ބޯޓިން އެސޯސިއޭޝަން އިން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައިސަލް ވާހަކަ ދައްކަވަނީ (ފޮޓޯ/ބޯޓިން އެސޯސިއޭޝަން)

މިނިސްޓަރު ފައިސަލްގެ ތަގުރީރާ އެކު އޭނާގެ 'ފެންވަރާ މެދު' ސުވާލު އުފައްދަނީ

ރާއްޖޭގެ އިގްތިސާދުގެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ، އޭގެ ކުރިން މާ ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައި ނުވާ ފައިސަލްއާ ހަވާލުކުރުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ރޭ ދެއްވި ތަގުރީރަކާ ގުޅިގެން އޭނާގެ 'ފެންވަރާ މެދު' ސުވާލު އުފައްދައި އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ އިގްތިސާދުގެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ، އޭގެ ކުރިން މާ ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައި ނުވާ ފައިސަލްއާ ހަވާލުކުރުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން ފައިސަލްއަށް ޓޫރިޒަމް މިނިސްޓްރީ ހަވާލުކުރީ ނުފޫޒުން ކަމަށާއި އޭނާ އަކީ އެ މިނިސްޓްރީ ހިންގުމުުގެ ގާބިލްކަން އަދި ތަޖުރިބާ ވެސް ނެތް މީހެއް ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވި އެވެ.

އެ ފާޑުކިޔުންތައް އެހެން އޮއްވައި ބޯޓިން އެސޯސިއޭޝަނުން ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ދެއްކެވި ވާހަކައަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

ތަފްސީލް - ދާއިރާގެ މުހިއްމު އިވެންޓެއްގައި، ފައިސަލް ވާހަކަ ދެއްކެވިއިރު "ފެންވަރު ނެތް" ކަމަށް ބުނަމުން ދާއިރު، އޭނާގެ ތައުލީމީ ފެންވަރާ މެދު ވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ.

އިނގިރޭސި ބަހުން ކުރިއަށް ގެންދެވި އެ ވާހަކަ ބަހުގެ ގަވައިދަށް ނުފެތުނު ނަމަވެސް މައްސަލައެއް ނެތް ކަމަށާއި، ދިވެއްސަކަށް އިނގިރޭސިބަހުން ފުރިހަމައަށް ވާހަކަ ދައްކަން ނޭނގުމަކީ މައްސަލައެއް ނޫން ނަމަވެސް، ފަތުރުވެރިކަމުގައިި ދުނިޔޭގެ އެއް ވަނަ މަންޒިލުގެ ގޮތުގައި ރާއްޖެ އޮތްއިރު، އެ ދާއިރާގެ ކަންތައް ބަލަހައްޓަން ހުންނެވި އެންމެ އިސް ވެރިޔާގެ 'ފެންވަރު ދަށްވުމަކީ' ކަންބޮޑުވުމެއް އަދި ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ގުޅުން ހުރި ކަމެއް - މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް، ޓޫރިޒަމް މިނިސްޓަރު ދިވެހި ބަހުން ވާހަކަދެއްކެވިއިރު ވެސް އޭނާގެ ފެންވަރާ މެދު ފާޑުކިޔުން އަމާޒުވި އެވެ. އެެ ބައްދަލުވުމުގައި ފައިސަލް ވާހަކަ ދެއްކެވީ ދިވެހިންނެވެ.

ކޮމެންޓް (13)

އޮޅުވާލި ސަރުކާރު

3 ޑިސެމްބަރު 2023
މުއިއްޒު ލާނީ ގާބިލް ތައުލީމީ މީހުން. އޭގެ ތެރޭން މީހެއް ތިޔާވެސް،
16 2

ޓނ އަދުރޭ

3 ޑިސެމްބަރު 2023
ފުރަތަމަ ދުވަހުން ފެށިގެން ޙިޔާލުފާޅު ކުރަމުން މިދަނީ މުޅިޤައުމުގެ އިޤުތިސާދުގެ މައިތަނބު ފަތުރުވެރިކަމަކީ އެންމެ ގިނަރައްޔިތުން އެއްދާއިރާގަ މަސައްކަތްކުރާ. ބޮލަކަށް ބޮލެއް ލުމުގެ ބަދަލު ގާބިލު ހިންގުންތެރި މީހަކު ލާންއެދި ކިހާވަރަކަށް އެދުނިންތޯ؟ މުޅި އިނަޱްސްޓްރީގެ މޫނުމަތީ ޖެހި ތަފާޔެއް މީ ޝުކުރިއްޔާ މެގަސްޕީޱް ރައީސް.
15 0

މީމު. ޖަވިޔަނި

3 ޑިސެމްބަރު 2023
އަހަރެންގެ މައްސަލަޔަކީ ވަޒީރަށް ރަގަޅަށް އިގޭރޭސި ނުވަތަ ދިވެހި ބަހުން ވާހަކަ ދައްކަން ނުއެގުމެއް ނޫ. އަހަރެން އެންމް ބޮޑު މައްަސަލައަކީ މިފަދަ މުހިންމު ޕޯޑިއަމްއަކަށް އަރާއިރު، ވަޒީރުގެ ސްޕީޗް ޓުއަރިޒަމް މިނިސްޓްރީ ނުވަތަ މިއިވެންޓު ބާއްވާފަރާތުން ލިޔެދީފައިނުވާކަން. މިިކަމުގައި އެތަންތަނުގައި ތިބި އިލްމީ ގާބިލް މީހުންގެ ފޭލިޔަރ މާބޮޑު.
13 2

ޖޭމުގޭ އަހައްމާދީ

3 ޑިސެމްބަރު 2023
@މީމު. ޖަވިޔަނި ކަލެއަށް މިހާރު ގޯސްވީ މިނިސްޓްރީގެ ސްޓާފުން. ނުޖެހޭ މީހަކު ލިޔެފަ އޮންނަ އެއްޗެއް ބަލައިގެން ކިޔާކަށް، މިގައުމުގަ އެބަތިބި ދާއިރާގެ ތައުލީމާ ތަޖުރިބާހުރި މީހުން. އައްދުއްރަހީމުއާ ޑީލް ހަދައިގެން އޭނަގެ ލިސްޓަކަށް މިނިސްޓަރުކަން. ކޮންފަދަ ބޮޑު ނހރއޕނއ މިއީ ދެން
12 2

މަލާހް

3 ޑިސެމްބަރު 2023
ތި މޮޅަށް އިގިރޭސިން ވާހަކަ ދައްކާ މީހާ އައިސް ތަން ދޮވެލާގެން ދާތީ މައްސަލައަކީ. ބަލަންވީ މީހާގެ އިހުލާސްތެރިކަމަށް
11 8

ހުވަދޫ އަހައްމަދޭ

3 ޑިސެމްބަރު 2023
@މަލާހް އާން، ކަލޭމެންގެ އަނގައަކުން ނާރާނެ. މީހަކު ތަން ދޮވެލީމަ ދެން އަންނަ އެއްމެން ދޮންނާނެ ކަމަށް ހީވަންޏާ މިނިސްޓްރީ އުވާލާ. އޭނަގެ ފެންވަރެއް ނެތްކަމާ ރައީސަކަށް ހުރިމީހާގެ ގޮތެއްނެތްކަން މި އެނގެނީ.
10 4

ތެފައާސާ.

3 ޑިސެމްބަރު 2023
ހަމަ ހުވާ 4 ފަހަރަށް އަޑު އެހިއިރުވެސް އަހަރެންނަށް އަޑުއިވުނީ ލޭޑީސް އެންޑު ޑެންޓަލް މެން އޭ ކިޔާއަޑު. ޖޯކްސް އެސައިޑު، މި ތަނުގައި ބޮޑު ކަންބޮޑުވުމަކީ އިނގިރޭސިން މޮޅަށް ވާހަކަދައްކަން ނޭގުމެއް ނޫން. ގިނަ ދިވެހިންދެކޭ ގޮތާއި ޚިލާފަށް، އިނގިރޭސިން މޮޅަށް ވާހަކަ ދައްކަން އެނގުމަކީ މީހާގެ މޮޅުކަމާއި ގާބިލްކަން ވަޒަންކުރެވޭ ހަމައެކަނި މިންގަނޑެއް ނޫން. މިތަނުގައި އަހަރެންނަށް ބޮޑު މައްސަލައަކީ މިވަރުގެ ބޮޑު ޕޯޓުފޯލިއޯއަކަށް ގާބިލް، އެކްސްޕީރިއަންސާއި އެކްސްޕޯޝަރ ހުރި މީހަކަށް ނުވާތީ އޮތް ކަންބޮޑުވުން. ހިތާމަހުރި.
19 1

މާ މަތި މީހުންތައް

3 ޑިސެމްބަރު 2023
@ތެފައާސާ. އެ މިނިސްޓްރީއަކީ ފަންނީ މީހުން ތިބި ތަނެއް. މައިގަނޑު މަސައްކަތަކީ ރިސޯޓު ބިޑަށް ހުޅުވުން. ފައިސަލް އަށް މިކަން ކުރެވޭނެ
5 5

ތެފައާސާ.

