އައްޑޫ ފޭދޫގެ މަގެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އައްޑުއަށް މިއަދު ފެނުގެ ހިދުމަތް އަލުން ދެވޭނެ: ފެނަކަ
އިއްޔެ މެންދުރު ފަހުން ފެށިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކެނޑިފައިވާ ފެނުގެ ހިދުމަތް މިއަދުގެ ވަގުތެއްގައި އަލުން ދޭން ފެށޭނެ ކަމަށް ފެނަކަ އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ހިދުމަތް ނުލިބުމުގެ މައްސަލަ ދިމާވާން ފެށީ އިއްޔެ މެންދުރު ފަހުން ފެށިގެންނެވެ. އެކަން ހައްލުކުރަން އެ ވަގުތުން ފެށިގެން ފެނަކަ އިން މަސައްކަތް ކުރަމުން އަންނަ އިރު، އާންމުންގެ ޝަކުވާ ބޮޑެވެ.
ބުނީ ކީކޭ؟ - ފެނަކަ އިން މިއަދު ބުނީ، ފެނުގެ ހިދުމަތް މެދުކެނޑެން ދިމާވީ އާރްއޯ ޕްލާންޓްގެ ވީއެފްޑީ ޑްރައިވްއަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ. މާލެއިން އައްޑުއަށް އެންމެ އަވަހަށް ދަތުރުކުރާ ފްލައިޓުން އެ ބައި ފޮނުވުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ކުންފުނިން އުންމީދު ކުރަނީ މިއަދުގެ ވަގުތެއްގައި ފެނުގެ ހިދުމަތް ދެވެން ފެށޭނެ ކަމަށެވެ،" ފެނަކަ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައިވެ އެވެ.
އެނގުން މުހިންމު - އައްޑޫ މޭޔަރު އަލީ ނިޒާރު ރޭ 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ގުޅިފައި ހުރި ހުރިހާ ރަށަކަށް ފެނުގެ ހިދުމަތް ދެނީ އެއް ޕްލާންޓަކުން ކަމުން ފެން ކެނޑުމުގެ ސަބަބުން އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުންދެ އެވެ. ހާއްސަކޮށް ސަޕްލައި ފެނަށް އެކަނި ބަރޯސާވެފައި ހުންނަ ގޭބިސީތައް ތިބީ އެއްގޮތަކަށް ފެން ނުލިބިކަން ނިޒާރު ފާހަގަކުރެއްވި އެވެ.
-
އިތުރަށް ކިޔާލަން - އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެން ކެނޑި ޝަކުވާ ބޮޑުވެއްޖެ
ކޮމެންޓް (1)
ހަސަނުގ