މަޖިލީހުގެ ޖަލްސާއެއްގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

ޖާބިރު މަޖިލީހުގެ މައިކަށް ގެއްލުން ދިން މައްސަލަ ބަލަނީ؛ ބަދަލުކުރަން 5،000ރ. ހަރަދުވާނެ

މަޖިލީހުގެ ތަކެއްޗަށް ގެއްލުންދީފާނެ ފަދަ އަމަލެއް ނުކުރުމަށް އަސްލަމް މިއަދު އިލްތިމާސް ކުރެއްވި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އިއްޔެގެ މަޖިލީހުގެ ޖަލްސާގައި އެ ތަނުގެ މައިކަށް ގެއްލުން ދިން މައްސަލަ ބެލުމަށް ރިޔާސަތުން، އެކަން މަޖިލީހުގެ ސްލޫކު ކޮމިޓީއަށް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - އިއްޔެ މަޖިލީހުގެ ޖަލްސާގައި ކޯފާވެ ހުންވައި ޖާބިރު ވަނީ މިލަންދޫ ދާއިރާގެ މެންބަރު ވާހަކަ ދައްކަވަމުން ދަނިކޮށް، އެ މޭޒުގައި ހުރި މައިކަށް ގެއްލުން ދީފަ އެވެ.

ތަފްސީލު - މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މައިކަށް ޖާބިރު ގެއްލުންދިނުމުން އެ މައިކް ބަދަލު ކުރަން ޖެހޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އެހެންކަމުން، އެ މައިކް ބަދަލުކުރުމަށް 5،100ރ. ހަރަދު ވާނެ ކަމަށް މަޖިލީހުގެ ޓެކްނިކަލް ޓީމުން އެ މަނިކުފާނަށް މައުލޫތު ދީފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ:

  • މަޖިލީހުގެ މެންބަރުންގެ ސްލޫކީ މިންގަނޑާ ހިލާފަށް ކަމެއް ކުރި ކަމަށް ތުހުމަތު ކުރެވޭ ނަމަ، އެ ކަމެއް ބެލުމުގެ މަސްއޫލިއްޔަތު، މަޖިލީހުގެ ގަވައިދުގެ ދަށުން އޮންނަނީ އިމްތިޔާޒާއި ސްލޫކް ކޮމިޓީއަށް

  • އެ ކޮމިޓީގެ މަސްއޫލިއްޔަތު ތެރޭގައި އެ މައްސަލައެއް ބަލައި އަޅަންވީ ފިޔަވަޅު އެޅުމަށް މަޖިލީހުގެ ރައީސަށް ލަފާ އެރުވުން ވެސް ހިމޭނޭ

"އެހެންވީމަ، މިކަމާ ގުޅޭ ގޮތުން [ޖާބިރު މައިކަށް ގެއްލުން ދިން މައްސަލައިގައި] އިމްތިޔާޒާއި ސްލޫކު ކޮމިޓީގެ ލަފައެއް ހޯދުމަށް އެ ކޮމިޓީއަށް މި މައްސަލަ ފޮނުވާނެ ވާހަކަ ދަންނަވަން،" މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ މުދަލާއި ތަކެއްޗަކީ ވެސް ދައުލަތުގެ ތަކެތިކަން ފާހަކޮށް، އެ ތަކެއްޗަށް ގެއްލުން ވާނެ ފަދަ އަމަލެއް ނުކުރުމަށް އަސްލަމް އިލްތިމާސް ކުރެއްވި އެވެ.

ކޮމެންޓް (2)

ތެފައާސާ.

5 ޑިސެމްބަރު 2023
ދެންފަހެ މަތީގައި ލިޔެވިފައިއޮތް ޚަބަރުގައި ހުރިކަންކަން އެހެން ހުރުމާއިއެކު، ހ. ތިމާވެށި އަބްދުﷲ ޖާބިރު ހަލާކުކޮށްލި މައިކު އަލުން ހެދުމަށް ކުރަންޖެހޭނެ އެންމެހައި ޚަރަދަކާއި އަދި މައިކު ހަލާކުކޮށްލުމުގެ ސަބަބުން ދެވޭ އަދަބެއްގެ ގޮތުން ބޮޑު ޖޫރިމަނާއެއްކޮށް، މި އަދަދުތައް އަބްދުﷲ ޖާބިރުގެ މުސާރައިން އުނިކުރުމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއިން އަހުރެންނަށް (ރައްޔިތުންނަށް) ލިިބިދޭ ބާރުގެ ދަށުން، މަޖިލިސް ރައީސަށް އަންގައި އިލްތިމާސްކޮށް މި ގަޒިއްޔާ ނިންމީމެވެ.
2 1

މާލޭ އަދުރޭ

5 ޑިސެމްބަރު 2023
ކަލޯ ޖާ މިފަހަރު ތިޔަކުރީ ވަރަށް ކަޱަކަމެއް ރައްޔިތުންގެ ފަރާތުން މާފައްއެދިފަ މައިކުގެ އަގުދައްކާ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް