ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލްގެ ބައްދަލުވުމެއްގެ ރިޔާސަތުގައި ހަސަން ލަތީފް (ދައުރު ފައިލް ފޮޓޯ/ ހުސައިން ސުނޭން)

ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓްސްގެ ރައީސްއަކަށް 400 ވޯޓުގެ ތަފާތުން ހަސަން ލަތީފް ހޮވިއްޖެ

ވަގުތީ ނަތީޖާއިން ހަސަންއަށް 1،704 ވޯޓް ލިބުނު އިރު އަމްރުއަށް ލިބުނީ 1،300 ވޯޓް

އިއްޔެ ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި އެންމެ ވާދަވެރިކޮށް ދިޔަ، ޕާޓީގެ ރައީސްގެ މަގާމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު އިންތިހާބުވެފައިވާކަން ވަގުތީ ނަތީޖާއިން ދައްކައިފި އެވެ. 

ފާހަގަކޮށްލެވޭ - ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ހަސަން އެ މަގާމު ކާމިޔާބުކުރެއްވީ 400އެއްހާ ވޯޓުގެ ތަފާތަކުންނެވެ.

ވީ ކިހިނެއް؟ - ޑިމޮކްރެޓްސްގެ އޮފީސް، ހ. މައިޒާން ދޮށުގައި މިރޭ އިންތިހާބޭ ބެހޭ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއްޔެގެ އިންތިހާބުގެ ވަގުތީ ނަތީޖާ ވަނީ އިއުލާންކޮށްފަ އެވެ.

ތަފްސީލު - އިންތިހާބުގެ ކަންކަން ބެލެހެއްޓި ކޮމިޓީގެ ޗެއާ ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް އިއުލާންކުރެއްވި ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ހަސަން ލަތީފް އިންތިހާބު ކާމިޔާބުކުރެއްވީ 1،704 ވޯޓުންނެވެ.

ހަސަން ލަތީފްއާ ވާދަ ކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު އަށް ލިބިވަޑައިގެންނެވީ، 1،300 ވޯޓެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެ ޕާޓީގެ ދަފްތަރުގައި ތިބި 5،834 މެންބަރުންނަށް އިއްޔެގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބުނުއިރު އޭގެ ތެރެއިން ވޯޓުލާފައި ވަނީ %54 މެންބަރުން އެވެ.

ކޮމެންޓް (2)

ފާރަވެރިޔާ

4 ޑިސެމްބަރު 2023
މިއީ ހަގީގަތް ހާމަކުރާ ބައެއްކަމަށް އަހަންނަށް ގަބޫލުކުރެވުނު ކުރީގަ. މުޅި ރާއްޖެއަށް އެނގޭ އާޒިމް އިއްޔެ ނެރުނު ހިސާބުތައް ދިމާނުވާކަން. ކިހިނެއްވެގެންތޯ އެވާހަކަ ހަބަރުގައި އެކްނޮލެޖް ނުކުރަނީ؟ ވަރަށް ހައިރާންވެ ދެރަވެއްޖެ.
0 0

ތެފައާސާ.

4 ޑިސެމްބަރު 2023
އަލީ އާޒިމް އިއުލާންކުރެއްވި ނަތީޖާ އަކީ، ހަސަން ލަތީފަށް 1،704 ވޯޓު، އަމްރުއަށް 1،300 ވޯޓު، ބާތިލް 50 ވޯޓު ކަމަށް. (މި އަދަދުތައް ޖުމްލަކޮށްލުމުން އަންނަނީ 3،054 ވޯޓު). ހައުއެވަރ، އަލީ އާޒިމް ވިދާޅުވީ ޖުމްލަ ވޯޓު ލީ މީހުންގެ އަދަދަކީ 3،029 ކަމަށް. އެހެންކަމުން، ޑިމޮކްރެޓްސްއަށް ކަލްކިއުލޭޓަރެއް ހަދިޔާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް