ބައެއް ވަޒީރުންނަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ނިންމުމުން ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުންނާއި އާންމު މެމްބަރުން މަޖިލިސް ސަރަހައްދުގައި މުޒާހަރާ ކުރަނީ. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

މިއީ ސޯލިހު އަޑީގައި ހުންނަވައިގެން ކުރާ ކަމެއް: އަބްދުއްރަހީމް

ވަޒީރުންނަށް ރުހުން ނުދިނުމަކީ، އޭނާ ސިފަކުރެއްވި ގޮތުގައި، "ތާކުންތާކު ނުޖެހޭ، ޒިންމާދާރުކަން ކުޑަ" ކަމެއް

ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ބައެއް މެމްބަރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީން ކުރަމުންދާ މަސައްކަތަކީ ސީދާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޑީގައި ހުންނަވައިގެން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު މެންދުރު 1:30ގައި ވަޒީރުންގެ ރުހުމުގެ ވޯޓު ނަގަން ހަމަޖައްސާފައިވީ ނަމަވެސް، އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާ އެކު، ވެރިކަން ކުރާ ޕާޓީން ވަނީ ޖަލްސާ ހުއްޓުވާފަ އެވެ. އެގޮތުން:

  • އިދިކޮޅު މެމްބަރުންނަށް ތަޅުމަށް ނުވަދެވޭ ގޮތަށް ދޮރުތައް އެތެރެއިން ތަޅުލާފައިވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވޭ 

  • ޕީޕީއެމް-ޕީއެންސީގެ މެމްބަރުން ގެންދަވަނީ ތަޅުމުގައި އިހުތިޖާޖު ކުރައްވަމުން

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ނިންމުމުން ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުންނާއި އާންމު މެމްބަރުން މަޖިލިސް ސަރަހައްދުގައި މުޒާހަރާ ކުރަނީ. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ވެރިކަން ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ވެސް މަޖިލިސް އިދާރާ ކައިރީގައި މި ވަގުތު ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ބުނީ ކީކޭ؟ - މަޖިލިސް އިދާރާ ކައިރީގައި ހުންނަވައި މީޑިއާއާ ވާހަކަދައްކަވަމުން، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅުން ކުރަމުންދާ މަސައްކަތަކީ ވަރަށް "ތާކުންތާކު ނުޖެހޭ، ޒިންމާދާރުކަން ކުޑަ" ކަމެކެވެ.

"މިއަށް ވުރެ ގޮތެއް ފޮތެއް ނެތް ކަމެއް ނޯންނާނެ ބަޔަކު ކުރާކަށް. މީގެ އަޑީގައި މި ހުރީ ހަމަ ކަނޑައެޅިގެން އިބްރާހިމް މުހައްމަދު ސޯލިހު،" އޭނާ ތުހުމަތު ކުރެއްވި އެވެ.

"އިބްރާހިމް މުހައްމަދު ސޯލިހު އަޑީގައި ހުރެގެން މިކަން ކުރިޔަސް މިއީކީ އެ މީހުންނަށް ދެމެހެއްޓެނިވި ކަމަކަށް ނުވާނެ. ތިން ހަތަރު މަސް ފަހުން މި އަންނަނީ އާ މަޖިލިސް. އިރާދަކުރެއްވިއްޔާ މި އަންނަ ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަގުލަބިއްޔަތު، ސުޕަމެޖޯރިޓީ، ރައީސް މުއިއްޒުގެ ސަރުކާރުން ނަންގަވާނެ."

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ނިންމުމުން ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުންނާއި އާންމު މެމްބަރުން މަޖިލިސް ސަރަހައްދުގައި މުޒާހަރާ ކުރަނީ. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

މަޖިލިސް ބަދަލުވުމާ އެކު، "ދެން އެ ބޭފުޅުންގެ [އިދިކޮޅު މެމްބަރުންގެ] ބޭނުމެއް ނޯންނާނެ" ކަމަށާއި، ވަޒީރުންނަށް ރުހުން ދިނުން ހުއްޓުވޭނެ އެއްވެސް ގޮތެއް ވެސް ނޯންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެނގުން މުހިއްމު - އެމްޑީޕީން މިއަދު މަޖިލިސް ކުރާ ގޭގައި ބޭއްވި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި، މިނިސްޓަރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް ވަކިވަކިން ނެގި ވޯޓުގައި، ރުހުން ނުދިނުމަށް ނިންމާފައި ވަނީ:

  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

  • ބަންޑާރަ ނައިބު އަހުމަދު އުޝާމް

  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު

ގުޅުން ހުރި ކަމެއް - އެމްޑީޕީއާ އެކު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާ ޑިމޮކްރެޓްސް އިން ވެސް ވަނީ ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމާފަ އެވެ. އެ ޕާޓީން ރުހުން ނުދޭން ނިންމި ހަތަރު ވަޒީރުންނަކީ:

  • ފޮރިން މިނިސްޓަރު މޫސާ ޒަމީރު

  • ބަންޑާރަ ނައިބު އުޝާމް

  • އިސްލާމިކް މިނިސްޓަރު ޝަހީމް

  • ހައުސިން މިނިސްޓަރު 

ކޮމެންޓް (4)

ސިކުނޑި

29 ޖެނުއަރީ 2024
ސޯލިހަށްވުރެ އަޑީގައި އެހެން މީހަކުވެސް ހުރިކަމަށްބެލެވޭ!
2 0

ފޮނަދޫ

28 ޖެނުއަރީ 2024
ފުރަތަމަ ހައްޔަރުކުރޭ އަދުރޭ
5 0

ކޮސް

29 ޖެނުއަރީ 2024
@ފޮނަދޫ ޑެންޓަލް މޭންގެ ބައްޕަ ޖެންޓަލްމޭން މަޑުން ހުންނަވާ.
0 0

ސުލް

28 ޖެނުއަރީ 2024
ބަލަ ސޯލިހު ތަ މިހާރު ވެރިކަމުގާ އެހަރީ؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް