ރައީސް މުހައްމަދު މުއިއްޒު އާއި ވަޒީރުން ކެބިނެޓުގެ ބައްދަލުވުމެއްގައި (ފޮޓޯ/ރައީސް އޮފީސް)

ރިޔާސީ ބަޔާން

ސިޔާސީ މަގާމުތަކަށް ހާއްސަ ހާލަތެއްގައި ނޫނީ ދެން މީހުން އައްޔަން ނުކުރާނެ: ރައީސް

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރައްވާނެ ކަމަށް ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ވައުދުވެ ވަޑައިގެންފައި

ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހާއްސަ ހާލަތްތަކުގައި ނޫނީ ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ނުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިހެން ވިދާޅުވީ މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

އެނގުން މުހިއްމު - ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު700 އަށް ވުރެ ގިނަ ނުކުރައްވާނެ ކަމަށް ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ވައުދުވެ ވަޑައިގެންފަ އެވެ.

ތަފްސީލް - ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ، ސަރުކާރުގެ ރޭވުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓިނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުމަށް ސިޔާސަތުތަކެއް އެކަށައެޅުން ކަމަށެވެ.

"މިއީ ގައުމުގެ އިގްތިސޯދީ އަދި މާލީ މުސްތަގުބަލަށް މި ވަގުތު ކޮންމެހެން ކުރަން ޖެހޭކަމެއް ކަމުގައި ދެކެން،" ރައީސް ވިދާޅުވި އެވެ.

"ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވާ ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން،" ރައީސް ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ ކަމެއް - މި ސަރުކާރުގެ މިނިސްޓްރީތަކަށް ނައިބު މިނިސްޓަރުންނާއި ސްޓޭޓު މިނިސްޓަރުންގެ އިތުރުން ސިޔާސީ ކޯޑިނޭޓަރުން އައްޔަނު ކުރާ މިންވަރު ގިނަ އެވެ. އެކަމާ އާންމުންގެ ފާޑުކިޔުންތައް އަމާޒު ވެފައިވާއިރުސިޔާސީ މަގާމުތަކުގެ ސީދާ އަދަދެއް އަދި ކަށަވަރެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް