އަލީ ވަހީދު، އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ދުވަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު. (ފައިލް ފޮޓޯ)

އަލީ ވަހީދު

ކުލުދުއްފުށި ދެކުނުގެ އެމްޑީޕީ ޓިކެޓު އަލީ ވަހީދަށް

އަލީ ވަހީދަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފުރަތަމަ ޓޫރިޒަމް މިނިސްޓަރު. އޭނާ ވަނީ ހަތް އަހަރަށް ފަހު މިދިޔަ ޑިސެމްބަރު މަހު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައި
3 ފެބްރުއަރީ 2024

ކުރީގެ މެމްބަރު އަދި މިދިޔަ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓު ތަފާތު ބޮޑުކޮށް ކާމިޔާބުކުރައްވައިފި އެވެ.

ތަފްސީލު - އެމްޑީޕީގެ ޕްރައިމަރީ ވޯޓުލުން ކުރިއަށްދިޔައީ މިއަދު ހެނދުނު 9އިން ހަވީރު 5އަށެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މާލެ އާއި ކުޅުދުއްފުށީގައި ބެހެއްޓި ފޮށި ވެސް ކާމިޔާބުކުރެއްވީ އަލީ ވަހީދެވެ. އެގޮތުން:

ކުޅުދުއްފުށީގައި ބެހެއްޓި ފޮށި

  • އިބްރާހިމް ރަމީޒު - 23

  • އަހްމަދު އާތިފް - 103

  • އަލީ ވަހީދު - 210

މާލޭގައި ބެހެއްޓި ފޮށި

  • އިބްރާހިމް ރަމީޒު - 7

  • އަހްމަދު އާތިފް - 9

  • އަލީ ވަހީދު - 35

ޖުމްލަ

  • އިބްރާހިމް ރަމީޒު - 30

  • އަހްމަދު އާތިފް - 112

  • އަލީ ވަހީދު - 245

އެނގުން މުހިންމު - އަލީ ވަހީދަކީ ނިމިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރެވެ. އޭނާ އެ މަގާމުން ދުރުކުރީ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ، އެ މުވައްޒަފުންގެ ފަރާތުން ސީދާ އޭރުގެ ރައީސަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ. އެ ތުހުމަތުތައް ދޮގުކުރައްވައި އަލީ ވަހީދު ވިދާޅުވާ ގޮތުން ބަޔަކު އޭނާ 'ފްރޭމް' ކުރީ އެވެ.

އެ މައްސަލަ ތަހުގީގުކުރަން ފެށުމާ އެކު، އޭނާ ވަޑައިގެންނެވީ ރާއްޖެއިން ބޭރަށެވެ. އިނގިރޭސިވިލާތުގައި ދެ އަހަރު ހުންނެވުމަށް ފަހު، އެނބުރި ރާއްޖެގެ ވަޑައިގެންނެވީ، އޭނާއަށް ދައުލަތުން ކުރި ދައުވާތައް ހެކި ނެތް ކަމަށް ބުނެ، އަނބުރާ ގެންދިއުމުން، މިދިޔަ ޖުލައިގަ އެވެ.  

މިނިސްޓަރު ކަމުގައި އަލީ ހުންނެވީ އެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި، އެ ޕާޓީގެ މެމްބަރެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް ހަތް އަހަރަށް ފަހު އަލީ ވަނީ މިދިޔަ ޑިސެމްބަރުގައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އަލީ ވަނީ މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާާމު ވެސް ފުރުއްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް