ރުހުން ނުދޭން އެމްޑީޕީން ނިންމި ވަޒީރުން (ކ-ވ): ސައީދު، އުޝާމް، ޝަހީމް އަދި ހައިދަރު.

އެމްޑީޕީ

އެމްޑީޕީން ނިންމީ ސައީދު، އުޝާމް، ޝަހީމް، ހައިދަރަށް ރުހުން ނުދޭން

މިއަދު މެންދުރު 1:30ގައި ވަޒީރުންގެ ރުހުމުގެ ވޯޓު ނަގާއިރު، އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމި ނިންމުމުގައި ތިން ވަޒީރެއްގެ ނަން އެއްގޮތްވުމުން، އެ ތިން ބޭފުޅުންނަށް ރުހުން ނުލިބޭނެ ކަމަށް ބެލެވޭ
28 ޖެނުއަރީ 2024

މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންގެ ތެރެއިން ހަތަރު ބޭފުޅަކަށް ރުހުން ނުދޭން، މައި އިދިކޮޅު ޕާޓީ ކަމަށްވާ އެމްޑީޕީން ވެސް ދެންމެއަކު ނިންމައިފި އެވެ. 

ވީ ކިހިނެއް؟ - އެމްޑީޕީން މަޖިލިސް ކުރާ ގޭގައި ބޭއްވި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި، މިނިސްޓަރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް ވަކިވަކިން ނެގި ވޯޓުގައި، ރުހުން ނުދިނުމަށް ނިންމާފައި ވަނީ:

  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

  • ބަންޑާރަ ނައިބު އަހުމަދު އުޝާމް

  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު

އެކަން، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.

ގުޅުން ހުރި ކަމެއް - އެމްޑީޕީއާ އެކު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާ ޑިމޮކްރެޓްސް އިން ވެސް ވަނީ ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމާފަ އެވެ. އެ ޕާޓީން ރުހުން ނުދޭން ނިންމި ހަތަރު ވަޒީރުންނަކީ:

  • ފޮރިން މިނިސްޓަރު މޫސާ ޒަމީރު

  • ބަންޑާރަ ނައިބު އުޝާމް

  • އިސްލާމިކް މިނިސްޓަރު ޝަހީމް

  • ހައުސިން މިނިސްޓަރު ހައިދަރު

އެނގުން މުހިންމު - މިއަދު މެންދުރު 1:30ގައި ވަޒީރުންގެ ރުހުމުގެ ވޯޓު ނަގާއިރު، އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމި ނިންމުމުގައި ތިން ވަޒީރެއްގެ ނަން އެއްގޮތްވުމުން، އެ ތިން ބޭފުޅުންނަށް ރުހުން ނުލިބޭނެ ކަމަށް ބެލެވެ އެވެ. އެގޮތުން:

  • ޑިމޮކްރެސްޓްގެ މެންބަރުންގެ އަދަދަކީ - 13 

  • އެމްޑީޕީގެ މެންބަރުންގެ އަދަދަކީ - 44

  • ޖުމްލަ - 57

އިތުރު އާޓިކަލް

އިތުރު އާޓިކަލް