ރައީސް ސޯލިހާއި ލަންކާގެ ރައީސް މިރޭ ބައްދަލުކުރެވުން (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖެ-ލަންކާ

ހުވާކުރާ ޖަލްސާއަށް ވަޑައިގެންނެވި ރަނިލް، ރައީސް ސޯލިހާ ބައްދަލުކުރައްވައިފި

ލަންކާގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންނެވި، އަވަށްޓެރި ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ މިރޭ ބައްދަލުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މިރޭ އިރާކޮޅު ރާއްޖެ ވަޑައިގެންނެވި ރަނިލް، ރައީސް ސޯލިހާ ބައްދަލުކުރައްވާފައި ވަނީ ރައީސް އޮފީހުގަ އެވެ.

ތަފްސީލު - އެ ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ:

  • އިގްތިސާދީ ގޮތުން ލަންކާއަށް އައި ލޮޅުމާއި މިހާރު ގައުމުގެ ހާލަތާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި

  • އެ ހާލަތުން އަރައިގަތުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރާވާފައިވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި

  • ރައީސްގެ ވާހަކަފުޅުގައި، އެ މަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބާރުލުން ދެއްވިކަމަށްޓަކައި ރަނިލްއަށް ޝުކުރު އަދާކުރެއްވި

  • ރާއްޖެއިން ވަމުންދާ އެހީތެރިކަމަށް ލަންކާގެ ރައީސް ޝުކުރު އަދާކުރެއްވި

ރައީސް ސޯލިހާއި ލަންކާގެ ރައީސް ބައްދަލުކުރެވުން. (ފޮޓޯ/ ރައީސް އޮފީސް)
ރައީސް ސޯލިހާއި ލަންކާ ރައީސް ބައްދަލުކުރެވުން (ފޮޓޯ/ ރައީސް އޮފީސް)

ދެ ރައީސުންގެ މަޝްވަރާތަކަށް ފަހު، ރަނިލް ވަނީ އިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފަ އެވެ.

ރަނިލް، ރައީސް އޮފީހުގެ އިއްޒަތްތެރިންގެ ފޮތުގައި ސޮއި ކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ފާހަގަކޮށްލެވޭ ކަމެއް - ލަންކާގެ ރައީސް ރަނިލް އަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތައް ބޭރުން ވަޑައިގެންނެވި އެންމެ މަތީ ވެރިޔާ އެވެ. އެ ރަސްމިއްޔާތުގައި 64 ގައުމަކުން 120އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް