ޕްރައިމަރީގައި ޓިކެޓު ކަށަވަރު ކުރި މެމްބަރުން، (ކއ) މުހައްމަދު ރަޝީދު، ސައުދުﷲ، ޖާބިރު އަދި ނާޝިޒު

އެމްޑީޕީގެ މިހާރުގެ ގިނަ މެމްބަރުން އެ ޕާޓީގެ މަޖިލިސް ޓިކެޓު ކާމިޔާބު ކޮށްފި

އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލި 11 މެމްބަރުންގެ ތެރެއިން 8 މެމްބަރަކު ވަނީ މަޖިލިސް ޓިކެޓު ކާމިޔާބު ކޮށްފައި؛ ތިން މެމްބަރަކަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވަން މިއަދު ބޭއްވި ޕްރައިމަރީގައި ކުރިމަތިލި މިހާރުގެ މަޖިލިސްގެ އަށް މެމްބަރަކު އެ ޕާޓީގެ ޓިކެޓު ކާމިޔާބު ކޮށްފި އެވެ.

ވީ ކިހިނެއް؟ - މިހާރު މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވި އެމްޑީޕީގެ 11 ކެންޑިޑޭޓަކު ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ކުރިމަތިލުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި އެވެ. އެ މެމްބަރުންނަކީ:

  • 1-

    އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އަލިފުށި ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން

  • 2-

      ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް

  • 3-

     ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

  • 4-

     ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮން ބިލެތް)

  • 5-

    ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ

  • 6-

     ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް 

  • 7-

     ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދުﷲ ހުސެއިން

  • 8-

    ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު

  • 9-

    އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް؛ އޭނާ މިފަހަރު ވާދަކުރެއްވީ ފޭދޫ އުތުރު ދާއިރާއަށް، އެ ދާއިރާގެ ޓިކެޓު އޭނާއަށް ލިބިފައެއް ނުވޭ

  • 10-

    މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން

  • 11-

    ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމް

ތަފްސީލް - މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މީގެ ތެރެއިން އަށް މެމްބަރަކަށް ވަނީ، އެ މެމްބަރުންގެ ދާއިރާގެ ޓިކެޓު ކަށަވަރުވެފަ އެވެ. އެ މެމްބަރުންނަކީ:

  • 1-

    އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން - 287 ވޯޓު

  • 2-

    ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު - 252 ވޯޓު

  • 3-

     ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮން ބިލެތް) - 500 ވޯޓު

  • 4-

    ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ - 363 ވޯޓު

  • 5-

    ކިނބިދޫ ދާއިރާގެ މެމްބަރު ނާޝިޒް - 258 ވޯޓު

  • 6-

    ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދުﷲ - 240 ވޯޓު

  • 7-

     ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު - 241 ވޯޓު

  • 8-

     މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން - 225 ވޯޓު

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ޓިކެޓު ކަށަވަރު ނުވި މެމްބަރުން(ކއ)؛ ރޮޒައިނާ، ގާސިމް، ޝަރީފް

ދެން މި ޕްރައިމަރީގައި ކުރިމަތިލެއްވި މެމްބަރު ހުސެއިން، ރޮޒައިނާ، އަދި އިބްރާހިމް ޝަރީފަށް ޓިކެޓު ކާމިޔާބު ވެފައެެއް ނުވެ އެވެ. 

މި ދާއިރާތަކުން ޓިކެޓު ކާމިޔާބު ކޮށްފައިވަނީ:

  • ކެލާ ދާއިރާ - އަހްމަދު ގާލިބު 165 ވޯޓުން؛ ނާކާމިޔާބު ވެވަޑައިގެން މިހާރުގެ މެމްބަރު ޝަރީފަށް ލިިބިވަޑައިގަތީ 140 ވޯޓު

  • ފޭދޫ ދާއިރާ - އަހްމަދު ޝަރީފް 251 ވޯޓުން؛ ނާކާމިޔާބު ވެވަަޑައިގެން ރޮޒެއިނާއަށް ލިބިވަޑައިގަތީ 221 ވޯޓު

  • ކެޔޮދޫ ދާއިރާ - މުހައްމަދު ނިއުޝާދު 113 ވޯޓުން؛ ނާކާމިޔާބު ވެވަޑައިގެން މިހާރުގެ މެމްބަރު ހުސެއިންއަށް ލިބިވަޑައިގެންނެވީ 106 ވޯޓު

އިތުރު އާޓިކަލް

އިތުރު އާޓިކަލް