މާރުކޭޓު ސަރަހައްދުގައި ގުދަނަކަށް މުދާ އަރުވަނީ: އައިއެމްއެފްއިން ލަފާކުރަނީ ރާއްޖޭގެ އިގުތިސާދީ ދުވެލި މި އަހަރު ދަށް ވާނެ ކަމަށް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އިގްތިސާދު

މި އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނީ %5 ގައި ކަމަށް އައިއެމްއެފް އިން ލަފާކޮށްފި

މިއީ ސަރުކާރާއި އެމްއެމްއޭއިން މި އަަހަރު ރާއްޖޭގެ އިގުތިސާދާ މެދު ކޮށްފައިވާ އަންދާޒަށް ވުރެ ދަށް މިންވަރެއް

މި އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނީ %5ގައި ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާކޮށްފި އެވެ.

ވީ ކިހިނެއް؟ - އައިއެމްއެފް އިން އާންމުކޮށްފައިވާ 'ގްލޯބަލް އިކޮނޮމިކް އައުޓްލުކް ޕްރޮޖެކްޝަންސް' ގައި ލަފާކޮށްފައިވާ ގޮތުން މި އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި ހުންނާނީ މިދިޔަ 2023 ވަނަ އަހަރާ އަޅާބަލާއިރު %3.1 ދަށްކޮށެވެ.

ތަފްސީލް - އައިއެމްއެފް އިން ލަފާކޮށްފައިވަނީ ބަލާއިރު މި އަހަރު ދުނިޔޭގެ އިގްތިސޯދީ ދުވެލި %3.1 ގައި ހުންނާނެ ކަމަށެވެ. ދުނިޔޭގެ ސިޔާސީ އަދި ދޭދޭ ގައުމުތަކުގެ ގުޅުމަަށް އަންނަ ކުއްލި ލޮޅުންތަކާ އެކު އިގްތިސޯދަށް އޭގެ ނޭދެވޭ އަސަރު ކުރާ މިންވަރު އަދިވެސް އިތުރުވެދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. 

ހާއްސަކޮށް ރަތް ކަނޑު ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ އެކު ދުނިޔޭގެ ސަޕްލައި ޗެއިންއަށް އަސަރުކޮށް ތަކެތީގެ އަގު އުފުލިދާނެ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލި ހުންނާނީ %5.5 ގަ އެވެ. ސަރުކާރުން ހުށައެޅި ދައުލަތުގެ ބަޖެޓްގައި ލަފާކުރި ގޮތުން ނަމަ އިގުތިސާދީ ދުވެލި %6.7ގައި ހުންނާނެ އެވެ.

މިދިއަ އަހަރު ރާއްޖޭގެ އިގުތިސާދަށް %8.1ގެ ކުރިއެރުމެއް ލިބުނެވެ.

އައިއެމްއެފްގެ ލަފާކުރުންތައް:

  • މި އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުންނާނީ %2.8 ގައި 

  • ދުނިޔޭގެ އިންފްލޭޝަން ރޭޓު ހުންނާނީ %5.8ގައި

  •  މިދިޔަ އަހަރު ދުނިޔޭގެ އިންފްލޭޝަން ރޭޓު ހުރީ %6.8ގައި

އައިއެމްއެފް އިން ލަފާކުރާ ގޮތުގައި، ކުރިއަރަމުން އަންނަ އިގްތިސޯދުތަކުގެ އިގްތިސޯދީ ދުވެލި މި އަހަރު ހުންނާނީ %4.1 ގަ އެވެ. އޭޝިއާ ސަރަހައްދުގެ ކުރިއަރަމުން އަންނަ އިގްތިސޯދުތަކުގެ ދުވެލި %5.4 އިން %5.2 އަށް ދަށްވާނެ ކަމަށް ވެސް ވަނީ އަންދާޒާ ކޮށްފަ އެވެ.

  • މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިިން އެންމެ ބޮޑަށް ކުރިއަރާނީ އިންޑިއާގެ އިގްތިސޯދު ކަމަށް އައިއެމްއެފް އިން ލަފާކޮށްފައިވޭ؛ އެ ގައުމުގެ އިގްތިސޯދީ ދުވެލި މި އަހަރު ހުންނާނީ %6.5ގައި

  • ޗައިނާގެ އިގްތިސޯދީ ދުވެލި މި އަހަރު %4.6ގައި ހުންނާނެ ކަމަށް ވެސް ވަނީީ ލަފާކޮށްފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް