އާސަންދައަކީ ހުރިހާ ދިވެހިންގެ ހެލްތު އިންޝުއަރެންސް ކަވަރުކޮށްދޭ ގައުމީ އިދާރާ
ޕީސީއޯއެސް އަށް އާސަންދައިން ފަރުވާކުރެވޭ ގޮތް ހަދަން ނިންމައިފި
ޕޮލިސިސްޓިކް އޯވަރީ ސިންޑްރޮމް (ޕީސީއޯ)، އާއި އެންޑޯމެޓްރިއޯސިސްއަށް އާސަންދައިން ފަރުވާ ހޯދޭ ގޮތް ހަދަން ވަޒީރުންގެ މަޖިލިހުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑަ ސެކެޓްރިއޭޓް ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވަނީ ވަޒީރުންގެ މަޖިލީހުން މިއަދު ނިންމި މުހިންމު ބައެއް ނިންމުންތައް ހިއްސާކުރައްވައިފަ އެވެ. އެގޮތުން ދަރިމައިވުމާ ގުޅޭ މައްސަލަތަކަށް ފަރުވާކުރަން އާސަންދައިން ހިލޭ ބޭސް ފަރުވާ ކުރެވޭ ގޮތް ހަދަން ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން، އެ ނިޒާމުގެ ތެރެއިން ލިބޭނެ އިތުރު ހިދުމަތްތަކުގެ ތަފްސީލު ދެއްވި އެވެ.
ބުނީ ކީކޭ؟ - މިއަދުގެ ވަޒީރުންގެ މަޖިލީހުން މިކަމާ ގުޅިގެން ނިންމި ނިންމުންތަކުގެ ގޮތުގައި ފިރުޒުލް ވިދާޅުވީ:
-
ޕީސީއޯއެސް އާއި އެންޑޯމެޓްރިއޯސިސްއަށް އާސަންދައިން ފުލް ކަވަރޭޖް ލިބޭ ގޮތް ހެދުން
އޭނާ ވިދާޅުވީ ޕީސީއޯއެސްއަށް މިހާރު ވެސް އާސަންދައިން ކޮންމެވެސް ވަރަކަށް ކަވަރޭޖެއް ދޭ ކަމަށާއި، ނަމަވެސް ފުލް ކަވަރޭޖެއް ނުލިބޭ ކަމަށެވެ.
"މިއަދުގެ ނިންމުމާ އެކު، އިރާދަކުރެއްވިއްޔާ މި މައްސަލަތަކަށް ފުރިހަމަ ކަވަރޭޖެއް ލިބިގެންދާނެ،" ފިރުޒުލް ވިދާޅުވި އެވެ.
އެނގުން މުހިންމު - ދަރިމާވުމާ ގުޅޭ މައްސަލަތަކަށް އާސަންދަ މެދުވެރިކޮށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އޭގެ ތެރޭގައި އެންމެ އާންމުކޮށް ދިވެހިން ފަރުވާ ހޯދާ އައިވީއެފް އާއި އައިޔޫއައިގެ ފަރުވާ ވެސް ހިމަނަން މިދިޔަ ބުދަދުވަހު ރައީސް ވަނީ ނިންމަވައިފަ އެވެ. މީގެ އިތުރުން އަހަރަކު ދެ ފަހަރު ހެލްތު ޗެކަޕް ހެއްދޭނެ ގޮތަށް އެ ހިދުމަތް ވެސް އާސަންދައިން ފޯރުކޮށްދޭ ގޮތަށް ކަނޑައެޅި އެވެ.
-
އިތުރަށް ކިޔާލަން - އާސަންދައިން މެޑިކަލް ޗެކަޕް ހެދޭ ގޮތަށް ހަމަޖައްސަނީ