އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ރައީސް މުއިއްޒުއާ ބައްދަލުކުރައްވަނީ (ފޮޓޯ ރައީސ

އައިއެމްއެފް

ރައީސްގެ ފިޔަވަޅުތަކަށް ތައުރީފުކުރުމާ އެކު އައިއެމްއެފުން އެދުނީ އާ އިންވެސްޓްމަންޓް އިތުރުކުރަން

ރާއްޖޭގެ އާމްދަނީ އިތުރުކުރަން އާ އިންވެސްޓްމަންޓްތައް ހޯދުމުގެ އިތުރުން ތިމާވެށީގެ މައްސަލަތަކުން އަރައިގަތުމަށް ވެސް އައިއެމްއެފްއިން އެދުނު

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ރައީސް މުހައްމަދު މުއިއްޒުއާ އެކު ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނުގެ އިގްތިސާދީ ފިޔަވަޅުތަކަށް މަރުހަބާ ކިޔާއި، ރާއްޖެއަށް ވަންނަ އާމްދަނީ މަތިކުރުމުގެ ގޮތުން ގޮތުން އާ އިންވެސްޓްމަންޓްތައް އިތުރުކުރަން އެ އިދާރާއިން އެދެފި އެވެ.

ވީ ކިހިނެއް؟ - އިއްޔެ ދުބާއީގައި ފެށި ވޯލްޑް ގަވަމަންޓް ސަމިޓްގެ ހަވާސާގެ ތެރެއިން އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ވަނީ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާތަރެއް ކުރައްވައިފަ އެވެ.

ތަފްސީލު - ރައީސްގެ އަރިހުގައި ކެބިނެޓްގެ ތިން ވަޒީރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ރޭ ބުނީ އިގްތިސާދީ ގޮތުން ރާއްޖެއަށް އެތެރެއިންނާއި ބޭރުން ކުރިމަތިވާ ގޮންޖެހުންތަކާ މެދު ޖޯޖީވާ ވާހަކަ ދެއްކެވި ކަމަށެވެ. އަދި ރައީސް މުއިއްޒު ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް މާލީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތުގެ މައްޗަށް އޭނާ ވާހަކަ ދެއްކެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން:

  • އާ ސަރުކާރަށް ކުރިމަތިވެފައިވާ މާލީ އުނދަގޫ ހާލަތުން އަރައިގަތުމަށް އަޅަން ޖެހިފައިވާ މުހިންމު އަދި އަވަސް ފިޔަވަޅުތައް ޖޯޖީވާ ވަނީ މި ބައްދަލުވުމުގައި ފާހަގަކުރައްވާފައި

  • މި ހާލަތުގެ އަރައިގަތުމަށް ރައީސް މުއިއްޒުގެ "ހަރުދާނާ ސިޔާސަތު" ވެސް ފާހަގަކުރައްވައި، އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި

  • އޭގެ ތެރޭގައި، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށާއި ހަމަޖެހުމަަށްޓަކައި، އެމަނިކުފާނުގެ "ދުރު ވިސްނުންފުޅާ" އެކު، ސަރުކާރު ހިންގަން އިސްލާހުތައް ގެނެސް ދެއްވާ އަހަންމިއްޔަތު ޖޯޖީވާ ވަނީ ފާހަގަކުރައްވާފައި

"[ރައީސް] މުއިއްޒު އިސްވެ ހުންނަވައިގެން ރާއްޖެއަށް ގެންނަވާ އިގްތިސާދީ އިސްލާހުގެ އެޖެންޑާއަށް ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރައްވަމުން، ދިވެހި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވައި، ރާއްޖެއަށް ފާގަތި މުސްތަގުބަލެއްގެ ބިންގާ އެޅުމުގައި ސަރުކާރުން އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތަކުގެ މައްޗަށް ވެސް،" ވޯލްޑް ބޭންކްގެ ކުރީގެ ސީއީއޯގެ މަގާމު ފުރުއްވާފައިވާ ޖޯޖީވާ ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެެ.

ޖޯޖީވާ، ރައީސް މުއިއްޒުއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ދެ ބޭފުޅުން ވާހަކަ ދައްކަވަނީ (ފޮޓޯ ރައީސް އޮފީސް)

އެކަން ކުރުމުގައި ސަރުކާރުން ކުރަމުން ގެންދާ "މަސައްކަތްތައް ދެ ފުށް ފެންނަ ގޮތަށް ހިސާކުރެއްވުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ" މަސައްކަތަށް ވެސް އޭނާ ތައުރީފް ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

"އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ގައުމެއް ކަމަށާއި، އެހެންނަމަވެސް ތިމާވެށީގެ ނާޒުކުކަން އޮތް ގައުމެއްގެ ގޮތުގައި ފާހަގަކުރައްވައި، މިކަންކަމަށް ވިސްނަވައިގެން، މި ކަންކަމުން އަރައިގަތުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އާ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ފިނޭންސް މިނިސްޓަރު ޝަފީގް، ޖޯޖީވާއާ ސަލާމްކުރައްވަނީ (ފޮޓޯ ރައީސް އޮފީސް)

ރައީސްއާ އެކު މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރައީސް ޔޫއޭއީއަށް ވަޑައިގަތީ ވޯލްޑް ގަވަމަންޓް ސަމިޓް އަދި މޯލްޑިވްސް އިންވެސްޓާސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ސަމިޓްގައި މިއަދު ހަވީރު ރާއްޖެ ގަޑިން 5:00ގައި ރައީސް މުއިއްޒު ތަގުރީރު ކުރައްވަން ވަނީ ތާވަލްކޮށްފަ އެވެ. 

އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން ވަޒީރުން ބައިވެރވިވެވަޑައިގަންނަވަނީ (ފޮޓޯ ރައީސް އޮފީސް)

ފަސް މަންޒަރު - މިފަހުން އައިއެމްއެފްގެ ވަފުދެއް ވެސް ރާއްޖެ އަ އެވެ. މި މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ވެސް ރައީސްގެ ފިޔަވަޅުތަކަށް މަރުހަބާ ކިޔާފައިވެ އެވެ.

ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސާދު ހިނގައިގަންނަން ފަށާފައިވާ ކަމަށާއި މި ހިނގާ 2024 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު %5.2 ކުރިއަރާނެ ކަމަށް އެ ބަޔާނުގައި ފާހަގަކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް