ބިންވެރިޔާ ސްކީމިުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގޯތި ކަނޑައި، ހަވާލު ކުރުމުގެ ތެރެއިން -- ދައުރު ފޮޓޯ/ އިބްރާހިމް އިފާޒް

ބަޖެޓް 2024

އުނިކުރި ފުށިދިއްގަރު މަޝްެރޫއުގެ ފައިސާ ހިމެނީ ހުޅުމާލެ، ގިރާވަރު، ގުޅީފަޅުގެ ތަރައްގީއަށް

ބަޖެޓް ކޮމިޓީގެ މުގައްރިރު ވިދާޅުވީ މެންބަރުންގެ ރޫހު އޮތީ ފުށިދިއްގަރުގެ މަޝްރޫއު ބަޖެޓުގައި ނުހިމަނައި އޭގެ ބަދަލުގައި މިހާރު ބޯހިޔާވަހި ކަމަށް ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމުމަށް ކަމަށް
7 ޑިސެމްބަރު 2023
2

ފުށިދިއްގަރު ފަޅުގެ މަޝްރޫއަށް މި ސަރުކާރުން ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ ކަނޑާލައި ބަޖެޓުން އެ މަޝްރޫއު އެކީ އުނިކުރީ، ކުރީގެ ސަރުކާރުން ފަށާފައިވާ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅު ތަރައްގީ ކުރުމުގެ މަޝްރޫއަށް ފައިސާ ހިމަނަން ކަމަށް ބަޖެޓް ކޮމިޓީއިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮންނަ ބަޖެޓް ކޮމިޓީގެ މުގައްރިރު ކިބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް މިރޭ 'ދައުރު'އަށް ވިދާޅުވީ ފުށިދިއްގަރު މަޝްރޫއުގެ ފައިސާ އުނިކޮށް އޭގެ ތެރެއިން 200 މިލިއަން ރުފިޔާ ގޯތި ދީފައިވާ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅު ތަރައްގީ ކުރަން ހިމެނީ ކަމަށެވެ. އަދި ބާކީ 200 މިލިއަން ރަށްރަށުގެ މަޝްރޫއުތަކަށް ބަހާލީ ކަމަށް ވެސް ނާޝިޒު ވިދާޅުވި އެވެ.

"ކޮމިޓީގެ މެޖޯރިޓީ މެންބަރުންނަށް ފެނުނީ ފުށިދިއްގަރު މަޝްރޫއުގެ ފައިސާ މާލެ ސަރަހައްދުގައި މިހާރު ފަށާފައި ހުރި ތަންތަން ތަރައްގީ ކުރަން ހިމަނަން ދެން ރަށްރަށުގެ ތަރައްގީއަށް ހިމަނަން. އެގޮތަށް ރޫހު އޮތީ،" ނާޝިޒު ވިދާޅުވި އެވެ.

ފިނޭންސްގެ ބަސް - ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް 'ދައުރު'އަށް މިރޭ ވިދާޅުވީ ފިނޭންސުން ބަޖެޓަށް ހުށަހެޅީ: 

  • ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތަށް 10 މިލިއަން ރުފިޔާ 

  • ސަރުކާރުގެ އޮފީސް އިމާރާތެއް ހަދަން 27.8 މިލިއަން ރުފިޔާ 

  • އާ މިނިސްޓްރީތަކުގެ ބަޖެޓަށް

ފާހަގަކޮށްލެވޭ - އެހެންކަމުން މިރޭ ކޮމިޓީއިން ފާސްކުރި ބަޖެޓުގައި ފުށިދިއްގަރު ހިއްކުމަށް ހިމެނި ފައިސާ ހުޅުމާލެ އާއި ގުޅީފަޅު އަދި ފުށިދިއްގަރުން ގޯތި ދޭން ހިއްކާ ސަރަހައްދު ނިންމައި އެތަންތަނުގައި އަސާސީ ހިދުމަތްތައް ގާއިމްކުރަން މި ވަނީ ހިމަނައިފަ އެވެ.

މިއީ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުން ހުއްޓުވުން ކަމަށް ބުނެވިދާނެ އެވެ.

އެނގުން މުހިންމު - ހައުސިން މިނިސްޓަރު ދެއްކެވި ވާހަކަތަކަކާ ވިދިގެން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދީފައިވާ ބައެއް ގޯތިތައް އަތުލަން މި ސަރުކާރުން އުޅޭ ކަމަށް ބުނެ އެމްޑީޕީގެ މެންބަރުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ މައްސަލަ ކޮމިޓީއިން އަންނަނީ ބަލަމުންނެވެ. 

އެމްޑީޕީއިން ބުނެފައި ވަނީ މިހާރު ފަށާފައިވާ މަޝްރޫއުތައް ނުނިންމާ މުޅިން އަލަށް ގިރާވަރުފަޅުގެ މަޝްރޫއު ފެށުމަށް އެ ޕާޓީއިން ތާއީދު ނުކުރާ ކަމަށެވެ.

ކޮމެންޓް (2)

ކައްކާ

7 ޑިސެމްބަރު 2023
ގުޅިފަޅާ ގިރާވަރު ހިއްކަން ފައިސާ ވަނީ އެއްކޮށް ދައްކާ ނިންމާފައޭ އކ ބުނިވާހަކަވެސް ކައްކައިފި.
2 0

ހަސަން333

9 ޑިސެމްބަރު 2023
@ކައްކާ ހިއްކާ ނިމުނީމަ ނިމުނީކީ ނޫން ތަން އެބަ ޖެހޭ ހިމާޔަތް ކުރަން ނޫނީ ގިރިގެން ގޮސްދާނެ !
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް