"ވިއަވަތި ރާއްޖެ" މަހާސިންތާގައި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް، 16 ޑިސެމްބަރު 2019 (ފޮޓޯ/ ރައީސް އޮފީސް)

އަބްދުﷲ ޝަމާލް

ޝަމާލް ސިފައިންގޭން ރިޓަޔާކުރައްވައިފި

ޝަމާލް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަނު ކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 11ގައި

ތިރީސް ފަސް އަހަރަށް ވުރެ ގިނަ ދުވަހު ސިފައިންގޭގައި ހިދުމަތް ކުރެއްވުމަށް ފަހު، ނިމިދިޔަ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނަންޓް ޖެނެރަލް އަބްދުﷲ ޝަމާލް ރިޓަޔާ ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ޝަމާލް، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަނު ކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 11ގަ އެވެ.

ރިޓަޔާ ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމުންނެވެ.

ތަފްސީލް - ސިފައިންގޭގައި ހިދުމަތްކުރެއްވި 35 އަހަރު ތެރޭ ޝަމާލް ވަނީ އެކި ރޭންކުތަކުގައި ހިދުމަތް ކުރައްވައިފަ އެވެ. އެގޮތުން މާލޭ އޭރިއާގެ ކޮމާންޑަރު ކަމާއި ޓްރެއިނިން އެންޑް ޑޮކްޓަރީން ކޮމާންޑަރުކަން އަދި މެރިން ކޮޕްސްގެ ކޮމާންޑަރުކަން ކުރެއްވި އެވެ.

ޝަމާލް ވަނީ އިންޑިއާގެ ނިއުދުއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގައި ޑިފެންސް އެޑްވައިޒަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

ޑިފެންސް އެންޑް ސެކިޔުރިޓީ އެނަލިސިސްގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ޝަމާލް ވަނީ ޑިފެންސް އެންޑް ސްޓްރެޓެޖިކް ސްޓަޑީސް އިން ޑިގްރީ ވެސް ހާސިލް ކުރައްވައިފަ އެވެ.

ސިފައިންގޭގައި ހިދުމަތް ކުރެއްވި 35 އަހަރުގެ ތެރޭ ޝަމާލް ވަނީ 16 ސާވިސް މެޑަލް އާއި ރިބަން ހާސިލް ކުރައްވައިފަ އެވެ. އެގެ ތެރޭގައި ޕްރެޒިޑެންޝަލް މެޑަލް، ޑިސްޓިންގުއިޝްޑް ސާވިސް މެޑަލް އަދި ޑެޑިކޭޓެޑް ސާވިސް މެޑަލް ހިމެނެ އެވެ.

ގުޅުން ހުރި - ރައީސް ޑރ. މުއިއްޒު ވަނީ ޗީފް އޮފް ޑިފެންސް ގެ މަގާމަށް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަނު ކުރައްވައިފަ އެވެ.

ކޮމެންޓް (1)

އައްޒުވީ

20 ނޮވެމްބަރު 2023
ރިޓޔަރކުރިޔސް މީނާ އިންޑިއާގެ މިލިޓަރީއާ އެކު ހަދާފައިވާ ވިޔާ ނުދާ ޑީލް ތަކުގެ މައްސަލަ ބަލާފައި މީނާގެ މައްޗަށް ސާބިތުވާ ކުށުގެ ކުޑަބޮޑު މިނަށް ބަލާފައި ނޫނީ އެއްވެސް އިނާޔަތެއް ދީގެން ނުވާނެ. މީނާ ދިވެހި ދައުލަތަށް ޣައްދާރުވީ ވަރު ބަލަންޖެހޭނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް