ރާއްޖޭގައި މަނާކުރި ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީސްގެ ބޭހެއް.

ވިހަ ކެމިކަލްތަކެއް ހިމެނޭ ޕާކިސްތާނުގެ ބޭސްތަކެއް ރާއްޖޭގައި މަނާކޮށްފި

ރާއްޖޭގައި ވިއްކަމުންދާ ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީޒްގެ ދެ ބޭހަކުން ވިހަ ކެމިކަލް ހުރިކަން ވަނީ ފާހަގަވެފައި. އެހެން ބައެއް ގައުމުތަކުން ވެސް މި ބޭސްތައް ވަނީ މަނާކޮށްފައި
30 ނޮވެމްބަރު 2023

ވިހަ ކެމިކަލްގެ މާއްދާތަކެއް ހިމެނޭކަން ފާާހަގަކުރެވިގެން ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީސް ކުންފުނީގެ ބޭސްތަކެއް ރާއްޖޭގައި މަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ނެރުނު އެލާޓުގައި ބުނީ ފާމިކްސްއިން އުފައްދާ ބައެއް ދިޔާ ބޭސްތަކުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިތައިލިން ގްލައިކޯލް (ޑީއީޖީ) އާއި އަތައިލީން ގްލައިކޯލް (އީޖީ) ހިމެނޭ ކަމަށް އެ ގައުމުގެ ބޭސް ރެގިއުލޭޓު ކުރާ އޮތޯރިޓީން އަންގާފައިވާ ކަމަށެވެ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ވެސް އެ ކުންފުނީގެ ދިޔާ ބޭހުގައި އެ މާއްދާ ހިމެނޭކަން ވަނީ އަންގާފަ އެވެ. ރާއްޖޭގެ މާކެޓުގައި ހުރި އެ ކުންފުނީގެ ދެ ބޭހަކުން ވެސް އެ ކެމިކަލްތައް ފެނިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.

އެނގުން މުހިންމު - އީޖީ އާއި ޑީއީޖީއަކީ ކޫލެންޓް، ހައިޑްރޯލިކް ފްލުއިޑް، ފަދަ ތަކެތި އުފައްދަން ބޭނުންކުރާ، ކާބޯތަކެއްޗާއި ބޭސް އުފެއްދުމުގައި ބޭނުންކުރުން ގިނަ ގައުމުތަކުން މަނާކޮށްްފައިވާ ކެމިކަލްތަކެކެވެ.

  • ރާއްޖޭގައި މަނާކުރި ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީސްގެ ބޭހެއް
  • ރާއްޖޭގައި މަނާކުރި ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީސްގެ ބޭހެއް
  • ރާއްޖޭގައި މަނާކުރި ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީސްގެ ބޭހެއް
  • ރާއްޖޭގައި މަނާކުރި ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީސްގެ ބޭހެއް
  • ރާއްޖޭގައި މަނާކުރި ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީސްގެ ބޭހެއް

ތަފްސީލު - ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމްއެފްޑީއޭއިން ވަނީ މިއަދުން ފެށިގެން ފާމިކްސް ލެބޯޓްރީސްގެ އެއްވެސް ދިޔާ ބޭހެއް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފަ އެވެ.

މިވަގުތު އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހުރި އެ ކުންފުނީގެ ދިޔާ ބޭސްތައް ފާމަސީތަކުން ނަގައި، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް އެ ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދަން ވެސް އެމްއެފްޑީއޭއިން ވަނީ އަންގާފަ އެވެ. މިވަގުތު އެޕްރޫވްޑް ލިސްޓުގައި ހުރި ފާމިކްސް ލެބޯޓްރީސްގެ ދިޔާ ބޭސްތަކުގެ ލިސްޓެއް އެ އޮތޯރިޓީން ވަނީ ހިއްސާކޮށްފަ އެވެ.

އެމްއެފްޑީއޭގެ މެޑިސިން އެންޑް ތެރަޕިއުޓިކް ފުޑްސް ޑިވިޝަންގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައިގެން މިކަމާ ބެހޭ އިތުރު މައުލޫމާތު ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް