ޝަހީބު މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

މަހެއް ނުވެ ޝަހީބު ތަރުޖަމާނުކަމުން ވަކިކޮށް، ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފި

ޝަހީބު މަގާމު ބަދަލުކުރި ސަބަބެއް އަދި ސާފު ނުވާއިރު، ނޫސްވެރިންގެ ފަރާތުން އޭނާއާ ގުޅޭ ޝަކުވާތައް ރައީސްއާ ހިއްސާކުރި

ރައީސް އޮފީހުގެ ތަރުޖަމާނަކަށް އައްޔަން ކުރިތާ މަސް ދުވަސް ނުވެ، މުހައްމަދު ޝަހީބު އެ މަގާމުން ވަކިކޮށް، ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގެ ވެބްސައިޓުގައި ސަރުކާރު މަގާމުތައް ފެންނަ ޕޭޖްގައި ޝަހީބު މިހާރު ހިމަނާފައި ވަނީ، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.

ތަފްސީލު - ރައީސް އޮފީހުގެ ތަރުޖަމާނަކަށް ވެސް ޝަހީބު ހުންނެވީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.

ޝަހީބު ތަރުޖަމާނަކަށް އައްޔަންކޮށްފައި ވަނީ 13 ޑިސެމްބަރުގަ އެވެ.

ޝޯޝަލް މީޑިއާ ޕެލްޓް ފޯމު، އެކްސްގައި ރައީސް އޮފީހުގެ ތަރުޖަމާނު ބޭނުންކުރުމަށް ހާއްސަކޮށްފައިވާ އައިޑީން ވެސްް ޝަހީބުގެ ނަމާއި ފޮޓޯ މިހާރު ވަނީ އުނިކޮށްފަ އެވެ.

ޝަހީބު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބްރޯޑްކާސްޓިން ކޮމިޝަނުން މީޑީއާތައް ޖޫރިމަނާ ކުރި އިރު، އެ ކޮމިޝަންގެ ރައީސް އަކަށް ހުންނެވި ޝަހީބު ތަރުޖަމާނަކަށް އައްޔަން ކުރުމާ އެކު، ބައެއް ފަރާތްތަކުން ފާޑުކިޔުން ވެސް އަމާޒުވި އެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އޭނާ އަމަލު ކުރައްވާ ގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް ހުއްޓެވެ.

ޝަހީބުގެ މަގާމު ބަދަލުކޮށްފައި މިވަނީ، ނޫސްވެރިންގެ ހުރި ބައެއް ކަންބޮޑުވުންތައް އެ ނޫސްވެރިންގެ ފަރާތުން ރައީސް މުހައްމަދު މުއިއްޒާ ވެސް މިދިޔަ ހަފްތާގައި ހިއްސާކޮށްފައި ވަނިކޮށެވެ.

ކޮމެންޓް (3)

ހަސަނާ

2 ޖެނުއަރީ 2024
އަދިވެސް ވަކިކުރާކަށް ނުކެރުނުދޯ. މީގެ ކުރިން މީހަކު ބަނޑުކޮއްޓި ކަމަށް ބުނެގެން ފޮރިން މިނިސްޓްރީން ވަކިކޮށްފި. މިހާރު އަނެއްކާ ތިވެއްދޭ ހަމަ އެވަރުގެ މީހެއް.
0 0

ނާހިދު އަޙުމަދު

1 ޖެނުއަރީ 2024
ޝަހީބައް ޝަހީބު ފެނުނީމަ ވާންވިއެތިއެވީ، މަޤާމެއް ލިބިގެން ޝަހީބުހުރީި ހިޖުރައޮޅިފައި، ދެންވެސް ހަިތްތިރިވާން ދަސްކުރޭ
2 0

ސޭކުސްތާން

1 ޖެނުއަރީ 2024
ރަންގަލަން މިއޮތީ ރިއްސަ ބަދަލުވެފަ ގެއަށް ފޮނުވާލަންވީމަ ކީއްކުރަން ފޮރިންމިނިސްޓްރީއައް ބަދަލުމިކުރީ، ނޫސްވެރިއަކަށް ވީމަ ބިރުންތޯ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް