ބައިސްކޯފުން އިންތިޒާމްކޮށްގެން 29 އޮކްޓޯބަރު 2022 ގައި ހުޅުމާލެ ދުވާ ޓްރެކްގައި ބޭއްވި ޗަނާޗާ ޝޯ (ދައުރު ފޮޓޯ/އަބްދުﷲ ޔާޝާއު)

ޔޫތު މިނިސްޓްރީ

މޫސުން ގޯސްވެ އާ އަހަރުގެ މިއުޒިކް ޝޯ ފަސްކޮށްފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓު އޮފީހުން ޔެލޯ އެލާޓު ނެރެފައިވާތީ، ދަތުރުފަތުރު ކުރުމުގައި ދިމާވާނެ ދަތިތަކާ ގުޅިގެން ފެސްޓިވަލުގެ ރޭގަނޑުގެ ހަރަކާތް ފަސްކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީ އިން ބުނި

އާ އަހަރު ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީ އިން އިންތިޒާމުކޮށްގެން ބާއްވަން ހަމަޖެއްސި 'ދިވެހިންގެ ރާއްޖެ ފެސްޓިވަލް 2024' މިއުޒިކް ޝޯ މޫސުން ތަންނުދޭތީ ފަސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އާ އަހަރު ފާހަގަ ކުރުމަށް ދިވެހިންނަށް ހާއްސަކޮށްގެން އާދީއްތަ ދުވަހުގެ ހަވީރާއި ރޭގަނޑު ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.

ތަފްސީލް - ޔޫތު މިނިސްޓްރީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އާދީއްތަ ދުވަހު ބާއްވާ ފެސްޓިވަލުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންގެ ޝައުގުވެރިކަން އެބައޮތް ކަމަށެވެ.

ނަމަވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓު އޮފީހުން ޔެލޯ އެލާޓު ނެރެފައިވާތީ، ދަތުރުފަތުރު ކުރުމުގައި ދިމާވާނެ ދަތިތަކާ ގުޅިގެން، ފެސްޓިވަލުގެ ރޭގަނޑުގެ ހަރަކާތް ފަސްކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

  • ރޭގަނޑު ބާއްވަން ނިންމާފައިވަނީ މިއުޒިކް ޝޯއަކާ އެކު ލޭޒާ ޝޯއަކާއި ހަވާ އެރުވުން

  • މިއުޒިކް ޝޯ ކުރިއަށް ގެންދަން ރާވާފައި ވަނީ ދިވެހި ފަންނާނުންނަށް ފުރުސަތު ދީގެން

  • ހަވީރު އޮންނާނީ ކުޑަކުދިންނަށް ހާއްސަ ހަރަކާތެއް

  • މި ހަރަކާތްތައް ރާވާފައިވަނީ ހުޅުމާލޭގައި ކުރިއަށް ގެންދާ ގޮތަށް

މިނިސްޓްރީ އިން ބުނީ މޫސުން ތަންދިންހާ އަވަހަކަށް އެ ހަރަކާތް ބާއްވާނެ ތާރީއެއް އިއުލާނު ކުރާނެ ކަމަށެވެ.

ކޮމެންޓް (1)

ޢައްޒަ

29 ޑިސެމްބަރު 2023
ރައްޔިތުން ބަވަން ފެށީމަ މޫސުން މަތި އެޅުވީ. އެވަރުންވެސް ނުކެރުނު ގައްޒާ އަށްޓަކާ ކެންސަލްކުރީއޭބުނަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް