ޓީއެމްއޭ އިން ސީޕްލޭނެއް: އެއާ އެމްބިއުލާންގެ ހިދުމަތް އަންނަ މާޗް މަހުން ފެށިގެން ފެށުމަށް ސަރުކާރުން ވަނީ ނިންމާފައި (ފޮޓޯ/ޓީއެމްއޭ

ކެބިނެޓް

އެއާ އެމްބިއުލާންސްގެ ހިދުމަތް މާޗު މަހު ފަށަނީ

މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ މޯލްޑިވިއަންއާ ހެލްތް މިނިސްޓްރީ ގުޅިގެން

އަންނަ އަހަރުގެ މާޗު މަހުން ފެށިގެން އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މި ނިންމުން ނިންމާފައި ވަނީ، އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހަށް މިނިސްޓަރުން ހުށަހެޅި ނުވަ ކަރުދާހުގެ ތެރެއިން ހެލްތު މިނިސްޓްރީއިން ރާއްޖޭގައި އެއާ އެމްބިއުލާންސް ތައާރަފްކުރުމާ ގުޅޭ ގޮތުން ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރުމަށް ފަހު އެވެ.

އެ ނިންމުމާ ގުޅޭ އިތުރު ތަފްސީލް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ ހިއްސާ ކުރައްވާފަ އެވެ.

ބުނީ ކީކޭ؟ "[ވަޒީރުންގެ މަޖިލީހުން] ނިންމާފައިވަނީ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ހިދުމަތް ރާއްޖޭގައި ތައާރަފްކުރުމަށްޓަކައި، ވާން ޖެހޭ ހުރިހާ ތައްޔާރީތައް [ވުމަށް]. އެގޮތުން ދެ އެއާ އެމްބިއުލާންސެއް ތައްޔާރުކޮށް، މޯލްޑިވިއަންއާ ގުޅިގެން މި ހިދުމަތް ދިވެހި ރައްޔިތުންނަށް ލިބޭނެ އިންތިޒާމް [ހަމަޖެއްސުން]،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހެލްތު މިނިސްޓްރުކަން ކުރެއްވި ނާޒިމް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް: އޭނާ ވިދާޅުވީ، އަންނަ މާޗް މަހުން ފެށިގެން އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް އިއްޔެގެ ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ނާޒިމް ވިދާޅުވި ގޮތުގައި މޯލްޑިވިއަންއިން އެ ހިދުމަތް ކުރިއަށް ގެންދާނީ ހެލްތު މިނިސްޓްރީގައި މިހާރު ވެސް އެމަޖެންސީ އެމްބިއުލާންސް ހިދުމަތް ދިނުމާ ގުޅޭ ޑިޕާޓްމަންޓްގެ ދަށުން ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިހާރު ރާއްޖޭގެ އެކި ރަށްތަކުން ބަލި މީހުން އުފުލަން ބޭނުން ކުރަނީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްތަކާއި އިންޑިއާގެ ވައިގެ އުޅަނދުތަކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް