ފެނަކަ އޮފީސް ހުންނަ އިމާރާތް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފެނަަކައިގެ 35 ބްރާންޗަކަށް މެނޭޖަރުން ހޯދަނީ

ސްޓޭޝަން މެނޭޖަރުންގެ މަގާމުގެ މުސާރައިގެ ގޮތުގައި ކަނޑައަޅަނީ ދެ ފަރާތުން އެއްބަސްވާ އަދަދެއް؛ މީގެ އިތުރުން އެކި އިނާޔަތްތައް ވެސް ލިބޭ

ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ 35 ރަށެއްގައި ހިންގާ އެ ކުންފުނީގެ ބްރާންޗުތަކަށް ސްޓޭޝަން މެނޭޖަރުން ހޯދަން އިއުލާނުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ކުންފުނިން ހުސްވެފައިވާ މަގާމުތަކަށް މުވައްޒަފުން ހޯދަން އިއްޔެ އިއުލާނުކޮށްފައިވާއިރު މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

ތަފްސީލް - ސްޓޭޝަން މެނޭޖަރުންގެ މަގާމުގެ މުސާރައިގެ ގޮތުގައި ކަނޑައަޅަނީ ދެ ފަރާތުން އެއްބަސްވާ އަދަދެކެވެ. އެގޮތުން އެ އިއުލާނުގައި ބުނީ: 

  • ސާވިސް އެލަވެންސް ގެ ގޮތުގައި މުސާރައިގެ %40 ލިބޭނެ

  • ހާޒިރީ އެލަވެންސްގެ ގޮތުގައި މުސާރައިގެ %20

  • އިތުރު ގަޑީގެ އެލަވެންސްގެ ގޮތުގައި މުސާރައިގެ %40

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާ އަށް އެދޭފޯމާ އެކު ކުށުގެ ރެކޯޑު ހުށަހަޅަން ޖެހެ އެވެ.

ފާހަގަ ކުރެވޭ - ފެނަކައިގެ މުވައްޒަފުންގެ ގޮތުގައި ތިބި ކޮންޓްރެކްޓު މުވައްޒަފުންގެ ތެރެއިން ކޮންޓްރެކްޓު ހަމަވެފައިތިބި އަދި ކޮންޓްރެކްޓު ހަމަވާ މީހުންގެ ކޮންޓްރެކްޓު އާ ނުކުރަން ކުންފުނީގެ މެނޭޖުމެންޓުން ވަނީ ނިންމައިފަ އެވެ.

އޭނާ ވިދާޅުވީ ކުންފުނީގެ ދާއިމީ މުވައްޒަފުންގެ ގޮތުގައި ތިބި އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކި ނުކުރާނެ ކަމަށާއި ސްޓޭޝަން މެނޭޖަރުންގެ މަގާމުތަކަކީ މިވަގުތު ހުސްކޮށް ހުރި މަގާމުތަކެއް ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރަން ވެސް އާ މެނޭޖުމެންޓުން ވަނީ ނިންމައިފަ އެވެ. އެގޮތަށް ނިންމާފައި ވަނީ ބޮޑެތި ކުށްތަކުގައި ދައުވާ އުފުލާފައިވާ ކުށްވެރިން ވެސް ފެނަކައިގެ މުވައްޒަފުންގެ ގޮތުގައި ތިބުމުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުށުގެ ރެކޯޑު އޮތް މީހުން ކުންފުނީގެ ވަޒީފާގައި ނުބައިތިއްބާނެ ކަމަށެވެ.

ކޮމެންޓް (1)

ޢަލީ

5 ޑިސެމްބަރު 2023
ހޯދާފައި ތިބީ. ނަމަކަށް އިއުލާންކުރަނީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް