އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ (ފޮޓޯ/އާރުޑީސީ)

އަމީނީމަގު

އަމީނީމަގުގައި ތާރު އަޅައި ނިންމާލައިފި

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމަށް ކުރީ ސަރުކާރިގައި ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރި މަސައްކަތުގެ ތެރެއިން އެ މަގުގައި އެއްކޮށް ތާރު އަޅައި ނިންމާލައިފި އެވެ.

ވީ ކިހިނެއް؟ - 13 ސެގްމެންޓަކަށް ބަހާލައިގެން އަމީނީމަގު ހެދުމުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރު އެވެ.

ތަފްސީލް - މަސައްކަތް ދިގުލައިގެން ގޮސް، ނިންމަން ދިން ތާރީހު ފަހަނަ އަޅައި، މުއްދަތު އިތުރުކޮށްފައިވާ އެ މަޝްރޫއުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އޮތީ މަޑުޖެހިފަ އެވެ.

މަސައްކަތް އަލުން ފެށީ މިދިޔަ މަހުގެ 9 ގައެވެ. އެ މަސައްކަތް ކުރާ އާރުޑީސީ އިން މިއަދު ބުނީ އަމީނީމަގުގައި ތާރުއަޅާ އެއްކޮށް ނިމިފައިވާ ކަމަށެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއޫ:

  • މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށް

  • 210 ދުވަހުގެ ތެރޭގައި ނިންމަން އޭރުގެ ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރި މަސައްކަތް ލަސްވެ، މި އަހަރުގެ ސެޕްޓެމްބަރަށް ވެސް ތާރީހެއް ދިން

  • އެ ތާރީހަށް ވެސް މަސައްކަތް ނުނިމި، ފަހުން ބުނީ އެ މަސައްކަތް އާ ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް