ތުރުކީއަށް އަދި ކޮޕް28 ސަމިޓަށް ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގެން ރައީސް މުއިއްޒު އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ރަސްމާލެ އާއި މާލެ ގުޅާލާނީ ކަނޑުއަޑީގެ ޓަނަލަކުން
ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ އާއި މާލެ ގުޅާލާނީ ކަނޑުއަޑީގެ ޓަނަލް އަކުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ވިދާޅުވީ އެ ޓަނަލް ވާނީ ދުނިޔޭގައި ވެސް ގާއިމް ކުރާ މިފަދަ ފުރަތަމަ ޓަނަލަށް ކަމަށެވެ.
ވީ ކިހިނެއް؟ - މާލެ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި މޭޔަރާއި ކައުންސިލަރުން ހުވާކުރެއްވުމަށް މިރޭ ބޭއްވި ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ މާލެ އާއި ރަސްމާލެ ގުޅުވާލުމަށް ގެންގުޅުއްވާ ޕްލޭން އިއުލާނު ކުރައްވައިފަ އެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ މާލެ އާއި ރަސްމާލެ ގުޅުވާލުމަށް އިނޮވޭޓިވް މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި އެކަމަށް ގާބިލު ކުންފުނިތަކާ އެކު މަޝްވަރާ ފަށާފައިވާ ކަމަށެވެ.
"މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް [އިރާދަކުރެއްވިއްޔާ] ގާއިމް ކުރެވޭ، އަންޑަވޯޓާ ޓަނަލް މާލޭން ރަސްމާލެއަށް ގުޅުވާލުމުގެ މަސައްކަތް. އެ ޓަނަލް ވެގެން ދާނީ، އެ ޓަނަލުގައި ދުއްވާ ޓްރެއިން [ރޭލު] ގައި ދާއިރުގައި ކަނޑުއަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ޓަނަލް އަކަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތް ކުރުމަށް ކަމުގެ ގާބިލްކަން ހުރި ކުންފުނިތަކާ އެކު ފީސިބިލިޓީގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް. މިއީ ރާއްޖެއަށް ޓުއަރިސްޓުން އެތައް ގުނައަކަށް އިތުުރުވާނެ މަޝްރޫއެއް،" ރައީސް ވިދާޅުވީ އެ މަނިކުފާނު ކުރައްވާނީ ދެކޮޅު ޖެހޭ މަސައްކަތްތައް ކަމަށެވެ.
"އިރާދަކުރެއްވިޔާ ލިންކު ކުރެވިފައި އޮންނަ، ގުޅިފައިވާ ތަންތަނުގައި މާލެ ސަރަހައްދުގައި ވެސް މީހުން ދިރިއުޅޭނީ."
ގުޅުން ހުރި - ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސް މާލެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
މާލެއިން ފުރައިގެން 17 ވަރަކަށް މިނެޓުން ދެވޭ ކ. ގުޅީ ކައިރީގައި އޮންނަ ފުށިދިއްގަރުފަޅު ހިއްކަން ފެށީ 8 މަސް ތެރޭ ނިންމާގޮތަށެވެ.
'ރަސްމާލެ' ގެ ނަމުގައި އެތަން ތަރައްގީ ކުރަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިކަން ލިބޭ ގޮތަށް އަރިމައްޗަށް ދެ މީޓަރު އަދި މެދަށް 3 މީޓަރު އުސްކޮށްކަމަށާއި އެއީ ޒީރޯ ކާބަން ސަހަރަކަށް ހައްދަވާނޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އެތަނުގައި އަސާސީ ހިދުމަތްތައް ގާއިމް ކުރަން ޗައިނާގެ ކުންފުންޏަކާއެކު ވަނީ ސޮއިކޮށްފައެވެ.
ކޮމެންޓް (1)
ތެފައާސާ.