ރައީސް މުއިއްޒު، ޔޫއޭއީގައި ދިރިއުޅުއްވާ ދިވެހިންނާ ބައްދަލުކުރެއްވުމުގައި 'ރިވެލި' ޕްރޮގްރާމް އިފްތިތާހުކޮށްދެއްވަނީ (ފޮޓޯ/ ދައުރު)

ރާއްޖެ-ޔޫއޭއީ

އިސްލާމް-ދިވެހި ޔޫއޭއީގައި ކިޔައިވައިދިނުމަށް 'ރިވެލި' އިފްތިތާހުކޮށްފި

އިތުރު ތިން ގައުމެއްގައި މި ހިދުމަތް ދިނުމަށް މަސައްކަތް ކުރުމަށް އަންނަކަމަށް ސަރުކާރުން މިރޭ އިއުލާންކޮށްފައިވޭ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމް އަދި ދިވެހި މާއްދާ ކިޔަވައިދިނުމަށް ސަރުކާރުގެ 'ރިވެލި' ޕްރޮގްރާމް ރައީސް މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފި އެވެ.

ވީ ކިހިނެއް؟ - މި ޕްރޮގްރާމް ރައީސް އިފްތިތާހުކޮށްދެއްވީ، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއެކު މިރޭ ދުބާއީގެ ތާޖް ދުބާއީ ހޮޓެލްގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ތަފްސީލު - 'ރިވެލި' ޕްރޮގްރާމްއަކީ، ބޭރު ގައުމުތަކުގައި ތިބޭ ދިވެހިންނަށް އޮންލައިންކޮށް އިސްމާލް ދިވެހި ކިޔަވައިދިނުމަށް ސަރުކާރުން ފެށި ޕައިލެޓް ޕްރޮޖެކްޓެކެެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި ޕްރޮގްރާމް ފެށުމާއެކު އެހެން ގައުމުތަކުގައި ތިބި ދިވެހިން ވެސް މި ހިދުމަތަށް އެދެމުންދާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ވިސްނުމަކީ މި ޕްރޮގްރާމް އަދި ވެސް އިތުރަށް ފުޅާކޮށް، އެހެން ގައުމުތަކުގައި ވެސް ފެށުމެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ:

  • ކުރިއަށް އޮތް ދުވަސްތަކުގައި ތިން ގައުމެއްގައި މި ހިދުމަތް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންދޭ 

  • އޭގެ ތެރޭގައި މެލޭޝިއާ، ސިންގަޕޫރު އަދި އޮސްޓްރޭލިއާ ހިމެނޭ

މިނިސްޓަރު މޫސާ ޒަމީރު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ ދައުރު)
ރައީސް މުއިއްޒު، ޔޫއޭއީގައި ދިރިއުޅުއްވާ ދިވެހިންނާ ބައްދަލުކުރެއްވުން (ފޮޓޯ/ ރައީސް އޮފީސް)
ރައީސް މުއިއްޒު، ޔޫއޭއީގައި ދިރިއުޅުއްވާ ދިވެހިންނާ ބައްދަލުކުރެއްވުން (ފޮޓޯ/ ރައީސް އޮފީސް)

މީގެ ކުރިން އޮންލައިންކޮށް އިސްލާމް އަދި ދިވެހި މާއްދާ ބޭރުގައި އޮންލައިންކޮށް ކިޔަވައިދީފައެއް ނުވެ އެވެ. 

ފާހަގަކޮށްލެވޭ ކަމެއް - މި ޕްރޮގްރާމް ޔޫއޭއީގައި ފަށާފައި މި ވަނީ މިދިޔަ އަހަރު ފަހުކޮޅު އެގައުމުގައި ބޭއްވި ކޮޕް ސަމިޓަށް ވަޑައިގެން، ރައީސް ދިވެހިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން އެބޭފުޅުން ދެއްވި ހިޔާލެއްގެ މައްޗަށެވެ. ޔޫއޭއީގެ ހަތް އެމިރާތުގެ ތެރެއިން ފަސް އެމިރާތުގައި 300އެއްހާ ދިވެހިން ދިރިއުޅެ އެވެ. 

ކޮމެންޓް (1)

ޢަލީ

15 ފެބްރުއަރީ 2024
މި ޕްރޮގްރާމްގަވެސް މިނިސްޓަރުގެ ކްލާސްމޭޓުން ނުލައިފިއްޔާ ރަނގަޅު. އިސްކަންދަރު ސްކޫލާއި ސީއެޗްއެސްއީ ގެ ޕްރިމްސިޕަލުންނަށް ވެސް ކްލާސް މޭޓުން ލައިގެން އެތަންތަން ހަލާކު ވަނީ. އިސްކަންދަރުގެ ޓީޗަރެއްގެ ހައިސިއްޔަތުން ދެރަވޭ. މިދާވަރުން އިސްކަންދަރު ދަންޏާ މިތަން ހަމާކުވާން ނުނަގާގެ ގިނަ ދުވަހެއް. މިސަރުކާރު ގެންނަން ވޯޓް ދެވުނީތީ ދެރަވޭ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް