24 އޮކްޓޯބަރު 2023 - 6 މޭގައި ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގާއި ޝަރީއަތް ދާ ގޮތް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރައްވާފައިވާ ހާއްސަ މަންދޫބު އައްބާސް ފާއިޒު އާއި ޕީޖީ ޝަމީމް މިއަދު ރައީސް އޮފީހުގައި

ޖުޑިޝަރީ

ޕީޖީން ދެކެނީ ވާނުވާ ބަންދަކީ ހަމައެކަނި ގާނޫނަށް ބަދަލު ގެނެސްގެން ހައްލުވާނެ މައްސަލައެއް ނޫން ކަމަށް

ޕީޖީ އޮފީހުން ބުނީ ޝަރީއަތްތައް ދިގުލައިގެން ދިއުން ގުޅިފައިވަނީ ކޯޓުތަކުގެ ސްޕީޑާއި، ޖާގައިގެ ދަތިކަމާ ކަމަށް

ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ތިބޭ މައްސަލަ ނުވަތަ 'ވާނުވާ' ބަންދުގެ މައްސަލަ ހައްލުކުރަން ގާނޫނު އިސްލާހުކުރާނޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވާތީ އެކަމަށް ގާނޫނު އެކަނި އިސްލާހުކޮށްގެން ހައްލުވާން ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނެފި އެވެ. 

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ:

  • ވަކި މުއްދަތެއް ނެތި ބަންދުގައި ތިބުން ނުވަތަ 'ވާނުވާ ބަންދުގައި' ތިބޭ މީހުންގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް މި މަސްތެރޭ ފަށާނެ 

  • އެކަމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް، މިފެށޭ މަޖިލީހުގެ 20 ވަނަ ދައުރުގެ ތެރޭގައި ހުށަހަޅާނެ

އެ ވާހަކަތަކާ ގުޅިގެން އެކަމަށް މަރުހަބާ ކިޔާ ޕްރޮސިކިއުޓަ ޖެނަރަލް (ޕީޖީ) އޮފީހުން އިއްޔެ ވަނީ އެ އޮފީހުގެ ރަސްމީ ބަސް އާންމު ކުރާ ހަބަރު ފީތާގައި ލިޔުމެއް އާންމުކޮށްފަ އެވެ.

ބުނީ ކީކޭ؟ - އެ ލިޔުމުގައި ޕީޖީ އޮފީހުން ބުނީ އެ އޮފީހުން ދެކެނީ މިއީ ހަމައެކަނި ގާނޫނަކުން އިސްލާހު ގެނެވޭނެ މައްސަލައެއް ނޫން ކަމަށެވެ. ސަބަބަކަށް ބުނެފައި ވަނީ ވާނުވާގައި ތިބޭ މީހުންގެ ޝަރީއަތްތައް ދިގުލައިގެންދާ ދިއުން ގުޅެނީ، ކޯޓުތަކުގެ ސްޕީޑާއި، ޖާގައިގެ ދަތިކަމާ ކަމަށްވާތީ ކަމަށެވެ.

"ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަށް ފަހު، ޝަރީއަތް ބޭއްވޭނެ ދުވަހެއް ނޭގި ދިގުލައިގެންދާ މައްސަލައިގެ އެއް ސަބަބު ގުޅިފައިވަނީ ޝަރުއީ ކޯޓުތައް ހިނގާ ސްޕީޑާ އެވެ. ޝަރީއަތުގެ ސްޕީޑް ގުޅިފައި އޮތީ ކޯޓުތަކުގެ ޖާގައިގެ މައްސަލައާ އެވެ،" ޕީޖީ އޮފީހުން ބުންޏެވެ.

ސަރުކާރުން ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް ހައްލެއް ހޯއްދައިދޭނެ ކަމަށް ބުނެފައި ވާތީ އުފާކުރާކަން ފާހަގަކޮށް އެކަމުގެ އަމަލީ މަސައްކަތްތައް އަވަހަށް ފެށޭނެކަމަށް އުންމީދުކުރާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ތަފްސީލް - އެ އޮފީހުން އިތުރަށް ބުނީ:

  • ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަށް ފަހު، ޝަރީއަތްތައް ނުބޭއްވި ދިގުލައިގެންދާ މައްސަލައަކީ 2019 ވަނަ އަހަރުން ފެށިގެން އެކި ގޮތްގޮތަށް ހައްލުކުރުމަށް މަސައްކަތް ކުރާ މައްސަލައެއް 

  • އެގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާކުރާ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަނީ ލިޔެފައި

  • އެ ބަދަލާ އެކު ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖައާކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަންޖެހޭ ހާލަތު ބަދަލުވޭތޯ ބަލައި ގަވާއިދުން މިހާރު ވެސް މުރާޖައާ ކުރަމުންދާ ކަމަށް ޕީޖީން ބުނި

ޕީޖީން ބުނީ ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރަން މަޖިލީހަށް ހުށަހަޅާ އިސްލާހުތަކަށް ގާނޫނީ ހަމަތަކުގެ މަތިން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށެވެ. އަދި ގާނޫނަށް ގެންނަ ބަދަލުތައް ތަންފީޒު ކުރަން ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އެންމެހައި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ޕީޖީން ދިނެވެ.

"ވާނުވާ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ބޭނުންވާ ބައެއް ބަދަލުތަކުގެ ތަސައްވުރެއް އެ އޮފީހުން މިހާރު ވެސް ގެންގުޅެމެވެ،" ލިޔުމުގައިވެ އެވެ. 

ޕީޖީ އޮފީހުން ބުނީ:

  • އެ އޮފީހުގެ ސިޔާސަތަކީ، ޖިނާއީ ކުށުގެ އަމަލުތަކުގައި ޝާމިލުވާ މީހުންނާ މެދު ފިޔަވަޅު އެޅުމުގައި، މުޖުތަމައުގެ އަމަންމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމުކުރުން 

  • ކުށްކުރުން މަދުކުރުމަށް ދޭ އިސްކަމާއެކު ކުށްވެރިންނަށް ރަނގަޅު މަގު ދައްކައިދީ، އިސްލާހުވުމުގެ ފުރުސަތު ގާނޫނު ތަންދޭ އެންމެ ފުޅާމިނެއްގައި ފަހިކޮށްދިނުން 

ސްޕެޝިއަލް އެންވޯއީ އައްބާސް ފާއިޒް އަދި ޕީޖީ ހުސެއިން ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން(ފޮޓޯ/ދައުރު)

ގުޅުންހުރި - ކްރިމިނަލް ކޯޓު މިހާރު ހިންގަނީ ލޯކަލް މާރުކޭޓުގެ ފުރަގަހުން ކަހަލަ ގޮތަކަށް ހުންނަ ހަތަރު ބުރީގެ (ކުރީގެ އެސްޓީއޯ) އިމާރާތުގަ އެވެ. އެއީ ހަލާކުވެ، ބާވެފައިވާ ތަނަކަށް ވުމުން، އެ އިމާރާތް ބޭނުންކުރުން ހުއްޓާލުމަށާއި ކްރިމިނަލް ކޯޓަށް ހާއްސަ އިމާރާތެއް ހުޅުމާލޭގައި އިމާރާތްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ އަހަރުގެ ފެބްރުއަރީގައި ވަނީ ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް