މޫސުން ގޯސް ކަނޑުގަދަ ދުވަހެއް (ދައުރު ފައިލް ފޮޓޯ)

މޫސުން

މޫސުން ގޯސްވެ އައްޑޫ އާ ފުވައްމުލަކަށް އާންމުކޮށް ނުނެރޭ އޮރެންޖް އެލާޓް ނެރެފި

މެދުރާއްޖެ ތެރެއަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި، މެޓުން ލަފާކުރަނީ ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސްވާނެ ކަމަށް

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލަކަށާއި އައްޑޫ އަށް އޮރެންޖު އެލާޓު ނެރެފި އެވެ.

ވީ ކިހިނެއް؟ - މޫސުމާ ބެހޭ ގައުމީ އިދާރާ އިން އޮރެންޖު އެލާޓު ނެރެފައިވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވާނެ ކަމަށް ލަފާކުރެވޭތީ އެވެ.

ތަފްސީލު - މެޓުން ވަނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ޔެލޯ އެލާޓު ވެސް ނެރެފަ އެވެ. މި ސަރަހައްދަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ. އެގޮތުން: 

  • މެދުރާއްޖެ ތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 7-4 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނޭ

  • ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވޭ

އެ އިދާރާ އިން ބުނީ މިދިޔަ އާދިއްތަ ދުވަހު އިރުވައިމޫސުން ފެށިފައިވާ ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް 3 ދުވަހު، ހާއްސަކޮށް މެދު ރާއްޖެ ތެރެއަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ބެލެވޭ ކަމަށް ބުންޏެވެ. އެގޮތުން:

  • ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ލަފާކޮށްފައިވޭ

  • ކަނޑުދަތުރުކުރާ ފަރާތްތަކާއި ބްރިޖު/ހައިވޭ އިން ދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރޭ

ކޮމެންޓް (1)

ސީމާ

27 ޑިސެމްބަރު 2023
"މިދިޔަ އާދިއްތަ ދުވަހު އިރުވައިމޫސުން ފެށޭނެ ކަމަށެވެ."😝🤣🤣😂
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް