އައްޑޫ ފޭދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/އައްޑޫލައިވް)

އައްޑުއަށް އަދިވެސް ފެނުގެ ހިދުމަތް ދެވޭވަރެއް ނުވޭ

ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރަން ގެންދިޔަ ސާމާނުގައި މައްސަލަ ހުރެގެން އަލުން ފޮނުވަނީ

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ހިދުމަތް އަދިވެސް ދެވޭވަރު ނުވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް ކެނޑުނީ ބުރާސްފަތި ދުވަހު އެވެ. އަލުން ފެން ފޯރުކޮށްދޭން ފެން ޕްލާންޓް މަރާމާތުކުރުމުގެ މަސައްކަތް ފެނަކައިން އަންނަނީ ކުރަމުންނެވެ.

ތަފްސީލް - ފެނަކަ އިން މިއަދު 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ، އައްޑޫގެ ރަށްތަކަށް ފެނުގެ ހިދުމަތް ދޭން ބޭނުންކުރާ އާރުއޯ ޕްލާންޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް މާލެ އިން ގެންދިޔަ ވީއެފްޑީ ގުޅައި، ޕްލާންޓު ހިންގަން ބެލިއިރު ވީޑީއެފްގައި މައްސަލަތަކެއް ހުރި ކަމަށެވެ. އެހެންކަމުން ހިދުމަތް އަލުން ފެށޭނެ ކަމަށް ލަފާކުރި ވަގުތަށް އެކަން ނުވީތީ މައާފަށް ވެސް އެދުނެވެ.

އެ ކުންފުނިން ބުނީ އެހެން ވީއެފްޑީއެއް ހޯދާ ވީހާވެސް އަވަހަކަށް އައްޑުއަށް ފޮނުވުމުގެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށެވެ.

އެނގުން މުހިންމު - އައްޑޫގެ ގުޅިފައި ހުރި ރަށްރަށަށް ފެނުގެ ހިދުމަތް ދެނީ އެއް ޕްލާންޓަކުންނެވެ.

ފެން ކެނޑުމުގެ ސަބަބުން އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެންމެ ބޮޑު އުނދަގުލެއް ދިމާވަނީ ސަޕްލައި ފެނަށް އެކަނި ބަރޯސާވެފައިވާ ގޭބިސީތަކަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް