ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރުވި ޔާސިރު (ކ)، އިފްހާމް އަދި ވަހީދު (ވ)

ޔާސިރާއި ވަހީދު އަދި އިފްހާމްއަށް އެމްޑީޕީ ޓިކެޓް ކަށަވަރުވެއްޖެ

މިއާއެކު 48 ދާއިރާއެއްގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ވަނީ ކަށަވަރުވެފައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ މިހާރުގެ މަޖިލިސް ދެ މެންބަރުން ކަމުގައިވާ ކުޅުދުއްފުށި އުތުރު ދާއިރާގެ ޔާސިރު އަބްދުލް ލަތީފް އާއި ދިއްދޫ ދާއިރާގެ އަބްދުﷲ ވަހީދަށް، އެ ދެ ދާއިރާއަށް ވާދަ ކުރުމަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރުވެއްޖެ އެވެ.

އޭގެ އިތުރުން، މާފަންނު އުތުރު ދާއިރާއަށް ވާދަ ކުރައްވާ ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސައިންއަށް ވެސް ޓިކެޓް ވަނީ ކަށަވަރުވެފަ އެވެ.

ވީ ކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް މިހާރު ފަހުގެ ތައްޔާރީތައް ވަމުންދާއިރު، އެ ތިން ދާއިރާގެ ޓިކެޓްގައި ފަހު ވަގުތު އެ ތިން ބޭފުޅުންނަށް ކަށަވަރުވީ، އެ ދާއިރާއަށް ކުރިމަތިލެއްވި ބޭފުޅުން ނަން އަނބުރާ ނެގުމުންެވެ. އެކަން އެމްޑީޕީގެ އޮފިޝަލަކު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.

ތަފްސީލު - އެމްޑީޕީން މިދިޔަ މަހު 14 ކުރި އިއުލާންގައިވާ ގޮތުން:

  • މަޖިލީހުގެ 93 ދާއިރާގެ ތެރެއިން ޕްރައިމަރީ ބާއްވަނީ 43 ދާއިރާގައި 

  • ނަމަވެސް މިހާރު އެ ޕާޓީން ހޮނިހިރު ދުވަހުގެ އިންތިހާބަށް ވޯޓާސް ލިސްޓު ނެރެފައިވަނީ 41 ދާއިރާއަށް

  • އޭގެ ތެރޭގައި ވަހީދު ކުރިމަތިލެއްވި ދިއްދޫ ދާއިރާ އާއި އިފްހާމް ކުރިމަތިލެއްވި މާފަންނު އިތުރު ދާއިރާ ނުހިމެނޭ

  • ކުޅުދުއްފުށި އުތުރު ދާއިރާގެ ޓިކެޓް ޔާސިރަށް ކަށަވަރުވީ ވޯޓާސް ލިސްޓުވެސް ނެރުނު ފަހުން

އެހެން ކަމުން ހޮނިހިރު ދުވަހުގެ އެމްޑީޕީން ޕްރައިމަރީ ބާއްވަނީ ޖުމްލަ 40 ދާއިރާއަށެވެ. 

މީގެ ކުރިން އެމްޑީޕީން އިއުލާންކޮށްފައިވާ ގޮތުން 45 ދާއިރާއެއްގެ ޓިކެޓް ވަނީ ކަށަވަރުވެފަ އެވެ. އެ ދާއިރާތަކުގައިވެސް ޓިކެޓް ކަށަވަރުވެފައި ވަނީ އެންމެ ކެންޑިޑޭޓަކު ކުރިމަތިލުމުގެ ސަބަބުން އަދި ބައެއް ކެންޑިޑިޑޭޓުންނާ މަޝްވަރާކުރުމަށް ފަހު، އެ ކެންޑިޑޭޓުން ނަންތައް ނެގުމުންނެވެ.

އެހެން ކަމުން ޖުމްލަ 48 ދާއިރާއެގެ ޕްރައިމަރީ ނެތި، ޓިކެޓް މިހާރު އެވަނީ ކަށަވަރުވެފަ އެވެ. އަދިވެސް ފަސް ދާއިރާއެއްގެ ޕްރައިމަރީއަކަށް އެޕާޓީން އިއުލާން ނުކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 1-

    އޭދަފުށި ދާއިރާ

  • 2-

    ފެލިދޫ ދާއިރާ

  • 3-

    ނިލަންދޫ ދާއިރާ

  • 4-

    ތިމަރަފުށި ދާއިރާ

  • 5-

    ފުވައްމުލަކު އުތުރު ދާއިރާ

އެ ދާއިރާތަކަށް ކެންޑިޑޭޓުން ނެރުމާ ގުޅޭ ގޮތުން އެ ޕާޓީގެ ބަހެއް އަދި ނުލިބެ އެވެ.

ކޮމެންޓް (1)

ހޯ ހޯ ބިގޭ

2 ފެބްރުއަރީ 2024
ކުދިންނޭވެ. ހޮވުނީމަ ބަލާދެއްޗޭ ސޯލިހު ސަރުކާރުން ވެންޓިލޭޓަރު ތަކަށް ހެދިގޮތެއް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް