މުހައްމަދު މޫސާ ބޭސް ފަރުވާއަށް ޕާސްޕޯޓު ދޫކޮށްލުމަށް ނިންމީ މިދިޔަ މަހުގެ 7ގައި

ކްރިމިނަލް ކޯޓު

އަހްމަދު މޫސައަށް ފުރަން ހުއްދަ ދިނުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހަޅަނީ

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާތީ މިއަދު ކްރިމިނަލް ކޯޓުގައި އޮތް ބަންދު މުރާޖާ އަޑުއެހުން ކުރިއަށް ނުގެންދިއުމަށް ޕީޖީން ވަނީ އެދިފައި

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ އަދަދެއްގެ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ މުހައްމަދުގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަށް ހައި ކޯޓުން ތާއީދުކޮށް ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން މިއަދު ނިންމައިފި އެވެ.

އެނގުން މުހިންމު - އިސްތިއުނާފީ މައްސަލާގައި ހައި ކޯޓުން އިއްޔެ ގޮތެއް ނިންމައި، ފުރަން ހުއްދަދިނީ ރަނގަޅަށް ކަމަށް ކަނޑައެޅި އިރު، އޭނާއަށް ފުރަން ކްރިމިނަލް ކޯޓުން ދީފައިވާ މުއްދަތު ހޯމަ ދުވަހަށް ވަނީ ހަމަވެފަ އެވެ. އެހެންވެ، އެ އަމުރު މުރާޖާކުރުމުގެ އަޑުއެހުމެއް މިއަދު 1 ޖަހާއިރަށް ވަނީ ތާވަލުކޮށްފަ އެވެ. 

ވީ ކިހިނެއް؟ - މައިބަދައިގެ އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ދާން އޭނާ އެދިފައިވާތީ އޭނާގެ ޕާސްޕޯޓް މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މި މަހުގެ 7ގަ އެވެ. އެއާ އެކު، ޕީޖީން ވަނީ، އެ އަމުރު އިސްތިއުނާފް ކުރުމާ އެކު، އޭނާ ފުރުން މަނާކޮށްދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހަމަ އެ ދުވަހު ހައި ކޯޓަށް ހުށަހަޅާފަ އެވެ. 

ހައި ކޯޓުން މި މަހުގެ 16ގައި ވަނީ، އޭނާ ފުރުން މަނާކުރުމުގެ ވަގުތީ އަމުރެއް އިމިގްރޭޝަންގެ މައްޗަށް ނެރެފަ އެވެ. އެއަށް ފަހު އިއްޔެ އެ މައްސަލާގައި ނިންމާފައިވަނީ އަހްމަދު މޫސާއަށް ފުރަން ހުއްދަދީ ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ރަނގަޅަށް ކަމަށެވެ. އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން މިއަދު ޕީޖީން ވަނީ ނިންމައިފަ އެވެ.

ބުނީ ކީކޭ؟ - ޕީޖީ އޮފީހުން މިއަދު ބުނީ، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް އެ އޮފީހުން ނިންމާފައިވަނިކޮށް އަހްމަދު މޫސާގެ ޕާސްޕޯޓް އަމުރު މުރާޖައާކުރުމުގެ އަޑުއެހުމެއް މިއަދު 1 ޖަހާއިރަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ޕާސްޕޯޓާ ގުޅޭ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަވަންދެން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖައާކުރުމުގެ އަޑުއެހުން ކުރިއަށް ނުގެންދިއުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށް ޕީޖީން ބުންޏެވެ.

ޕީޖީ އޮފީހުން 'ދައުރު' އަށް ބުނިގޮތުގައި އެ އަޑުއެހުން ކެންސަލް ކުރުމާ މެދު އަދި ކޯޓުގެ ޖަވާބެއް އެ އޮފީހަކަށް ނުލިބެ އެވެ. މި ބަންދު މުރާޖާ އަޑުއެހުން ކޯޓުގެ ޝެޑިއުލަށް އަދި ލާފައެއް ވެސް ނެތެވެ.

ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއާ ގުޅިގެން އެ ކޯޓުން ޝަރީއަތް ނިމެންދެން ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ 16 ޖޫން 2021ގަ އެވެ. 

މި ވަގުތު ގޭބަންދެއްގައި ހުރި އަހްމަދު މޫސާގެ ޕާސްޕޯޓް ދޫކޮށްލީ، އެ އަމުރު މުރާޖައާކޮށްދިނުމަށް އެދި އޭނާގެ ފަރާތުން މިދިޔަ މަހުގެ 29ގައި އެދުމުންނެވެ.

އެ އަމުރު މުރާޖައާކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓް ދޫކުރި ސަަބަބެއް ކަމަށް އޭރު ބުނެފައިވަނީ:

  • ސިއްހީ ލިޔެކިޔުންތަކަށް ބަލާއިރު، އަހްމަދު މޫސާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަން އެނގެން އޮވޭ

  • މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތަށް ބަލާއިރު ސީރިއަސް އޮޕަރޭޝަނެއް ކަމަށް ބެލެވޭތީ އާއި އަހްމަދު މޫސާގެ އާއިލާ ދިރިއުޅެނީ ވެސް ސްރީ ލަންކާގައި ކަމަށް އޭނާ ބުނެފައިވާތީ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް

  • އަހްމަދު މޫސާގެ މައްޗަށް އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި އޭނާ ކޯޓަށާއި ޝަރީއަތަށް މިހާތަނަށް އެއްބާރުލުން ދީފައިވާ މިންވަރަށް ރިއާޔަތް ކޮށްފައިވޭ

ކޮމެންޓް (1)

ސޭކުސްތާން

27 ޑިސެމްބަރު 2023
ދިވެހީންގެ ވިންދު. ކޮބައިތޯ އަދީބު ހުދުކާފޫރު.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް