ގައުމީ ޔުނިވާސިޓީ: އީއެޗްއެލްއާ ގުޅިގެން ކުރިއަށް ގެންދަނީ ޓޫރިޒަމް ދާއިރާގެ ކޯސްތަކެއް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އީއެޗްއެލް އެޑްވައިޒަރީ އާއި އެމްއެންޔޫ ގުޅިގެން ޓޫރިޒަމް ދާއިރާގެ ކުރު ކޯސްތަކެއް

މި ކޯސްތައް ސްޕޮންސާ ކުރާނީ ހަޔާ އެޑިއުކޭޝަނުން ކަމަށް އެމްއެންޔޫ އިން ބުނި
13 ނޮވެމްބަރު 2021

އީއެޗްއެލް އެޑްވައިޒަރީ ސާވިސް އާއި އެމްއެންޔޫ ގުޅިގެން ކުރު ކޯސްތަކެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ސްވިޒަލެންޑުގެ ހޮސްޕިޓަލިޓީ އެންޑް ކޮންސަލްޓެންސީ ފާމު، އީއެޗްއެލްއާ ގުޅިގެން މި ކޯސްތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އެ ކޯސްތަކަށް 50 ޖާގަ ހުޅުވާލާފައިވާ އިރު އެ ހުރިހާ ކޯހެއް ސްޕޮންސާކުރާނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ކަމަށް އެމްއެންޔޫ އިން ބުންޏެވެ.

ތަފްސީލް - މިއީ ހޮސްޕިޓަލިޓީ ދާއިރާގެ ގްރެޖުއޭޓުންނަށާއި އެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އަމާޒު ކޮށްގެން ކުރިއަށްގެންދާ ކޯސްތަކެކެވެ.

ކޯހާ ބެހޭ

  • ކޯސްތަކުގެ ކޮންމެ ބެޗެއްގައި 8-12 ދަރިވަރުންނަށް ޖާގަ ދޭނެ

  • ޖުމްލަ 50 ބައިވެރިން ހޮވާނެ

ކުރިއަށްގެންދާ ކޯސްތައް

  • ބޭސިކްސް އޮފް ބޮޑީ ލޭންގުއޭޖު

  • ޑެލިވަރިން އެކްސެލެންސް އޮން ގެސްޓު އެކްސްޕީރިއަންސް

  • ޑެލިވަރިން ޕެޝަނޭޓް ސާވިސް

  • އެފެކްޓިވް ކޮމިޔުނިކޭޝަން ވިތު ސްޓާފް

  • ހޮސްޕިޓަލިޓީ ހައިޖީން އެންޑް އޮކިޔުޕޭޝަނަލް ސޭފްޓީ ޓްރެއިނިން

  • އިންޓްރޮޑަކްޝަން ޓު ހޮސްޕިޓަލިޓީ މެނޭޖުމެންޓް

  • އިންޓްރޮޑަކްޝަން ޓު މެނޭޖުމެންޓް

ޕްރޮގުރާމުގައި ބައިވެރިވުމަށް

  • އެމްއެންޔޫ އޮންލައިން ޕޯޓަލްގައިވާ ފޯމު ފުރިހަމަކުރުމަށް ފަހު އައިޑީ ކާޑާ އެކު ހުށަހެޅުން

އެޕްލިކޭޝަން ހުށަހެޅުމުގެ ސުން ގަޑި: 15 ނޮވެމްބަރު

  • ޕްރޮގްރާމު ފަށާނީ: 22 ނޮވެމްބަރު

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް

އިތުރު އާޓިކަލް

އިތުރު އާޓިކަލް