3 ޑިސެމްބަރު 2023
@މާ މަތި މީހުންތައް ރަނގަޅު ވާހަކައެއް. މިނިސްޓަރު ކޮންމެހެން ވާކަށް ނުޖެހޭ ޓެކްނިކަލީ އެންމެ މޮޅު މީހާކަމަކަށް. އެކަމަކުވެސް މިނިސްޓަރުވެސް ވާންވާނީ ކޮންމެވެސް މިންވަރަކަށް ވާނުވާ އެނގޭ ތަނދޮރު ފިލާފައިހުރި، އަދި ބަސްވިކޭފަދަ ޝަޚުސިއްޔަތެއް ހުރި ފަރާތަކަށް. ޖޯކަކަށް ވެގެން ނުވާނެ.
9 2

ތިޔަ ހުރި މަތިކަމެއް ދޯ

3 ޑިސެމްބަރު 2023
@ތެފައާސާ. ތަން ދޮރު ފިލުމަކީ ކޮބާ؟ ބަހުގެ މާހިރަކަށް ވުން މީގައި މުހިއްމެއް ނޫން. ނިކަން ރަޝިޔާގެ އެންމެ ޤާބިލް ވަޒީރަށް އިނގިރޭސި އެނގޭތޯ ޗެކް؟ކޮށްބަލަ. ތަންދޮރު ދަންނަކަން މިނާ ގޮތަކީ ރަސްމިއްޔާތެއްގައި ވާހަކަ ދައްކާ ގޮތް؟ އޭނަ ހެލިލާ ގޮތް؟ ބަލާލާ ގޮތް؟ ދަންނަންވީ ކަމަކީ އިންސާނުންނަކީ ތަފާތު މިޒާޖުގެ މީހުންކަން. އެކި ސިފަތަކުގެ މީހުންކަން. ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓަށް ބަލާއިރު ފައިސަލްއަށް މިކަން ކުރެވޭނެ. ސިޔާސަތެއް ޑެލިވަރ ނުކުރެވިއްޖެ ނަމަ އަހަރެމެން އެ ވާހަކަ ލިޔާނަން
5 5

ކޮބާ

3 ޑިސެމްބަރު 2023
@ތެފައާސާ. ޖޯކަކީ ވަކި ބައެއްގެ އަމިއްލަ އެދުމަށް ޝަޙުސިއްޔަތު ކަތިލުމަށް ހިންގާ ކެމްޕޭން. އޭގައި ޖެހި ހިތްތަކުގެ ތެރެއަށް އަމިއްލައަށް އެ ވަނީމާ އެއީ ޖޯކަކީ.
3 4

މޮޑަފް

3 ޑިސެމްބަރު 2023
@ތިޔަ ހުރި މަތިކަމެއް ދޯ ވަރަށް ގިނަ މީހުން ބުނާނެ ރަޝިޔާ ނޫނީ ޗައިނާގެ މިވެނި ބޭފުޅަކަށްވެސް އިނގިރޭސިއެއް ނޭނގެޔޭ. އެކަމަކު ބަލާލާއިރު އެބޭފުޅަކު މިހުންނަނީ އެބޭފުޅެއްގެ ބަހުން ކިޔަވާފަ މަތީތައުލީމު ލިބިފަ. މިރާއްޖޭގެ ދިވެހި ބަހުން އަދިއެއް ނެތް ދުނިޔޭގެ ފެންވަރުގެ މަތީ ތައުލީމެއް ހޯދަން ކިޔެވޭނެ ގޮތެއް. އެހެންވީމަ މިރާއްޖޭގެ ގިނަ މީހުން ތައުލީމް ހާސިލް ކުރަނީ އިނގިރޭސި މީޑިއަމަށް. ދެން އަރަބި މީޑިއަމަށް. ދިވެހިން އެބައުޅޭ އެހާ ރަނގަޅަށް އިނގިރޭސި ބަހުން ތަގުރީރުދޭން ނޭނގުނަސް އަރަބި ބަހުން މަތީ ފެންވަރަށް އިލްމް އުނގެނިފައިވާ މީހުން. އެހެންވީމަ ބުނެވޭނީ ދިވެހިންގެ ތެރޭގަ އިނގިރޭސި ނުވަތަ އަރަބި ނޭނގޭ މީހުންނަކީ ހަމަ ނުކިޔަވާ ތިބި މީހުންނޭ. ދެން މިބޭފުޅާގެ ހުރި އުނިކަމަކީ ހަމަ އެކަނި ވާހަކަ ނުދެއްކެނީއެއްވެސް ނޫން. ލިޔެގެން އައި އެތިވެސް ހަމަ ނުޖެހެނީ. ތުއްތު ކުއްޖަކު ލިޔާ ފެންވަރުވެސް އޭގަ ނެތީ.
4 1

އަޙްމަދު

3 ޑިސެމްބަރު 2023
އޯކޭވާނެ. މަދު ބަޔަކު ކަންބޮޑުވިޔަސް ގިނަ މީހުންނަކަށް މައްސަލައެއްނެތޭނުން. ކޮންޓްރޯލް ނެގީމަ ނިމުނީ
9 11

އިތުރު އާޓިކަލް

އިތުރު އާޓިކަލް