ގދ. ތިނަދޫ (ފައިލް ފޮޓޯ/އައިލްސް)

ގދ. ތިނަދޫ

ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމުގެ ބޮޑު މަޝްރޫއެއްގައި ސޮއިކޮށްފި

މި މަސައްކަތް ހަވާލުކުރީ ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ ޕޭން ޕެސިފިކްއާ، މިއީ 400-600 މިލިއަން ޑޮލަރުގެ މަޝްރޫއެއް

ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމުގެ އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި އެއާޕޯޓުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ ޕޭން ޕެސިފިކްއާ އެވެ.

ތަފްސީލް - ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ބުނީ މި އެއާޕޯޓު މަޝްރޫއަށް 400-600 މިލިއަން ޑޮލަރު (6.1-9.2 ބިލިއަން ރުފިޔާ) ކޮންޓްރެކްޓަރު އިންވެސްޓު ކުރާނެ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި؛

  • މި މަޝްރޫއަށް ސަރުކާރުން އެއްވެސް ހޭދައެއް ނުކުރާނެ

  • މި އެއާޕޯޓު ތަރައްގީކުރާނީ އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ވަރުގެ ރަންވޭއަކާ އެކު

  • ފްލައިން ސްކޫލެއްގެ އިތުރުން ކާގޯ ފެސިލިޓީ އާއި ފިއުލްފާމެއް އަދި އެއާކްރާފްޓުތައް ސާވިސްކުރާނެ އެމްއާރުއޯ ފެސިލިޓީ ހުންނާނެ 

  • މިއީ ރާއްޖެއަށް އަންނާނެ އެންމެ ބޮޑު އެއް ފޮރިން އިންވެސްޓުމެންޓް

  • މިއީ އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއަރާނެ ޕްރޮޖެކްޓަކަށް ވާނެ

މި މަޝްރޫއުގެ ދަށުން އެއާޕޯޓު ތަރައްގީ ކުރުމުގެ އިތުރަށް ޓޫރިޒަމާއި އެހެން ސިނާއީ މަސައްކަތްތަކަށް ވެސް ކޮންޓްރެކްޓަރު އިންވެސްޓު ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. 

ފާހަގަކުރެވޭ ކަމެއް - ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް