ރާއްޖެ އައި ޗައިނާގެ ބޯޓު ޝިއަންގް ޔަންގް ހޮންގް 30

ރާއްޖެ-ޗައިނާ

ަމައްސަލަ ބޮޑުވި ޗައިނާގެ ރިސާޗު ބޯޓު ރާއްޖޭގައި ބަނދަރު ކޮށްފި

މި ބޯޓު ރާއްޖެއަށް ބަނދަރު ކޮށްފައިވަނީ މިއަދު ހެނދުނު، އެ ބޯޓު މިހާރު އޮތީ ތިލަފުށީ ކައިރީގައި

ދިރާސާތަކަށް ބޭނުންކުރާ ކަމަށް ބުނާ ޗައިނާގެ އުޅަނދެއް ކަމަށްވާ 'ޝިއަންގް ޔަންގް ހޮންގް 3' ރާއްޖޭގައި މިއަދު ބަނދަރު ކޮށްފި އެވެ.

ވީ ކިހިނެއް؟ - ކަނޑު އުޅަނދުފަހަރުގެ މޫވްމަންޓް ބަލާ 'ވެސެލްފައިންޑާ' ވެބްސައިޓުން ދައްކާ ގޮތުގައި، މި ބޯޓު ރާއްޖޭގައި ބަނދަރު ކޮށްފައިވަނީ، މިއަދު ހެނދުނު 9:42ގަ އެވެ. މި ބޯޓު މިހާރު އޮތީ ތިލަފުށީ ކައިރީގަ އެވެ. 

ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ އެ ބޯޓު ރާއްޖޭގައި މަޑުކުރަނީ ފަޅުވެރިން ބަދަލުކުރުމަށާއި ބޯޓަށް ބޭނުންވާ ކާނާ އެރުވުމަށް ކަަމަށެވެ. އަދި އެ ބޯޓް ރާއްޖެ އަންނަނީ ދިރާސާއެއް ހަދަން ކަމަށް ބުނެ އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފައި ވިޔަސް، މިނިސްޓްރީން ވަނީ އެ ބޯޓު އަންނަނީ ދިރާސާ އަކަށް ނޫން ކަމަށާއި އެ ހުއްދަ ނުދޭ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޗައިނާގެ އަސްކަރީ ނުފޫޒު އިންޑިއާ ކަނޑަށް ފެތުރިދާނެތީ އަބަދުވެސް ޖެހިލުންވާ އިންޑިއާއިން ގަބޫލުކުރަނީ ޗައިނާގެ އުޅަނދުގެ މަގުސަދަކީ އިންޑިއާ ކަނޑުގައި ޗައިނާގެ ސަބްމެރިންތައް ބޭނުންކުރާނެ މައުލޫމާތު އެއްކޮށް، ޖާސޫސްކުރުން ކަމަށެވެ. 

އިންޑިއާއިން އެދިގެން، އަވަށްޓެރި ސްރީލަންކާއިން ވެސް އެ ގައުމަށް އެތެރެވާން، ހުއްދަ ނުދިން މި ބޯޓު ރާއްޖެ އަންނަން ހުއްދަ ދިނުމާ އެކު، މިހާރު ވެސް ރާއްޖެއާ ގުޅުން ހީނަރުވެފައި އޮތް އަވަށްޓެރި އިންޑިއާއިން ވަނީ ރުޅިގަދަވެފަ އެވެ.

އިންޑިއާގެ އަސްކަރީ އޮފިޝަލަކާއި މިނިވަން ދިރާސާކުރާ ފަރާތަކާ ހަވާލާދީ ރޮއިޓާސްއިން މީގެ ކުރިން ބުނެފައިވާ ގޮތުން:

  • މީގެ ކުރިން، 2022 ވަނަ އަހަރު ސްރީ ލަންކާއަށް މި އުޅަނދު ވަނުމަށް ވެސް އިންޑިއާއިން ދެކޮޅު ހެދި؛ އެއާ ގުޅިގެން ލަންކާ އިން އެ ބޯޓަށް ހުއްދައެއް ނުދޭ

  • މިދިޔަ މަހު ވެސް އެ އުޅަނދު ވަންނަން އުޅުމުން ލަންކާއިން އެ ކަމަށް ހުއްދަ ނުދިނީ އިންޑިއާއިން ދެކޮޅު ހެދުމުން

ޗައިނާގެ މި އުޅަނދު ދަތުރުކުރަމުންދާ މިސްރާބު ބަރާބަރަށް ބަލަމުން އަންނަ ކަމަށާއި މި ސަރަހައްދުގައި ފޯރި މަރަމުން އަންނަ ކަމަށް އިންޑިއާގެ އަސްކަރީ އޮފިޝަލަކު މީގެ ކުރިން ރޮއިޓާސްއަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

22 ފެބްރުއަރީ 2024
އިންޑިއާ އައުޓް. ޗައިނާ އިން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް