ޒިކުރާ މިސްކިތުގެ ތެރެއަށް ބިސްޖަހާފައި ހުރިތަން ފެންނަ ފޮޓޯ އެއް (ފޮޓޯ/އަހުމަދު މުނައްވަރު، ފޭސްބުކް)

ފުލުހުން

މިސްކިތަށް ބިސް ޖެހި މީހާ އަކީ ނަފްސާނީ ބަލި މީހެއް: ޕޮލިސް

މިދިޔަ އަންގާރަ ދުވަހު ޒިކުރާ މިސްކިތަށް ބިސް ޖެހާފައި ހުއްޓާ ފެނުނީ ފަތިސް ވަގުތު، ފުލުހުން ބުނީ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ ކަންތައް ކުރަމުންދާ ކަމަށް

ޒިކުރާ މިސްކިތަށް ކުކުޅު ބިސް ޖެހި މީހާ އަކީ ނަފްސާނީ ބަލި މީހެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އަންގާރަ ދުވަހު ފަތިހު، އެ މިސްކިތުގެ އެތެރެއަށް ބިސް ޖަހާފައި ހުރިތަން ފެންނަ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

ތަފްސީލް - އެކަމާ ގުޅިގެން ސިޓީ ކައުންސިލުން އޭރު ބުނެފައިވަނީ، އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި މައްސަލައާ ގުޅުން ހުރިި ސީސީޓީވީ ފޫޓޭޖު ވެސް ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

ފުލުހުން އޭރު ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ދެނެގަނެވިފައިވާ ކަމަށާއި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ އަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށެވެ.

"ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލާގައި ކުރަންޖެހޭ ކަންކަން ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް