ޖެނުއަރީ 25، 2023: ހިޔާ ފްލެޓް (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)

ހިޔާ ފްލެޓްތައް

ހިޔާ ފްލެޓްތަކުގެ ކުލި 4،000 އެއްހާ ރުފިޔާއަށް ކުޑަކުރަން ނިންމައިފި

މި ގޮތަށް ކުލި ކުޑަކުރަނީ ފްލެޓްތައް ހަދަން ހަރަދުވީ ފައިސާއަށް 200،000ރ. ގެ ބަދަލު ދިނުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދުމުގެ ގޮތުން 7 އަހަރުގެ މުއްދަތަށް

ހިޔާ ފްލެޓުތަކުގެ ފިނިޝިން ކުރި ހަރަދު އަނބުރާ ދޭނެ ކަމަށް ރައިސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، އެ އަގު ފްލެޓުގެ ކުލިން ކަނޑާގޮތަށް ނިންމައި ހަތް އަހަރަށް ހިޔާ ފްލެޓުގެ މަހު ކުލި 3،984.21ރ. އަށް ކުޑަކުރަން ނިންމައިފި އެވެ.

އެނގުން މުހިއްމު - ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ހިޔާ ފްލެޓަށް ވަނުމަށް ފްލެޓު ލިބުނު މީހުންގެ އަތުން ހޭދަވި ފައިސާގެ ބަދަލެއްގެ ގޮތުން ކޮންމެ މީހަކަށް 200،000ރ. ދޭން ވައުދުވެ ވަޑައިގެންފަ އެވެ.

ބުނީ ކީކޭ؟ - މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ނިންމެވުންތައް ހާމަކުރެއްވުމުގެ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓުގެ ފިނިޝިންއަށް އާންމުން ކުރި ހަރަދު އަނބުރާ ދިނުމުގެ ގޮތުން 200،000ރ. ހިޔާ ފްލެޓުތަކުގެ މަހު ކުލިން އުނިކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ: 

  • މިހާރު އެގްރިމެންޓު އޮތްގޮތުން ކުރިއަށް އޮތް 7 އަހަރަށް 5،300ރ، ހިޔާ ފްލެޓުގެ ކުއްޔަށް ދައްކާއިރު، އެ މުއްދަތުގައި ދެން ދައްކަންޖެހޭނީ މަހަކު 3،984.21ރ. ކަމަށް

"މިހާރު އޮތް އެގްރިމެންޓަށް ބަދަލު އައިސް، މުއްދަތަށް ބަދަލު ނައިސް، އިފެކްޓިވްލީ 200،000ރ ފްލެޓަކުން އަޅުގަނޑުމެން މި އުނިކޮށްދެނީ. އެ ލުއި ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިންމު - ހިޔާ މަޝްރޫއު އެއްކޮށް ނިމުމާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަނޑައެޅީ މެންޓެއިނެންސް ފީއާ އެކު ހިޔާ ފްލެޓުގެ ކުއްޔަކީ މަހަކު 8،500ރ. ކަމަށެވެ. އޭރު ވެސް އެކަމާ މުއިއްޒު ދެކޮޅު ހެއްދެވި އެވެ.

ނަމަވެސް ކުލި ނުދައްކާ މީހުން ގިނަވެ، ކުލި ބޮޑު ކަމުގެ ޝަކުވާތަކުގެ ސަބަބުން މިދިޔަ މެއި މަހުގެ ތެރޭގައި މި ސަރުކާރުން ވަނީ މެންޓެއިންނެސް ފީއާ އެކު 6،300ރ. އަށް ހިޔާގެ ކުލި ކުޑަކޮށްފަ އެވެ.

ވިނަރެސް ފްލެޓުގެ ޑައުންޕޭމަންޓް %50 ވެސް ކުޑަކޮށްދޭނެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށް އިންތިހާބުގެ ކެމްޕޭން ތެރޭގައި ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އެތަންތަނުގެ ޑައުންޕޭނެމްޓުން %50 ކުޑަކޮށް، މަހުން މަހަށް ދައްކާ އަދަދުުން 4،200ރ. އެވްރެޖުކޮށް ކުޑަކޮށްދޭން ނިންމާފައިވާ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.

"މަހުން މަހަށް އެކި ފަރާތްތަކުން އެކި އަދަދު ދައްކަމުން ދަނީ ޑައުންޕޭމެންޓަށް ޑިޕެންޑުވާގޮތަށް. އެ ދަައްކާ އެއްޗަކުން 4،200ރ. އެވްރެޖުކޮށް ކުޑަވާނެ. ފޯމިއުލާއެއް ހެދިފައިވާނެ. އެ ފޯމިއުލާ އަށް ބަލާ އެވްރެޖުކޮށް 4،200ރ އުނިވެގެންދާނެ މަހު ކުލިން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް (1)

މާލޭ އަދުރޭ

6 ޑިސެމްބަރު 2023
ވަރައް ގޯސް ނިންމުމެއް ތިޔައީ ފުރަތަމަ ކަމަކީ ފުލެޓް ތައް ދީފަތިބި ގިނަމީހުންނަކީ ޝަރުތުހަމަވެގެން ދިންބައެއްނީން އަދި ގަސްތުގަ ސަރުކާރަށް ޖެއްސުންކުރުމުގެ ނިޔަތުގަ ކުލިނުދައްކާ ތިބިމީހުން ޤައުމުގެ މުޅި ހިންގުން މިވަނީ ބޮއްސުންލާފަ އެއްވެސް ހަމައެއް ލަމައެއްނެއް.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް