ދިރާސީ އާ އަހަރު 7 އޮގަސްޓް 2022 ވަނަ ދުވަހު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަންނަ ސެމިސްޓާއިން ފެށިގެން ސްކޫލުތަކުގައި ގައުމީ ސަލާމް ކިޔަން ނިންމައިފި

ގައުމިއްޔަތު ދިރުވުމަށް މަސައްކަތް ކުރެއްވުމަކީ ރައީސް އިސްކަންދެއްވާނެ ކަމެއް ކަމަށް މީގެ ކުރިން ވިދާޅުވި

އަންނަ ޖެނުއަރީގައި ސްކޫލުތަކުގެ ކިޔެވުން ފަށާއިރު ކޮންމެ ދުވަހަކު ވެސް ސްކޫލް އެސެމްބުލީ ފެށުމުގެ ގޮތުން ގައުމީ ސަލާން ކިޔަން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.

ތަފްސީލް - މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ނިންމި ނިންމުންތައް ހާމަ ކުރެއްވުމަށް މިއަދު ހަވީރު ރައީސް އޮފީހުގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ވެސް އަންނަ ސެމިސްޓާއިން ފެށިގެން ސެޝަން ފަށާނީ ގައުމީ ސަލާމުން ކަމަށެވެ.

އެމަނިކުފާނުގެ އެންމެ މުހިއްމު އެއް ވައުދަކީ ގައުމިއްޔަތު ދިރުވުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސްކޫލު ސެޝަން ފަށާއިރު ގައުމީ ލަވަ ކިޔަން ނިންމީ ގައުމީ ދިދަ އާއި ގައުމީ ލަވައަށް ކުދިންގެ ހިތްތަކުގައި ލޯބި ޖެއްސުމަށް ކަމަށެވެ.

"...އެ ކިޔޭ އެއްޗެއްގެ މާނަ ވިސްނި، އެއަށް ލޯބި ކުރުމަށް ހިތްޖެއްސުމަށްޓަކައި ކޮންމެ ދުވަހަކު ސްކޫލު ފަށާނީ ގައުމީ ސަލާމް ކިޔައިގެން،" ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި - ވެރިކަމާ ހަވާލުވެ ވަޑައިގެން ގައުމާ މުހާތަބު ކުރައްވާ ދެއްވި ފުރަތަމަ ހިތޯބުގައި ރައީސް ވަނީ ގައުމިއްޔަތާއި ދިވެހި ގައުމަށް އެ މަނިކުފާނުގެ ހިތުގައި އޮތް ލޯތްބަށް އަލިއަޅުވާލައްވައިފަ އެވެ.

އަދި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސް ނިންމެވި ފުރަތަމަ ނިންމެވުމަކީ ގައުމީ ދިދަ އިރުއޮއްސި 6ގެ ފަހުން ވެސް ތިރިނުކޮށް ބަހައްޓާ ގޮތަށް ހަމަޖެއްސެވުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް