އދ. ދިގުރަށް. ވިހެއުމަށްފަހު އެއްލާލާފައި އޮތް ކުޑަކުއްޖެއް އެރަށު ކުނިގޮނޑުން ވަނީ ފެނިފައި

އދ. ދިގުރަށް

ދިގުރަށު ކުނިގޮނޑުން ފެނުނު ކުއްޖާގެ މަންމައަށް ދައުވާކޮށްފި

ސްރީ ލަންކާއަށް ނިސްބަތްވާ އެ އަންހެން މީހާ ހުރީ ޝަރީއަތް ނިމެންދެން ބަންދުގައި؛ އޭނާގެ މައްޗަށް 3 ދައުވާއެއް ކޮށްދިނުމަށް ކްރިމިނަލް ކޯޓަށް ވަނީ ފޮޮނުވާފައި

އދ. ދިގުރަށުގައި ކުއްޖަކު ވިހެއަކުމަށް ފަހު ކޮތަޅަކަށް ލާފައި ކުނިގޮނޑަށް އެއްލާލި ސްރީ ލަންކާގެ އަންހެން މީހާގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް އިއްޔެ ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހުގެ 3 ވަނަ ދުވަހު ހެނދުނު، ދިގުރަށު ކުނިގޮނޑަށް ކޮތަޅަކަށް ލާފައި އެއްލާލާފައިވާ ކުއްޖަކު ވަނީ ފެނިފަ އެވެ. ކުއްޖާގެ މަންމަ، ހިރަންޏާ ކުމުދުމާލި ޑި އަލްވިސް ހައްޔަރުކޮށްފައިވަނީ ލަންކާއަށް ފުރަން އެއާޕޯޓަށް ގޮސް ހުއްޓަ އެވެ. އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވާއިރު، ޕީޖީން އޭނާގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވީ އިއްޔެ އެވެ.

ތަފްސީލް - ޕީޖީން ވަނީ ހިރަންޏާގެ މައްޗަށް ތިން ދައުވާއެއް ކޮށްދިނުމަށް އެދިފަ އެވެ.

  • އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ؛ މި ކުުށުގެ އަދަބަކީ 10 އާއި 25 އަހަރަށް ޖަލަށް ލުން

  • ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ކުށުގެ ދައުވާ؛ މި ކުށުގެ އަދަބަކީ ތިން އަހަރަށް ޖަލަށް ލުން

  •  އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާ؛ މި ކުށުގެ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުން

ހިރަންޏާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ:

  • އޭނާ ބަލިވެ އިންކަން ސިއްރުކޮށްގެން އުޅުމަށް ފަހު ކުއްޖާ ވިހެއީ 1 ޑިސެމްބަރު ވަނަ ދުވަހުގެ ރޭ 10 އާއި 3 ޑިސެމްބަރު ވަނަ ދުވަހުގެ ހެނދުނު 5އާ ދެމެދުގެ ވަގުތެއްގައި 

  • އޭނާ ވިހެއީ ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުރި ފާހާނައިގެ ތެރޭގައި ފާހާނާތަށި ތެރެއަށް

ކުއްޖާ ވިހެއުމަށް ފަހު، ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، ދިގުރަށު ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު އެއްލާލައި ކުއްޖާގެ ފުރާނައަށް ގެއްލުންވާނެހެން ކުއްޖާއާ މެދު އަމަލުކޮށް، ކުއްޖާ މަރާލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން، ހިރަންޏާ ބަލިވެއިނީއްސުރެ، ކުއްޖާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށާއި އެފަދަ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ބަލިވެއިންކަން ސިއްރުކޮށް، ވިހަން އުޅޭކަން އެނގުމުން ހޮސްޕިޓަލަށް ނުގޮސް، ވިހެއުމަށް ސިއްހީ ފަރުވާ ލިބޭ ތަނަކަށް ދިއުމުގެ މަގު ފަހިވެފައިވަނިކޮށް އެ ފުރުސަތުގެ ބޭނުން ކޮށްފައި ނުވާ ކަމަށް ވެސް ޕީީޖީން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް