ޕެނެޑޯލްއަކީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ މުހިންމު ބޭހެއް

ރާއްޖޭގައި ޕެނަޑޯލް ބޭނުންކުރުމުގެ ހުއްދަ އަލުން ދީފި

އެމްއެފްޑީއޭއިން ބުނީ ޕެނަޑޯލް ބްެރޭންޑުގައި ހުންނަންޖެހޭ މިންވަރަށް ބޭހުގެ ބާރުމިން ހުރިކަން ކޮންޓިޓޭޓިވް ޓެސްޓުން ޔަގީންވެފައިވާ ކަމަށާއި މައްސަލަ ޖެހުނު ބެޗު މިހާރު މާކެޓުގައި ނެތް ކަމަށް

ރާއްޖޭގައި ބޭނުންކުރަމުން އަންނަ ޕެނަޑޯލްގައި މައްސަލައެއް ނެތްކަން ތަހުލީލުތަކުން ދައްކާފައިވާތީ، އެ ބޭސް ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރަޓީ (އެމްއެފްޑީއޭ) އަލުން މިއަދު ދީފި އެވެ.

ވީ ކިހިނެއް؟ - ދަތުތަކަށް އެންމެ އާންމުކޮށް ބޭނުންކުރާ ބޭހެއް ކަމަށްވާ ޕެނަޑޯލް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން ވަގުތީ ގޮތުން މަނާކުރީ މިދިޔަ މަހުގެ 30ގަ އެވެ. އޭރު އެ ބޭސް ބޭނުންކުރުން މަނާކުރީ، އެ ބޭހުގެ ޓެސްޓުތަކެއް ކުރި އިރު، ބޭހުގެ ރައްކާތެރިކަމާ މެދު ޝައްކުކުރެވޭ ފަދަ ކަންތައްތަކެއް ފެނުމާ ގުޅިގެންނެވެ. އެގޮތުން، ބޭހުުގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސް ގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭރު އެމްއެފްޑީއޭއިން ބުންޏެވެ.

މިއަދު އެމްއެފްޑީއޭއިން ނެރުނު އެލާޓުގައި ބުނީ، އެ ބޭހާ ގުޅިގެން ކުރި ލެބޯޓްރީ ތަހުލީލުތަކުގެ ނަތީޖާ ލިބިފައިވާ ކަމަށެވެ.

ތަފްސީލް - ތަހުލީލު ރިޕޯޓުތަކުން ދައްކާގޮތުގައި:

  • ޕެނަޑޯލް ބްެރޭންޑުގައި ހުންނަންޖެހޭ މިންވަރަށް ބޭހުގެ ބާރުމިން ހުރިކަން ކޮންޓިޓޭޓިވް ޓެސްޓުން ވަނީ ޔަގީންވެފައި

  • މީގެ ކުރިން ފެނުނު ބޭހުން ފާހަގަވި މައްސަލަ ދިމާވާން މެދުވެރިވެފައިވަނީ ބޭސް އުފުލާ ގެންގުޅުމުގަ އާއި ގުދަންކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ހިފެހެއްޓިފައި ނުވުމުން

  • މި މައްސަލަ ފާހަގަ ކުރެވުނު ބެޗު މިހާރު މާކެޓުގައި ނެތްކަން ވަނީ ކަށަވަރުކުރެވިފައި

"ވީމާ މިއަދުން ފެށިގެން މިބޭސް ވިއްކުމާއި ބޭނުންކުރުމުގެ ހުއްދަ ކުރިއެކޭ އެއްގޮތަށް ދީފައިވާކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ،" އެމްއެފްޑީއޭގެ އެލާޓުގައިވެ އެވެ.

އެ އެލާޓުގައި އިތުރަށް ބުނީ، މިފަދަ މައްސަލަަތައް އިތުރަށް ތަކުރާރު ނުވެ، ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ބޭސް އެއްތަނުން އަނެއް ތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް އެ އޮތޯރަޓީގެ ފަރާތުން ޕަބްލިޝްކޮށް ބޭސް އިމްޕޯޓުކޮށް، ވިއްކާ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް