަގުމަތީގައި އުޅޭތަން ފެނޭ

ޕިކަޕެއްތެރޭ ހުތުރު ވައްތަރު ޖެއްސި މީހާ ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

އޭނާގެ މައުލޫމާތު އެނގޭ މީހަކު ހުރިނަމަ، ފުލުހުންގެ ނަންބަރު، 9400053 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުުހުން އެދޭ

މަގުމަތީގައި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު، ހުތުރު ވައްތަރު ޖެެއްސި މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - މަގުމަތީގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ތެރޭގައި ހުތުރު ވައްތަރު ޖައްސަމުން ފިރިހެނަކު ދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. އެމީހާ އެ ވައްތަރު ޖައްސާފައިވަނީ، ޕިކަޕުގެ ފަހަތުގައި ބޮޑު ކިއޫއެއް ވެސް އޮއްވަ އެވެ. އަދި، ގިނަ އަދަދެއްގެ ކުޑަކުދިން ވެސް އެ މަގުމަތީގައި ތިބި މަންޒަރު ފެނެ އެވެ.

ބުނީ ކީކޭ؟ - ފުލުހުން މިއަދު ބުނީ، މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އަދި އެ މީހާ ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުުހުން އެދުނެވެ. 

ކޮމެންޓް (2)

ބުލްބުލް

22 ފެބްރުއަރީ 2024
ކާނެޝަންމަގުގަ އުޅޭ މޮޔަސޮރު ތީ
0 1

ާރައްޔިތު އަހައްމަދު

22 ފެބްރުއަރީ 2024
ޥެހިކަލް ޢޯނަރު ގެނެސް އަހާބަލަ ކާކު ތޯ. ސާބަސް. ކެވުނީމަ ނިމުނީ. މީހާ ހިފަންވީވެސް ރައްޔިތުން
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް