ޑިމޮކްރެޓްސްއިން ރުހުން ނުދޭން ނިންމި ވަޒީރުން (ކ-ވ): ޒަމީރު، އުޝާމް، ޝަހީމް އަދި ހައިދަރު.

ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓްސްއިން ރުހުން ނުދޭން ނިންމީ ޒަމީރު، އުޝާމް، ޝަހީމް އަދި ހައިދަރަށް

މިއަދު މެންދުރު 1:30ގައި ވަޒީރުންގެ ރުހުމުގެ ވޯޓު ނަގާއިރު އެމްޑީޕީން ވެސް ގެންދަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވަމުން
28 ޖެނުއަރީ 2024
1

މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން ހަތަރު ވަޒީރަކަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސްއިން ނިންމައިފި އެވެ. 

ވީ ކިހިނެއް؟ - މިއަދު ބޭއްވި ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމުން ރުހުން ނުދޭން ނިންމާފައި ވަނީ: 

  • 1-

    ފޮރިން މިނިސްޓަރު މޫސާ ޒަމީރު

  • 2-

    ބަންޑާރަ ނައިބު އަހުމަދު އުޝާމް

  • 3-

    އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

  • 4-

    ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު

ތަފްސީލް - އެ ބޭފުޅުންނަށް ރުހުން ނުދޭން ނިންމި ސަބަބެއް ކަމަށް އެ ޕާޓީގެ ބައެއް އޮފިޝަލުން ވިދާޅުވީ އެ ވަޒީރުންގެ ދާއިރާތަކުން ގެންގުޅޭ ސިޔާސަތުތަކާ މެދު ފާހަގަވެފައިވާ މައްސަލަތަކެއް ހުރުމުން އެ ބޭފުޅުން ވަޒީރުކަމަށް ލުމަކީ ރަނގަޅު ކަމެއް ކަމަށް ނުފެންނާތީ އެވެ.

ގުޅުންހުރި - މިއަދު މެންދުރު 1:30ގައި ވަޒީރުންގެ ރުހުމުގެ ވޯޓު ނަގާއިރު އެމްޑީޕީން ވެސް ގެންދަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވަމުންނެވެ. އެހެންކަމުން، ރައީސް މުއިއްޒުގެ ހުރިހާ ވަޒީރުންނަށް މަޖިލީހުގެ ރުހުން ލިބުމަކީ ނާދިރު ކަމެކެވެ. 

  • ޑިމޮކްރެސްޓްގެ މެންބަރުންގެ އަދަދަކީ - 13 

  • އެމްޑީޕީގެ މެންބަރުންގެ އަދަދަކީ - 44

  • ޖުމްލަ - 57

ކޮމެންޓް (1)

މާމޮޅޭ

28 ޖެނުއަރީ 2024
މަމޮޅޭ އަށް ރުހުންދޭނެ ކަމެއްނެއް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް