އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ބޭއްވި ބައްދަލުވުމެެއްގައި ފިނޭންސް މިނިސްޓަރު ޑރ. ޝަފީގް

ބަދަލުގެ ގޮތުގައި 101 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

މިނިސްޓްރީން ބުނީ 101 މިލިއަން ރުފިޔާއަކީ އިންޓަނޭޝަނަލް އާބިޓްރޭޝަންއަކާ ގުޅިގެން އެ ޓްރާންސެކްޝަން ޕަބްލިކް އެކައުންޓިން ސިސްޓަމަށް ޕޯސްޓުކުރުމުން ވީކްލީ ރިޕޯޓުގައި ޖަހާފައިވާ އަދަދެއް ކަމަށް

ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާގެ ތެރެއިން 101.7 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ބުނާ ހަބަރު ފިނޭންސް މިނިސްޓްރީން މިއަދު ދޮގު ކޮށްފި އެވެ.

ވީ ކިހިނެއް؟ - މިނިސްޓްރީން މިކަން ދޮގުކުރީ، މިދިޔަ މަހުގެ 17ގައި ސަރުކާރު ބަދަލުވުމާ އެކު އެ މަހުގެ 30ގެ ނިޔަލަށް ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާތީ އެވެ. އެގޮތަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވަނީ އާދިއްތަ ދުވަހު އެ މިނިސްޓްރީން އާއްމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓާ ހަވާލާދީ އެވެ.

ބުނީ ކީކޭ؟ - މިނިސްޓްރީން ބުނީ އެ ރިޕޯޓުގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިން ފައިސާގެ އަދަދުގެ ގޮތުގައި، 101.7 މިލިއަން ރުފިޔާ ޖަހާފައިވީ ނަމަވެސް، އެ ފައިސާ އަކީ މިހާތަނަށް ދޫކޮށްފައިވާ ނުވަތަ ޕްރޮސެސްކޮށްފައިވާ ފައިސާއެއް ނޫން ކަމަށެވެ.

"ވީކްލީ ރިޕޯޓުން އެ ފެންނަ އަދަދަކީ އިންޓަނޭޝަނަލް އާބިޓްރޭޝަންއަކާ ގުޅިގެން އެ ޓްރާންސެކްޝަން ޕަބްލިކް އެކައުންޓިން ސިސްޓަމަށް ޕޯސްޓުކުރުމުން ރިޕޯޓު ކުރެވިފައިވާ އަދަދެކެވެ،" ފިނޭންސްގެ ބަޔާނުގައި ވެ އެވެ.

މިނިސްޓްރީން ބުނިގޮތުގައި، އާ ސަރުކާރު ހަވާލުވިއިރު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ތަންތަނަށް ދައުލަތުގެ ބަޖެޓުން ބަދަލު ދިނުމަށް ކުރީ ސަރުކާރުން ނިންމާފައި ވެ އެވެ. އަދި އިންޓަނޭޝަނަލް އާބިޓްރޭޝަނުން ދައުލަތާ ދެކޮޅަށް ނިންމާފައިވާ މައްސަލަތަކާ ގުޅިގެން ވެސް ބައެއް ތަންތަނަށް ފައިސާ ދޫކުރަން އޭރު ނިންމާފައި ވެ އެވެ.

އޭގެ ތެރޭގައި:

  • ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމަށް ނިންމާފައިވޭ

  • ބައެއް މީހުންނަށް ބައެއް ސެޓްލްމަންޓްތަކުގެ އެއްބައި ފައިސާ ވެސް ވަނީ ދޫކޮށްފައި

"ނަމަވެސް މި ސަރުކާރު ހަވާލުވުމަށް ފަހު، ގެއްލުމުގެ ބަދަލު ނަގާދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމިޓީ އުވާލައި، އެ ކޮމިޓީން ބެލި މައްސަލަތައް، ބަންޑާރަ ނައިބުގެ ލަފައާ އެކު އަލުން މުރާޖައާ ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން،" މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

އެނގުން މުހިންމު - ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމެޓީ މި ސަރުކާރުން އުވާލީ މިދިޔަ މަހުގެ 22ގަ އެވެ. އެދުވަހު ރައީސް އޮފީހުން އާއްމުކުރި މައުލޫމާތުގައި ވާ ގޮތުން:

  • ސަރުކާރު ބަދަލުވެ، އާ ރައީސް ހުވާ ކުރެއްވުމާ ހަމަޔަށް، ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް ދިނުމަށް އެ ކޮމިޓީ އިން ވަނީ ނިންމާފައި

  • ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްރަށާއި ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީ އިން ނިންމާފައިވާނެ ކަމަށް އަންދާޒާކުރެވޭ 

އިތުރު އާޓިކަލް

އިތުރު އާޓިކަލް