އދ. ދިގުރަށް: ވިހެއުމަށްފަހު އެއްލާލާފައި އޮތް ކުޑަކުއްޖެއް އެރަށު ކުނިގޮނޑުން ވަނީ ފެނިފައި

އދ. ދިގުރަށް

ކުނިގޮނޑަށް ކުއްޖާ އެއްލާލުމަށް ފަހު އަންހެންމީހާ ފުރީ މާލެއަށް

ދިގުރަށު ގެސްޓްހައުސްއެއްގައި މަސައްކަތް ކުރާ އެ އަންހެންމީހާ ބަނޑުބޮޑުކަން، އޭނާއާ އެކު މަސައްކަތް ކުރާ މީހުންނަށް ވެސް ނޭނގޭ ކަމަށްވޭ

އދ. ދިގުރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުޑަކުއްޖާ ރޭ ވިހެއުމަށް ފަހު، އަންމީހާ މިއަދު ހެނދުނު ފުރައިގެން އައީ މާލެކަން އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެ ރަށު ކުނިގޮނޑުން ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފެށީ މިއަދު ހެނދުނު 11:20 ހާއިރު އެވެ.

އެނގުން މުހިއްމު - އެނގިފައިވާ ގޮތުގައި، އެ މައްސަލައާ ގުޅިގެން 30 އަހަރުގެ ސްރީ ލަންކާ އަންހެނަކު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެ އަންހެން މީހާ ހިފެހެއްޓީ، މިއަދު ހަވީރު ފްލައިޓުން ލަންކާއަށް ފުރަން ގޮސް ހުއްޓަ އެވެ. އަންހެންމީހާ ހައްޔަރުކުރިކަން ފުލުހުން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

ތަފްސީލް -  ދިގުރަށުން ވާހަކަ ދެއްކި މީހަކު ބުނީ، ކުޑަކުއްޖާ ފެނުނީ އެ ރަށު ގެސްޓްހައުސްތަކުން އުކާލި ކުނިތަކެއްގެ ތެރެއިން ކަމަށެވެ. ކުއްޖާ އެއްލާލާފައި އޮތީ ތިން ކޮތަޅަށް ލާފައި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ، ގެސްޓްހައުސްއެއްގައި މަސައްކަތް ކުރާ އެ އަންހެންމީހާ ބަނޑުބޮޑުކަން، އޭނާ މަސައްކަތް ކުރާ ގެސްޓުހައުސްގެ މީހުންނަށް ވެސް ނޭނގޭ ކަމަށެވެ.

"އޭނަ އުޅެނީ ވަރަށް ދޫ އެއްޗެހި ލައިގެން. އުޅޭ އުޅުމުން އެކަހަލަ ކަމެއް ފާހަގައެއް ނުވޭ،" އޭނާ ބުންޏެވެ.

ކުޑަކުއްޖާ ބެލި ޑޮކްޓަރާ ހަވަލާދީ އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ، ކުއްޖާ އެއްލާލީ ވިހޭތާ ގަޑިއެއްގެ އިރު ވެސް ނުވަނީސް ކަމަށެވެ.

"ދުވަސް ފުރާ ވިހާފައި އޮތީ. ގާތްގަނޑަކަށް 3.5 ކިލޯ ހުންނާނެ ކަމަށް ލަފާކުރެވެނީ،" އެ ކުއްޖާ ފެނުނު މީހަކު ބުންޏެވެ.

ކުއްޖާ ފެނުނު ކުނިކޮށި ހުންނަނީ، ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގަ އެވެ. 

ކޮމެންޓް (1)

މުޖުތާޒު

3 ޑިސެމްބަރު 2023
މިއަންހެން މީހާޔައްދިވެހިރާއްޖޭގަ ދެވެންއޮންނަ އެންމެ މަތީއަދަބުދިނުމަށްގޮވާލަން އޭނަގެބަޑުއަޅާވިހޭދަރި އެފަދަ ރަހުމްކުޑަގޮތަކަށް މަރާލީ ރާއްޖޭގަ އެހެންވީމަ ރާއްޖޭގެ ގާނޫނުގަ ދެވެންއޮންނަ އެންމެހަރުކަށި އަދަބުދޭންޖެހޭނެ
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް