ފެނަކަ ކުންފުނީގެެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު (ފޮޓޯ/ފެނަކަ)
ފެނަކަ އޮތީ އޮޕަރޭޝަނަށް ވެސް ބުރޫ އަރާ ހާލަތުގައި: މުއާޒު
ރާއްޖޭގެ ގިނަ ރަށްރަށަށް ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ 'ފެނަކަ' ކުންފުނި އޮތީ އޮޕަރޭޝަނަށް ވެސް ބުރޫ އަރާ ހާލަތުގައި ކަމަށް މި ސަރުކާރުން އެ ކުންފުނި ހިންގުން ހަވާލު ކުރެއްވި މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފާހަގަ ކުރެވޭ- ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކައިގެ ދަރަނި އިތުރުވެ، ކުންފުނީގެ މުވައްޒަފުންގެ އަދަދު ބޮޑުތަނުން ވަނީ މަތިވެފަ އެވެ. އެ ކުންފުނީގެ އޮޕަރޭޝަނާ ނުބައްދަލު އަދަދަކަށް މުވައްޒަފުން ތިބި އިރު ގިނަ އަދަދެއްގެ ކޮންޓްރެކްޓް މުވައްޒަފުން، ކޮންޓްރެކްޓުގެ މުއްދަތު ހަމަވެފައި ވެސް ތިއްބެވެ.
ވީ ކިހިނެއް؟ - ފެނަކަ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު ވިދާޅުވީ ކުންފުނީގެ ހާލަތު ދަށަށް ދާން ގިނަ ސަބަބުތަކެއް މެދުވެރިވެފައިވާ ކަމަށާއި އެކަންތައް ރަނގަޅު ކުރަން ރާވާފައިވާ ކަމަށެވެ.
"ކުންފުނީގެ ހާލަތު މިހާރު އޮތްގޮތުން އަޅުގަނޑުމެންގެ އޮޕަރޭޝަން ކަންތައްތަކަށް ވެސް ބުރޫ އަރާ ލެވެލް އެއްގައި ކުންފުނީގެ ހާލަތު މިއަދު މިއޮތީ،" މުއާޒު ވިދާޅުވި އެވެ.
ތަފްސީލް - އޭނާ ވިދާޅުވީ އެންމެ ކަންބޮޑުވަނީ ކުންފުނީގެ ދަރަންޏާ މެދު ކަމަށެވެ.
އެގޮތުން އޭނާ ފާހަގަ ކުރެއްވި ގޮތުގައި ފެނަކައިގެ ދަރަނީގެ ގޮތުގައި ހިމެނެނީ؛
-
ދައްކަން ޖެހޭ ލޯނު 871 މިލިއަން ރުފިޔާ
-
އެހެން ފަރާތްތަކަށް ދައްކަން ޖެހޭ ޕޭޔަބަލްސްގެ ގޮތުގައި3.2 ބިލިއަން ރުފިިޔާ
-
ޖުމްލަ 4.16 ބިލިއަން ރުފިޔާ
ފެނަކައިގެ މުވައްޒަފުންގެ އަދަދު ގިނަކަން ފާހަގަ ކުރައްވައި މުއާޒު ވިދާޅުވީ 2018 ވަނަ އަހަރު ނިމުނު އިރު އެ ކުންފުނީގައި ތިބީ 2،700 ސްޓާފުން ކަމަށް ވިޔަސް، އޭނާ މަގާމާ ހަވާލުވެ ވަޑައިގެންނެވި އިރު ފެނަކައިގެ މުވައްޒަފުންގެ ގޮތުގައި 8،100 މީހުން ތިބި ކަމަށެވެ.
"[މި ކުންފުންޏަކީ]ކުރީގައި 20 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް އެވްރެޖުކޮށް މުސާރަ އަށް ހޭދަކުރި ކުންފުންޏެއް. މިހާރު ހޭދަކުރަން އެބަޖެހޭ އެވްރެޖުކޮށް 74 މިިލިއަން ރުފިޔާ މަހަކަށް." މުއާޒު ވިދާޅުވި އެވެ.
އެންމެ ފަހު މަހު މަހުގެ މުސާރަ ދިނުމަށް ވެސް 79 މިލިއަން ރުފިޔާ ހޭދަކުރަން ޖެހުނު ކަމަށާއި މިއީ 'ގިނަ އަދަދެއްގެ ފައިސާ' ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންޓްރެކްޓު މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކޮށް ދޫކޮށްލަން މަޖުބޫރުވި އެއް ސަބަބަކީ މިއީކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މަޖުބޫރުވާ ސަބަބުތަކަކީ، އެއްކަމަކީ އެ ޕްރޮޖެކްޓުތަކަކީ އެކަށީގެންވާ ގޮތަށް ހިންގަމުންދާ ޕްރޮޖެކްޓަކަށް ނުވާތީ. އަނެއްކަމަކީ ޕޭރޯލް ކުޑަކުރަން އަޅުގަނޑުމެންނަށް ކޮންމެހެން ވެސް މަޖުބޫރު. ޕެޜޯލް ކުޑަނުކޮށް އަޅުގަނޑުމެންނަށް މި ކުންފުނި ކުރިއަކަށް ނުގެންދެވޭނެ،"
މުއާޒު ވިދާޅުވީ ޕޭރޯލް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުން މިހާތަނަށް 5 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށެވެ.
-
ކޮންޓްރެކްޓު މުވައްޒަފުންގެ ގޮތުގައި ތިބި 904 މުވައްޒަފެއްގެ ކޮންޓްރެކްޓު ހަމަވުމުން ކޮންޓްރެކްޓު އާނުކޮށް ވަނީ ދޫކޮށްލާފައި
ކޮމެންޓް (1)
ނިމާލް